ސްރީ ލަންކާ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާ ފުލުހުން ރޫޅާލަނީ. (ފޮޓޯ/ އޭއެފްޕީ)

ސްރީ ލަންކާ

ލަންކާގައި ކުރި މުޒާހަރާ ކަރުނަ ގޭހާއި ފެން ޖަހައިގެން ރޫޅާލައިފި

26 ސެޕްޓެމްބަރު 2022

ހައްޔަރުކޮށްފައިވާ އެކްޓިވިސްޓުން ދޫކޮށްލުމަށް ގޮވާލައި ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ކުރި މުޒާހަރާ، ކަރުނަ ގޭހާއި ފެން ބޭނުންކޮށްގެން ފުލުހުން ރޫޅާލައިފި އެވެ.

ލަންކާއަށް ދިމާވި އިގުތިސޯދީ ހީނަރުކަމާ ގުޅިގެން އެތައް ސަތޭކަ ބަޔަކު މަގުތަކަށް ނުކުމެ، ކުރި މުޒާހަރާތަކަށް ފަހު އަދި އެ ހައްގުތައް ވަރަށް ބޮޑަށް ހަނިކުރިތާ އެއް ދުވަސް ފަހުން އެކްޓިވިސްޓުން ދޫކޮށްލުމަށް އަޑުއުފުލައި ކުރި މުޒާހަރާ ފުލުހުން ހުއްޓުވީ ބާރުގެ ބޭނުންކޮށްގެނެވެ.

ލަންކާގެ އޭރުގެ ރައީސް ގޯތާބާޔަ ރާޖަޕަކްސަ ފިއްލަވައިގެން ގައުމުން ބޭރަށް ވަޑައިގެން، ޖުލައި މަހު އިސްތިއުފާ ދެއްވަން މަޖުބޫރު ކުރުވި އެކްޓިވިސްޓުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް މިހާރުގެ ރައީސް ރަނިލް ވިކްރަމަސިންހާ ވަނީ އަޅުއްވައިފަ އެވެ.

ލަންކާ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާ ފުލުހުން ރޫޅާލަނީ. (ފޮޓޯ/ އޭއެފްޕީ)
ލަންކާ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާ ފުލުހުން ރޫޅާލަނީ. (ފޮޓޯ/ އޭއެފްޕީ)

ރަޔަޓް ގިޔަރުގައި ތިބި އޮފިސަރުން، ދަރިވަރުންގެ ހިނގާލުމަށް ހުރަސް އެޅީ، ސިޓީ ސެންޓަރަކީ "ހައި ސެކިއުރިޓީ ޒޯނެއް" ކަމަށް ސަރުކާރުން އިއުލާން ކުރިތާ ގަޑިއިރުތަކެއް ފަހުންނެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުތަކުގެ ދަށުން ބަންދުކޮށްފައިވާ އެކްޓިވިސްޓުން ދޫކޮށްލުމަށް ގޮވާލައި މުޒާހަރާކުރަމުން ދިޔަ މީހުން އެ ތަނުން ދުރަށް ފޮނުވާލުމަށް ފުލުހުން ވަނީ ހޮނިހިރު ދުވަހު ކަރުނަ ގޭހާއި ފެން ޖަހައިފަ އެވެ.

ލަންކާ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާ ފުލުހުން ރޫޅާލަނީ (ފޮޓޯ/ އޭއެފްޕީ)

މަންޒަރު ދުށް މީހުން ބުނި ގޮތުގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފަ އެވެ.

ހުކުރު ދުވަހު ވިކްރަމަސިންހަ ވަނީ އޭނާގެ އޮފީހާއި އަސްކަރިއްޔާގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ މީހުންގެ ގެދޮރު ހިމެނޭ ގޮތަށް މުހިންމު މުއައްސަސާތަކުގެ ކައިރީގައި މުޒާހަރާ ކުރުން މަނާކުރުމަށް އަމުރުމުގެ އަމުރެއް ނެރުއްވައިފަ އެވެ.

ލަންކާ ސަރުކާރާ ދެކޮޅަށް ކުރި މުޒާހަރާ ފުލުހުން ރޫޅާލަނީ (ފޮޓޯ/ އޭއެފްޕީ)

ލަންކާގެ ނުފޫޒުގަދަ ބާ އެސޯސިއޭޝަނުން ވަނީ އެކަން ކުށްވެރިކޮށް، ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް އުނިކަން އަންނަ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް