ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދަރިވަރަކާ ރޭ ސްކޮލާޝިޕް ހަވާލުކޮށްދެއްވަނީ. (ފޮޓޯ/ރައީސް އޮފީސް)

މަތީ ތައުލީމު

ރައީސްގެ ސްކޮލާޝިޕް ސީއެޗްއެސްސީގެ 5 ދަރިވަރަކާއި ޖަލާލުއްދީންގެ ދަރިވަރަކަށް

މި ސްކޮލާޝިޕް ދެނީ އޭ-އެލެވެލް އިމްތިހާނުން އެއް ވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް

ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް، ސެންޓާ ފޯ ހަޔާ އެޑިއުކޭޝަން ސެންޓަރު (ސީއެޗްއެސްސީ)ގެ ފަސް ދަރިވަރަކަށާއި ހދ. ކުޅުދުއްފުށީގައި ހުންނަ ޖަލާލުއްދީން ސްކޫލްގެ ދަރިވަރަކަށް ރޭ ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެ ދަރިވަރުންނާ ސްކޮލާޝިޕް ހަވާލުކޮށްދެއްވީ ދަރުބާރުގޭގައި އެކަމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ތަފްސީލް - އޭ-އެލެވެލް އިމްތިހާނުން އެއް ވަނަ ދަރަޖައިގައި ފާސްވާ ދަރިވަރުންނަށް ރައީސް ދެއްވާ ހާއްސަ ސްކޮލާޝިޕް މިފަހަރު ހަ އަންހެން ދަރިވަރަކު ވަނީ ކާމިޔާބުކޮށްފަ އެވެ. އެއީ:

  • 1-

    އައިން އަލީ ރަޝީދު (ސީއެޗްއެސްސީ)

  • 2-

    އައިމިނަތު އިބާ އިބްރާހީމް (ޖަލާލުއްދީން ސްކޫލް)

  • 3-

    އައިމިނަތު ނޫހާ ނިމާލް (ސީއެޗްއެސްސީ)

  • 4-

    މައްއާނީ މުއާވިޔަތު ޝަރީފް (ސީއެޗްއެސްސީ)

  • 5-

    މަރިޔަމް މަލްސާ އަލީ (ސީއެޗްއެސްސީ)

  • 6-

    ޝާނީ ޝަމީމް (ސީއެޗްއެސްސީ)

ސްކޮލާޝިޕް ދިނުމަށް ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ރައީސްގެ ހާއްސަ ސްކޮލާޝިޕް:

  • މި ސްކޮލާޝިޕް ލިބެނީ، އޭ-ލެވެލް އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން އޭލެވެލްގެ ތިން މާއްދާއަކުންނާއި އެޗްއެސްސީ އިންތިހާނުގެ އިސްލާމާއި ދިވެހިންނާ އެކު ޖުމްލަ ފަސް މާއްދާ އިން 'އޭ ސްޓާ' ހޯދާ ދަރިވަރުންނަށް

  • ޝަހާދާ ސާނަވިއްޔާ އިމްތިހާނުން 'އިމްތިޔާޒު'ގެ ދަރަޖައިގައި ފާސްވާ ދަރިވަރުން؛ އެއީ އެ ދަރިވަރަކު އޯ-ލެވެލްގެ އިނގިރޭސިން ދަށްވެގެން 'ސީ' ފާސް ނުވަތަ އެ ފެންވަރުގެ އެހެން ފާހެއް ހާސިލުކޮށްފައި ވެސް ވާނަމަ

  • މި ސްކޮލާޝިޕްގެ ފުރުސަތު ކާމިޔާބު ކުރާ ކޮންމެ ދަރިވަރަކަށް އެ ދަރިވަރަކު އިހްތިޔާރުކުރާ، ގައުމެއް ކަމަށް ރާއްޖެ ގަބޫލުކުރާ ކޮންމެ ގައުމެއްގެ، ކޮންމެ ޔުނިވާސިޓީއަކުން، ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ހަރަދު ހަމަޖައްސައިދޭނެ

  • ދެ ގައުމެއްގައި ކިޔަވާ ގޮތަށް ފަރުމާކޮށްފައި ހުންނަ 'ޓްވިނިން ޕްރޮގްރާމްތައް' ވެސް މި ސްކޮލާޝިޕްގެ ދަށުން ފުރިހަމަކުރެވޭނެ

  • ކިޔަވަން ދާ ގައުމުގެ ވިސާ ހޯދުމުގެ ހަރަދު ވެސް މި ސްކޮލާޝިޕްގައި ހަމަޖައްސައިދޭނެ 

މީގެ އިތުރުން އެ ރަސްމިއްޔާތުގައި ވަނީ ހައި އެޗީވާސް ސްކޮލާޝިޕް ލިބުނު 79 ދަރިވަރުންނަށް ވެސް ލިޔުން ހަވާލު ކޮށްފަ އެވެ. އެއީ ވެސް ދިވެހި ދައުލަތުން ހަރަދުކޮށްގެން ދޭ ޝަރަފުވެރި ސްކޮލާޝިޕެކެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރައީސްގެ ހާއްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލަޝިޕް ލިބުނު ދަރިވަރުން ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭ ކިޔަވަން ފަށާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް