ރާއްޖެ އައި ފަތުރުވެރިންތަކެއް ވީއައިއޭ ގައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

މިއަހަރުގެ ޓޫރިޒަމް އަމާޒުގެ %50 ހާސިލްވެއްޖެ

ޖޫން މަހުގެ ތެރޭގައި އެކަނި 107،281 ފަތުރުވެރިން ރާއްޖެ އައިސްފައިވޭ

މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ޖުމުލަ އަދަދު އަށް ލައްކަ ހުރަސްކޮށްފި އެވެ.

ވީ ކިހިނެއް؟ - ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދު އަށް ލައްކަ ހުރަސްކުރީ މިދިޔަ މަހުގެ 27 ވަނަ ދުވަހު އެވެ.

ތަފްސީލު - މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ވަނީ 809،603 ފަތުރުވެރިން ރާއްޖެ އިސްފަ އެވެ. އެގޮތުން ޖޫން މަހުގެ ތެރޭގައި އެކަނި 107،281 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

މިއަހަރު ރާއްޖެއިން އަމާޒުކޮށްފައި ވަނީ 1.6 މިލިއަން ޓޫރިސްޓުން ގެންނާށެވެ. އެހެން ކަމުން މިހާތަނަށް އައި ޓޫރިސްޓުންގެ ނަމްބަރަށް ބަލާއިރު މިއަރު ގެންނަން އަމާޒުކުރި ޓޫރިސްޓުންގެ %50.6 މި ވަނީ ހާސިލްވެފަ އެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ މާކެޓުތަކަށް ބަލާއިރު، މި މަހުގެ ނިޔަލަށް، ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތް ކުރީ އިންޑިއާ އިންނެވެ. މިދިޔަ މެއި މަހުގެ ނިޔަލަށް، އެންމެ ގިނައިން ފަތުރުވެރިން އައީ އިނގިރޭސިވިލާތުންނެވެ. އިންޑިއާ އޮތީ ދެވަނައިގަ އެވެ.

ފަތުރުވެރިން އެންމެ ގިނައިން އަންނަ ފަސް ގައުމު:

  • 1-

    އިންޑިއާ - 119,967

  • 2-

    އިނގިރޭސިވިލާތް - 96,176

  • 3-

    ރަޝިއާ - 81,266

  • 4-

    ޖަރުމަންވިލާތް - 67,608

  • 5-

    އިޓަލީ - 48,914

ދުވާލަކު އެވަރޭޖުކޮށް 4،498 ފަތުރުވެރިން؛ 8 ދުވަސް ހޭދަކުރޭ

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ދުވާލަކު އެވަރޭޖުކޮށް އައި ފަތުރުވެރިންގެ އަދަދު، މިދިޔަ މަހާ އަޅާބަލާއިރު ވަނީ ދަށްވެފަ އެވެ. އެގޮތުން:

މެއި މަހު: ދުވާލަކު: 4,049 ފަތުރުވެރިން

ޖޫން 28ގެ ނިޔަލަށް: ދުވާލަކު 3,699 ފަތުރުވެރިން

އެކަމަކު، މިދިޔަ މަހާއި އަޅާބަލާއިރު، މި މަހު ފަތުރުވެރިން ރާއްޖޭގައި ހޭދަ ކުރާ ދުވަހުގެ އަދަދު އިތުރުވެފައިވެ އެވެ. އެގޮތުން މިދިޔަ މަހު ފަތުރުވެރިން 7.2 ދުވަސް ރާއްޖޭގައި ހޭދަ ކުރިއިރު މި މަހު އެ އަދަދު ވަނީ 7.8 އަށް އިތުރުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް