ވިކީ އާއި ކެޓްރީނާ

ވިކީ ކޯޝަލް

ވިކީ ބޭނުންވަނީ ކެޓްރީނާގެ ލަވައެއް ކޮރިއޮގްރާފް ކުރަން

ކައިވެންޏާ އެކު ދިރިއުޅުން ހަމަޖެހި އުފަލާއި ހިތްހަމަޖެހުން ލިބިފައިވާ ކަމަށް ވިކީ ބުނި
24 ނޮވެމްބަރު 2022
1

އަނބިމީހާ ކެޓްރީނާ ކެއިފް އަކީ މޮޅު ނެށުންތެރިއެއް ކަމަށާއި އެންމެ ބޭނުންވަނީ ކެޓްރީނާގެ ލަވައެއް ކޮރިއޮގްރާފް ކުރަން ކަމަށް ވިކީ ކޯޝަލް ބުނެފި އެވެ.

ވިކީގެ ކުރިއަށް އޮތް ފިލްމު 'ގޯވިންދާ ނާމް މޭރާ' ގައި އޭނާ ފެންނަނީ ކޮރިއޮގްރާފަރެއްގެ ރޯލުންނެވެ.

"ކެޓްރީނާ ވަރަށް މޮޅަށް ނަށާ، އެކަމަކު އަހަންނަށް ހީވަނީ އަދި އިތުރަށް ފުރިހަމަ ކޮށްލެވޭނެހެން. އަނެއްކާ އަހަރެން މިހެން ބުނީމާ ގެއިން ކާއެއްޗެއް ވެސް ނުލިބިދާނެ،" އެ ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން ދިން އިންޓަވިއުއެއްގައި ވިކީ ބުންޏެވެ.

ކައިވެންޏަށް ފަހު ދިރިއުޅުމަށް ބަދަލުތަކެއް އައި ކަމަށާއި އެއީ ހެޔޮ ބަދަލުތަކެއް ކަމަށްވެސް އޭނާ ބުންޏެވެ. އެގޮތުން ދިރިއުޅުން މިހާރު ހަމަޖެހިއްޖެ ކަމަށާއި އުފާވެރިކަމާއި ހިތްހަމަޖެހުމާ އެކު އުޅެވޭ ކަމަށް ވިކީ ބުންޏެވެ.

ވިކީ އާއި ކެޓްރީނާ ކައިވެނި ކުރީ މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ. އެ ކައިވެންޏަށް އަހަރެއް ވާ ދުވަހު ރިލީޒް ކުރާ 'ގޯވިންދާ ނާމް މޭރާ' އިން ދެން ފެންނާނީ ކިއާރާ އަދަވާނީ އާއި ބޫމީ ޕެންޑޭކަރެވެ.

ކޮމެންޓް (1)

ޑާންސް

24 ނޮވެމްބަރު 2022
ނެށުން .. ކެރިއޯގްރަޕީއެއްނޫން 🤦🤦
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް