މ. މަޑިފުށި ޕްރައިވެޓް އައިލެންޑް. (ފޮޓޯ/މަޑިފުށި ރިސޯޓް)

ޓޫރިޒަމް

އަހަރުގެ ފުރަތަމަ ރިސޯޓް މ. އަތޮޅުގައި ހުޅުވައިފި

މިއީ އެމްއޭސީއެލް އާއި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގެ ހިދުމަތްތައް ދޭ ސެޓްސް ކުންފުނިން ހިއްސާވާ މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ކުންފުނިން ތަރައްގީކުރި ރިސޯޓެއް
18 ޖެނުއަރީ 2023

އެއާޕޯޓް ހޮޓާ، ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ހިންގާ ކުންފުނިން މ. މަޑިފުށީގައި ތަަރައްގީކުރި ރިސޯޓް ހުޅުވައިފި އެވެ. މިއީ މި އަހަރު ރާއްޖޭގައި ހުޅުވި ފުރަތަަމަ ރިސޯޓެވެ.

ވީ ކިހިނެއް؟ - އެމްއޭސީއެލް އާއި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގެ ހިދުމަތްތައް ދޭ ސެޓްސް ކުންފުނިން ހިއްސާވާ މޯލްޑިވްސް އިންފްލައިޓް ކޭޓަރިން ކުންފުނިން ތަރައްގީކުރި ރިސޯޓް ހުޅުވީ މިދިޔަ ހޯމަ ދުވަހުގެ ރެ އެވެ. އެ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ބައިވެރިވެވަޑައިގެންނެވި އެވެ.

ތަފްސީލް - މަޑިފުށި ޕްރައިވެޓް ލިމިޓެޑަކީ:

  • ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއަައިއޭ) އިން ފުރައިގެން ސީޕްލޭނެއްގައި 35 މިނިޓުން ދެވޭ

  • ޖުމްލަ 80 ކޮޓަރި ހުރޭ

  • ދެ ރެސްޓޯރަންޓާއި ބާއެއް ހުރޭ

އެނގުން މުހިންމު - މ. އަތޮޅުގައި މީގެ ކުރިން އޮންނަނީ ދެ ރިސޯޓެވެ. އެއީ ލަންކާގެ ކުންފުންޏަކުން ހިންގާ ސިނަމަން ހަކުރާ ހުރާ އަދި ރާއްޖޭގެ ތުރީއޭ ކުންފުނިން ހިންގާ މެދުފުށި އައިލެންޑް ރިސޯޓެވެ.

މި އަހަރު އާ 17 ރިސޯޓް ހުޅުވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް