ރައީސް ސޯލިހް ކެމްޕޭނަށް ކ. ގުރައިދޫގައި. (ފޮޓޯ/ކެމްޕޭނު ޓީމް)

ރައީސް ސޯލިހު ކެމްޕޭނަށް ކ. އަތޮޅާއި އަރިއަތޮޅަށް

ކ. އަތޮޅުން ފުރަތަމަ ވަޑައިގެންނެވީ ގުރައިދުއަށް؛ ގުރައިދޫ އާއި މި އަތޮޅު ކާށިދުއަށް ވަޑައިގެންނެވުމަށް ފަހު އެ މަނިކުފާނު މިއަދު އއ. ތޮއްޑުއަށް ވެސް ވަޑައިގަންނަވާނެ
23 ޖެނުއަރީ 2023

ކ. ގުރައިދޫ - އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކ. އަތޮޅާއި އަރިއަތޮޅުގެ ބައެއް ރަށްރަށަށް ދަތުރުކުރައްވަން ފައްޓަވައިފި އެެވެ.

ވީ ކިހިނެއް؟ - މިއަދުގެ ދަތުރުފުޅުތަކުގައި ރައީސް ސޯލިހު އެންމެ ފުރަތަމަ ވަޑައިގެންނެވީ ކ. ގުރައިދުއަށެވެ. ރައީސް ސޯލިހު ސީޕްލޭންގައި ވަޑައިގަންނަވާ ގަޑިއަށް އެ މަނިކުފާނަށް މަރުހަބާ ދެންނެވުމަށް މި ރަށުން އެ މަނިކުފާނަށް ތާއީދުކުރާ ގިނަ އަދަދެއްގެ ސަޕޯޓަރުން ބަނދަރުމައްޗަށް އައިސް ތިއްބެވެ.

ރައީސް ސޯލިހް ކެމްޕޭނަށް ކ. ގުރައިދޫގައި. (ފޮޓޯ/ކެމްޕޭނު ޓީމް)
ރައީސް ސޯލިހް ކެމްޕޭނަށް ކ. ގުރައިދޫގައި. (ފޮޓޯ/ކެމްޕޭނު ޓީމް)

ތަފްސީލު - ގުރައިދުއަށް ވަޑައިގެން ރައީސް ސޯލިހު ވަނީ މާލެ އަތޮޅުގެ އެކި ދާއިރާތަކުގެ ކެމްޕޭން ޓީމުތަކާ އެކު މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފަ އެވެ.

  • ގުރައިދުއަށް ފަހު ރައީސް ސޯލިހު ދެން ވަޑައިގަންނަވާނީ މި އަތޮޅު ކާށިދުއަށް؛ ކާށިދޫގައި ވެސް ރައީސް ސޯލިހު ކެމްޕޭން ޓީމާ ބައްދަލުކުރައްވައި، ދޮރުން ދޮރަށް ހިންގަވާނެ

  • އެއަށް ފަހު އަރިއަތޮޅުގެ ދަތުރުތައް ފައްޓަވާނީ މިއަދު މެންދުރުފަހު ތޮއްޑޫން

އެނގުން މުހިންމު - އަންނަ ހޮނިހިރު ދުވަހު ބާއްވާ ޕްރައިމަރީގެ ކެމްޕޭނަށް ރައީސް އިއްޔެ ހުންނެވީ ގދ. އަތޮޅުގަ އެވެ. އެ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަތީ ރޭ ދަންވަރު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް