ރައްޔިތުންގެ މަޖިލީހުން މިރޭ ބޭއްވި 'އާސްކް ސްޕީކާ' ޕްރޮގްރާމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު. (ފޮޓޯ/މަޖިލިސް)

ކޮއްކޮއަށް ހައްގު އަދަބު ނުދޭން ވަކާލާތެއް ނުކުރަން: ނަޝީދު

ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކަމަށް ބުނާ މީހަކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ ވީޑީއޯއަކާއި ފޮޓޯތަކެއް ވަނީ ލީކުވެފައި

ކޮއްކޮއަށް ވިޔަސް، ލިބެން ޖެހޭ ހައްގު އަދަބު ނުދޭން އެއްވެސް ހާލެއްގައި ވަކާލާތު ނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކަމަށް ބުނާ މީހަކު އެއް ޖިންސުން ގުޅުން ހިންގާ ކަމަށް ބެލެވޭ ވީޑީއޯއަކާއި ފޮޓޯތަކެއް ވަނީ ލީކުވެފަ އެވެ.

މަޖިލީހުން މިރޭ ވަގުތުން ދެއްކި 'އާސްކް ސްޕީކާ' ޕްރޮގްރާމުގައި ނަޝީދަށް އާންމުންގެ ފަރާތުން ލިބުނު ސުވާލުތަކުގެ ތެރޭގައި، ނާޒިމް ސައްތާރު ކަމަށް ބުނާ މީހެއްގެ ލީކުވި ބަރަހަނާ ވީޑިއޯތަކާ ގުޅޭ ސުވާލުތައް ވެސް ހިމެނެ އެވެ. އެގޮތުން، އާންމު މީހަކު ސުވާލުކުރީ:

  • ކީއްވެގެންތޯ މަނިކުފާނުގެ ކޮއްކޮއަށް ލިބެން ޖެހޭ ހައްގު އަދަބު ނުދެވެނީ؛ އެއީ ކޮއްކޮއަށް ވީމަތޯ؟

ބުނީ ކީކޭ؟ - އެހެން ސުވާލުތަކަށް ދެއްވި ޖަވާބާ ހިލާފަށް ވަރަށް ކުރުކޮށް އެ ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ކޮއްކޮއަށް ވެސް ލިބެން ޖެހޭ ހައްގު އަދަބު ނުދޭން ވިދާޅުވެފައި ނުވާނެ ކަމަށެވެ.

"އެއްގޮތަކަށް ވެސް އަޅުގަނޑުގެ ކޮއްކޮއަށް ލިބެންޖެހޭ ހައްގު އަދަބު ނުދޭކަށް އަޅުގަނޑު ދުވަހަކު ވެސް ނުދަންނަވާނަން. އަދި އެއްވެސް މީހަކަށް ހައްގު އަދަބު ލިބުން ހުއްޓުވުމަކަށް ވެސް އަޅުގަނޑު ނުދަންނަވާނަން،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު ހަމައެކަނި މި ދަންނަވާ ވާހަކަ އަކީ ކަމެއް ހަމަ ހިނގާއިރަށް އަޅުގަނޑުމެން އޭގެ ދެކޮޅެއް ނުބަލައި، ވާއެއް ނުވާއެއް ނޭނގި، އަމަލުކުރަން ފެށުމަކީ އިސްލާމީ ޝަރީއަތުގައި ވެސް، ރާއްޖޭގެ ގާނޫނުތަކުގައި ވެސް އޮތް ގޮތެއް ނޫނޭ. ގާނޫނުގައިވާ ގޮތުގެ މަތިން ކަންކަން ކުރަމުން އަޅުގަނޑުމެން ގެންދިޔައިމަ ރަނގަޅުވާނެ."

ތަފްސީލު - މިކަމުގައި ނަޝީދަށް އެނގިވަޑައިގަންނަވާާ މައުލޫމާތު ހިއްސާކުރެެއްވުމަށް އެދި މީހަކު ފޮނުވި ސުވާލުގެ ޖަވާބުގައި އެ މަނިކުފާނު ވިދާޅުވީ އެއީ ހިނގަމުންދާ ތަހުގީގަކަށް ވާތީ އެއްވެސް އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ.

"ނަމަވެސް އަޅުގަނޑަށް އެނގޭ މައުލޫމާތެއް ވެއްޖެއްޔާ ވާނީ ފުލުސް އޮފީހަށް ހުށަހަޅާފައި،" ނަޝީދު ވިދާޅުވި އެވެ.

"43 މީހުންނާ ގުޅޭ ފޮޓޯ، ބައެއް ފޮޓޯ އުފައްދާ އަދި ފޮޓޯ ނަގާ، މި ކަންކަން ކޮށްފައިވާ މީހުން، ތުހުމަތު ކުރެވޭ މީހުން، އަޅުގަނޑަށް އެނގިފައި އޮތް މައުލޫމާތެއް ވެއްޖެއްޔާ އަޅުގަނޑު އޮންނާނީ ފުލުސް އޮފީހަށް އެ މައުލޫމާތެއް ދީފައި. އަޅުގަނޑު ދެކޭ ގޮތުގައި ފުލުސް އޮފީހުން މިހާރު އެ ދަނީ އެ ތަހުގީގު ހިންގަމުން."

ނާޒިމް ސައްތާރު. (ދައުރު ފައިލް ފޮޓޯ/ އަބްދުﷲ ޔަޝާއު)

އެނގުން މުހިންމު - ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހަކު އެއް ޖިންސުން ގުޅުން ހިންގި ކަމަށް ބުނާ ވީޑިއޯގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށާފައި ވާއިރު، އޭނާގެ ޕާސްޕޯޓު މިހާރު ވަނީ ހިފަހައްޓާފަ އެވެ. އަދި ފުލުހުން ވަނީ އޭނާ ފުލުހަަށް ހާޒިރުކޮށް، ސުވާލު ވެސް ކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް