ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ތަރައްގީ ކުރި ހދ. ހަނިމާދޫ ސްކޫލްގެ ލައިބްރަރީ. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލް ކޮމިއުނިޓީ ފަންޑުން ހަނިމާދޫ ސްކޫލް ލައިބްރަރީ ތަރައްގީކޮށްފި

ހަނިމާދޫ ސްކޫލަށް ބޭނުންވާ ފަރުނީޗަރު އިތުރުކޮށް، ގިނަ އަދަދެއްގެ ފޮތް ވަނީ ހަދިޔާކޮށްފައި

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ހދ. ހަނިމާދޫ ސްކޫލްގެ ލައިބްރަރީ ތަރައްގީކޮށްފި އެވެ.

ތަފްސީލު - އެ މަޝްރޫއު ހިންގާފައިވަނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ފަރާތުންނެވެ.

އެ މަޝްރޫއުގެ ދަށުން:

  • ލައިބްރަރީއަށް ބޭނުންވާ އިތުރު ފޮތް ހަރުގަނޑު ދިން

  • ސެން ކްލާހުގެ ދަރިވަރުންނަށް ހާއްސަ ރީޑިން ކޯނާއެއް ގާއިމުކުރި

  • ލައިބްރަރީއަށް ބޭނުންވާ ގޮނޑިއާއި މޭޒު ފަދަ ފަރުނީޗަރު ހޯދައިދިން

  • އާންމުން ހަދިޔާކުރި ފޮތްތަކާ އެކު 700އަށް ވުރެ ގިނަ ފޮތް ލައިބްރަރީއަށް އިތުރުކުރި

  • އޭގެ ތެރެއިން 450 ފޮތް ހަދިޔާކުރީ ކޮމިއުނިޓީ ފަންޑުން

ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ތަރައްގީ ކުރި ހދ. ހަނިމާދޫ ސްކޫލްގެ ލައިބްރަރީ. (ފޮޓޯ/ބީއެމްއެލް)
ބީއެމްއެލް ކޮމިއުނިޓީ ފަންޑުގެ ދަށުން ތަރައްގީ ކުރި ހދ. ހަނިމާދޫ ސްކޫލްގެ ލައިބްރަރީ. (ފޮޓޯ/ބީއެމްއެލް)

ބުނީ ކީކޭ؟ - ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ރައީސް ހުސައިން ވަހީދު ވިދާޅުވީ ލައިބްރަރީ އިތުރަށް ތަރައްގީ ކުރަން ބޭނުންވީ، އެ ތަން ބޭނުން ކުރާ ދަރިވަރުން އިތުރުވަމުން ދިއުމާ އެކު އެ ކުދިންނަށް އެކަށޭނެ މާހައުލެއް ގާއިމްކޮށްދިނުމުގެ މަގްސަދުގައި ކަމަށެވެ.

"ލައިބްރަރީއަށް މި ގެނައި ބަދަލާ އެކު ފޮތް ކިޔުމަށާއި ފިލާވަޅުތައް ދަސްކުރުމަށް އިތުރު ކުދިން ޝައުގުވެރިވާނެ މާހައުލެއް މިވަނީ ގާއިމު ކުރެވިފައި. މި ފުރުސަތުގައި ޖަމިއްޔާގެ މެންބަރުންނަށާއި އަދި އެހެނިހެން ގޮތްގޮތުން މި ޕްރޮޖެކްޓަށް އެހީވެދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވަން،" އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ކޮމިއުނިޓީ ފަންޑަކީ އާންމު ފަރުދުންނާއި ޖަމިއްޔާތަކުން މުޖުތަމައަށް ފައިދާ ކުރާނެ މަޝްރޫއުތައް ހިންގުމަށް އެހީތެރިވުމުގެ ގޮތުން ބީއެމްއެލްއިން ތައާރަފް ކުރި ފަންޑެކެވެ.

އެ ފަންޑުން އެހީތެރިކަން ފޯރުކޮށްދެނީ:

  • ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކަށް

  • ތައުލީމީ ހަރަކާތްތަކަށް

  • ކުޅިވަރު ހަރަކާތްތަކަށް

  • ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް

ކޮންމެ ކުއާޓަަރެއްގައި ވެސް ވަކި އަދަދެއްގެ ޕްރޮޕޯސަލްތަކަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. މިހާރު ބީއެމްއެލްއިން ދަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރަށް ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް