'ލާލް ސިންގު ޗައްދާ'ގެ މަންޒަރެއްގައި ކަރީނާ އާއި އާމިރު

'ލާލް ސިންގު ޗައްދާ' ބޮއިކޮޓް ނުކުރަން ކަރީނާ އެދެފި

އާމިރުއާ ނުރުހުންވެ، ގިނަ ބަޔަކު ދަނީ އެ ފިލްމު ބަލަން ސިނަމާ އަށް ނުދާން ގޮވާލަމުން
13 އޯގަސްޓު 2022

އޭނާގެ އެންމެ ފަހުގެ ފިލްމު 'ލާލް ސިންގު ޗައްދާ' ބޮއިކޮޓް ނުކުރަން ކަރީނާ ކަޕޫރު ހާން އެދެފި އެވެ.

އާމިރު ހާން އާއި ކަރީނާގެ 'ލާލް ސިންގު ޗައްދާ' ބޮއިކޮޓް ކުރަން ގޮވާލާ އަޑު ގަދަވެފައިވާއިރު ބޮލީވުޑް ބޮއިކޮޓް ކުރަން އިންޓަނެޓުގައި ގޮވާލާ 'ގޭންގުން' ވަނީ އައިއެމްޑީބީގައި އެ ފިލްމަށް ދަށްކޮށް ރޭޓިން ދީ، މިހާތަނަށް އާމިރުގެ އެންމެ ދަށް ރޭޓިން ލިބުނު ފިލްމަކީ 'ލާލް ސިންގު ޗައްދާ' އަށް ހަދައިފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރިލީޒް ކުރި އެފިލްމަށް ބެލުންތެރިންގެ ފަރާތުން ލިބިފައިވަނީ މަސްހުނި ރިވިއުތަކެކެވެ. ކަރީނާ ބުނީ 'ލާލް ސިންގު ޗައްދާ' އަކީ ރީތި ފިލްމެއް ކަމަށާއި އަނެއްކާވެސް އޭނާ އާއި އާމިރު އެކުގައި ސްކްރީނުން ބަލާލަން ބެލުންތެރިންގެ ކިބައިން އެދޭ ކަމަށެވެ.

އެ ފިލްމު ރިލީޒް ކުރީ ދިގު އިންތިޒާރަކަށް ފަހުކަން ފާހަގަކޮށް ކަރީނާ ބުނީ 'ލާލް ސިންގު ޗައްދާ' ސްކްރީނަށް އައީ ތިން އަހަރަށް ފަހު ކަމަށެވެ. ގާތްގަނޑަކަށް 250 އެއްހައި މީހުން ފިލްމުގެ ކުރޫ އިންގެ ގޮތުގައި މަސައްކަތުގައި އުޅުނު ކަމަށް ކަރީނާ ބުންޏެވެ.

ފުރަތަމަ ދުވަހު އެ ފިލްމަށް 10-11 ކްރޯޑު ރުޕީސް ލިބުނު އިރު، އެއީ އުއްމީދު ކުރި ވަރަށް ވުރެ ދަށް އާމްދަނީ އެކެވެ. އާމިރުއާ ނުރުހުންވެ، ގިނަ ބަޔަކު ދަނީ އެ ފިލްމު ބަލަން ސިނަމާ އަށް ނުދާން ގޮވާލަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް