އެސްޓީއޯ

އެސްޓީއޯ މަގޭ ހިޔާ: ގެދޮރުވެރިންނަށް %18އާ ހަމައަށް ޑިސްކައުންޓް

މި ޕްރޮމޯޝަންގެ ދަށުން ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން މާލެ އާއި އަތޮޅުތަކުން ފްލެޓު ނުވަތަ ރޯހައުސް ލިބިފައިވާ މީހުންނާއި ކުންފުނިތަކުން ދޭ ފްލެޓު ލިބިފައިވާ މީހުންނަށް ޑިސްކައުންޓު ލިބޭނެ
19 ސެޕްޓެމްބަރު 2022

މުހިންމު ނުކުތާތައް

ޕްރޮޮމޯޝަންގައި ހިމެނޭ އައިޓަމްތަކަށް ހޭދަކުރާ ކޮންމެ 5،000ރ. އަކަށް ކޫޕަނެއް ލިބޭނެ

ގްރޭންޑް ލަކީޑްރޯއެއްގެ އިތުރުން ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރިން ހޮވައި އިނާމު ދޭނެ

އެސްޓީއޯ އިން ބަލައިގަންނަ ކްރެޑިޓު ސްކީމްތަކަށް ނަގާ މުދަލަށް ވެސް ޑިސްކައުންޓް ލިބޭނެ

އެސްޓީއޯ އިން 'މަގޭ ހިޔާ'ގެ ނަމުގައި މިހާރު ކުރިއަށްގެންދާ ޕްރޮމޯޝަނަކީ ގެއަށް ބޭނުންވާ ސާމާނު އަގުހެޔޮކޮށް ގަތުމަށް ގެދޮރުވެރިންނަށް އޮތް ރަނުގެ ފުރުސަތެކެވެ. އަގުހުރި ފައިސާގެ އިނާމުތަކާއި ގިފްޓް ވައުޗާ ހިމެނޭ ލަކީޑްރޯއަކާ އެކު ކުރިއަށްގެންދާ އެ ޕްރޮމޯޝަންގެ ދަށުން ބޮޑު ޑިސްކައުންޓަކާ އެކު ގެދޮރުވެރިންނަށް މުދާ ގަނެވޭނެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ މަހުގެ 22 އިން އަންނަ ނޮވެމްބަރު 10ގެ ނިޔަލަށް އެ ޕްރޮމޯޝަން ކުރިއަށްދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގަ އެވެ.

ތަފުސީލު - މި ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ލިބޭނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން މާލެ އާއި އަތޮޅުތަކުން ފްލެޓު ނުވަތަ ރޯހައުސް ލިބިފައިވާ މީހުންނާއި ކުންފުނިތަކުން ދޭ ފްލެޓު ލިބިފައިވާ މީހުންނަށެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި، މުދާ ގަންނައިރު، އެ ކަސްޓަމަރަކަށް ލިބިފައިވާ ފްލެޓު ނުވަތަ ރޯހައުސް އެއްބަސްވުމުގެ ނަންބަރު ހިއްސާކުރުމުން ޑިސްކައުންޓު ލިބޭނެ އެވެ.

އެކި ސައިޒުގެ ހިޓާޗީ އޮރިޖިނަލް ފުރިޖު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުން ގަންނަން ލިބޭނެ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އެސްޓީއޯއިން ވިއްކާ ދޮންނަމެޝިނު. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

'މަގޭ ހިޔާ' ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި، އެ ޕްރޮޮމޯޝަންގައި ހިމެނޭ އައިޓަމްތަކަށް ހޭދަކުރާ ކޮންމެ 5،000ރ. އަކަށް ކޫޕަނެއް ލިބޭނެ އެވެ.

މި ޕްރޮމޯޝަންގެ ދަށުން ނެގޭ މުދަލުގެ ތެރޭގައި ފުރިޖު، ޓީވީ، ދޮންނަމެޝިން އަދި އަވަން ފަދަ ގެއަކަށް މުހިންމު ގިނަ ބާވަތްތަކުގެ މުދާ ހިމެނެ އެވެ.

އެސްޓީއޯ އިން ވިއްކާ ހިޓާޗީ ބްރޭންޑުގެ އަވަން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އެސްޓީއޯ އިން ވިއްކާ ހިޓާޗީ ވެކިއުމް ކްލީނަރު. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެ ޕްރޮމޯޝަންގައި ގްރޭންޑް ލަކީޑްރޯއެއްގެ އިތުރުން ކޮންމެ ހަފްތާއަކު ވެސް ނަސީބުވެރިން ހޮވައި އިނާމު ދޭނެ އެވެ. އެގޮތުން، ގްރޭންޑް ލަކީޑްރޯގެ އިނާމުތަކަށް ކަނޑައަޅާފައި ވަނީ:

  • އެއް ވަނަ އިނާމު: 20،000ރ.ގެ ފައިސާގެ އިނާމު

  • ދެ ވަނަ އިނާމު: 10،000ރ.ގެ ފައިސާގެ އިނާމު

  • ތިން ވަނަ އިނާމު: 5،000ރ.ގެ ގިފްޓް ވައުޗާއެއް

އެ ޕްރޮމޯޝަންގައި، މުދާ ގަންނަ ކަސްޓަމަރުންނަށް ލިބޭ ޑިސްކައުންޓް ބަހާލާފައި ވަނީ ތިން ޕެކޭޖަކަށެވެ. އެ ޕެކޭޖުތަކަކީ:

  • ރިހި ޕެކޭޖު - ގަންނަ މުދަލުގެ އަގު 15،000ރ.-25،000ރ. ނަމަ %12 ޑިސްކައުންޓް

  • ރަން ޕެކޭޖު - ގަންނަ މުދަލުގެ އަގު 25،000ރ.-35،000ރ. ނަމަ %15 ޑިސްކައުންޓް

  • ހުދު ރަން ޕެކޭޖު - ގަންނަ މުދަލުގެ އަގު 35،000ރ. އިން މަތި ނަމަ %18 ޑިސްކައުންޓް

އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުން ވިއްކާ ސެމްސަންގް ބްރޭންޑުގެ ޓީވީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުން ވިއްކާ ހިޓާޗީ ބްރޭންޑުގެ ފުރިޖުތަކެއް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މި ޕްރޮމޯޝަންގައި ކޭޝް ކަސްޓަމަރުންގެ އިތުރުން ކްރެޑިޓަށް މުދާ ނަގާ ކަސްޓަމަރުންނަށް ވެސް ޑިސްކައުންޓު ލިބޭނެ އެވެ. އޭގެ ތެރޭގައި ސިވިލް ސާވަންޓުންނަށް އެސްޓީއޯ އިން ހުޅުވާލާފައިވާ ކުރެޑިޓް ސްކީމާއި ބީއެމްއެލް، އެމްއައިބީ، ބީއެމްއެލް އިސްލާމިކް އަދި އެމްއެފްއެލްސީގެ ސްކީމްތައް ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް