އއ. މަތިވެރީގައި ބީއެމްއެލް އިން ހުޅުވި ސެލްފް ސާވިސް ބޭންކިން އޭޓީއެމް. (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

ބީއެމްއެލްގެ ސެލްފް ސާވިސް އޭޓީއެމްއެއް މަތިވެރީގައި ހުޅުވައިފި

ބީއެމްއެލް އިން އަންނަނީ އއ. ރަސްދޫގައި ބްރާންޗެއް ވެސް ތަރައްގީކުރަމުން
25 ޖެނުއަރީ 2023

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އއ. މަތިވެރީގައި ސެލްފް ސާވިސް ބޭންކިން އޭޓީއެމްގެ ހިދުމަތް މިއަދު ފަށައިފި އެވެ.

ވީ ކިހިނެއް؟ - މި އޭޓީއެމް ސެންޓަރު މެދުވެރިކޮށް:

  • އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި ނެގޭނެ 

  • ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފާކުރުމުގެ ހިދުމަތް ލިބޭނެ

މި އިންވެސްޓްމަންޓާ އެކު، އއ. އަތޮޅުގައި ބީއެމްއެލް އިން ތަރައްގީކުރަމުން އަންނަ ތަންތަނުގެ ތެރޭގައި:

  • އއ. ރަސްދޫގައި ބްރާންޗެއް 

  • ތޮއްޑޫ، އުކުޅަސް އަދި މަތިވެރީގައި ސެލްފް ސާވިސް އޭޓީއެމް ސެންޓަރު

ބުނީ ކީކޭ؟ - ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމްކަ ވިދާޅުވީ މަތިވެރީގައި ގާއިމްކުރި އޭޓީއެމް ސެންޓަރު މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް ބްރާންޗަކަށް ނުގޮސް، ފަސޭހަކަމާ އެކު ބޭންކިންގެ ހިދުމަތް ލިބޭނެ ކަމަށެވެ.

"އަލަށް މި ހުޅުވުނު ސެލްފް ސާވިސް ބޭންކިން ސެންޓަރު މެދުވެރިކޮށް މަތިވެރި ރައްޔިތުންނަށް އެހީތެރިކަން ފޯރިކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް،" އޭނާ ވިދާޅުވި އެވެ.

"މި އެންމެ ބޮޑު ބޭންކިން ވިއުގައާ އެކު މިހާރު މުޅި ރާއްޖޭގައި އަޅުގަނޑުމެންގެ 140 އޭޓީއެމް މެދުވެރިކޮށް ހިދުމަތް ފޯރުކޮށްދެވޭ ކަމަކީ އަޅުގަނޑުމެން ފަހަރުވެރިވާ ކަމެއް."

ބީއެމްއެލްގެ ބޭންކިން ވިއުގަ:

  • 20 އަތޮޅުގައި 35 ބްރާންޗު

  • 83 ސެލްފް ސާވިސް ބޭންކިން ސެންޓަރު

  • 141 އޭޓީއެމް 

  • 200އަށް ވުރެ ގިނަ ކޭޝް އޭޖެންޓުން 

  • އެންމެ ޒަމާނީ އޮންލައިން އަދި މޯބައިލް ބޭންކިންގެ ހިދުމަތް

އިތުރު އާޓިކަލް

އިތުރު އާޓިކަލް