ޅ. ހިންނަވަރު

ޅ. އަތޮޅު

ހިންނަވަރުގައި ފުޓުބޯޅަ ކުޅެން ހުއްޓާ ވެއްޓި ޒުވާނަކު މަރުވެއްޖެ

އެއީ ހިތުގެ ބަލި ހުންނަ މީހެއް ކަމަށް ހޮސްޕިޓަލުން ބުނޭ
30 ސެޕްޓެމްބަރު 2022

ޅ. ހިންނަވަރުގައި މިއަދު ފުޓުބޯޅަ ކުޅެން ހުއްޓައި މެއަށް ތަދެއް އަރައިގެން ވެއްޓި އެ ރަށުގެ ޒުވާނަކު މަރުވެއްޖެެ އެވެ.

ތަފްސީލް - ހިންނަވަރު ދަގަނޑުތަޅާގެ، މުބުތަދާ އަލީ، 35، އަށް ފަރުވާ ދިނުމަށް ޓަކައި ޅ. ނައިފަރުގައި ހުންނަ ޅ. އަތޮޅު ހޮސްޕިޓަލަށް ވެސް ގެންދިޔަ އެވެ.

އެ ހޮސްޕިޓަލުގެ މެނޭޖަރު ޖައުފަރު އަބްދުﷲ 'ދައުރު'އަށް ވިދާޅުވީ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާ ދިރިހުރިކަމުގެ އެއްވެސް ނިޝާނެއް ނެތް ކަމަށެވެ.

"ކުޅެން ހުއްޓާ ވެއްޓިގެން ފުރަތަމަ ގޮސް ފަރުވާދިނީ ހިންނަވަރު ހެލްތު ސެންޓަރުން. އެތަނުން ފަރުވާ ދިނުމަށް ފަހު އިތުރު ފަރުވާއަށް އިމަޖެންސީގައި މިކޮޅަށް ގެންނަނިކޮށް މަރުވީ ކަމަށް ލަފާ ކުރެވެނީ،" އޭނާ ވިދާޅުވި އެވެ.

ޖައުފަރު ވިދާޅުވީ މުބުތަދާ އަކީ ހިތުގެ ބަލި ހުރި މީހެއް ކަމަށެވެ. އަދި މަރުވި ހާދިސާ ހިނގި އިރު ވެސް އޭނާ ހުރީ، ޖައުފަރު ވިދާޅުވި ގޮތުގައި، ވަރަށް "ކޮމްޕްލިކޭޓަޑް" ނުވަތަ ނާޒުކު ހާލަތެއްގަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް