ރޭ ބަޔަކު ވަދެ ގެއްލުން ދިން 'ޖޫސް ޓައިމް' ކެފޭ މިއަދު ބަންދުކޮށްފައި. (ދައުރު ފޮޓޯ)
ބިރުވެރި މަންޒަރެއް؛ މިނިޓެއް ހާއިރު ތެރޭ ކެފޭ ސުންނާފަތިކޮށްލައިފި
ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ ޓޭކްއަވޭ އުސޫލުން ކާބޯތަކެތި ވިއްކާ ފިހާރައަކަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ރޭ ވަދެ، މަރުތޭލުން ތަޅައި އެ ތަން ސުންނާފަތިކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - ހުޅުމާލެ ހިތިގަސް ގޯޅި އެކެއްގައި ހުންނަ 'ޖޫސް ޓައިމް' ނަމަކަށް ކިޔާ މި ކެފޭއަށް ދެ މީހަކު ވަދެ، އެ ތަން ތަޅަައި ސުންނާފަތި ކުރީ ރޭ އިރާކޮޅުގެ ވަގުތެއްގަ އެވެ.
ތަފްސީލު - އެ ތަނަށް ހަމަލާ ދިން މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި:
-
ހެލްމެޓް އަޅައިގެން ތިބި ދެ ފިިރިހެނަކު މަރުތޭލުން ތަޅައި އެ ކެފޭއަށް ގެލުން ދޭ މަންޒަރު ފެނޭ
-
އެ ދެ މީހުން އަންނަ ތަން ފެނުމާ އެކު، ކެފޭގައި ސޭޓަކަށް އިން ބިދޭސީ މީހާ ބިރުން ފިލާ
މޫނު ނިވާކޮށްގެން ތިބި މީހުން ވަނީ:
-
އެ ތަނުގެ ބިއްލޫރި ދޮރުތަކާއި ކައުންޓަރު އަދި އެހެނިހެން އާލަތްތައް ހަލާކުކޮށްލާފައި
-
ތަން ސުންނާފަތިކުރުމަށް ފަހު، ކެފޭގެ ކައުންޓަރުގައި ހުރި ފައިސާ ނަގައިގެން ސައިކަލުގައި އެ ސަރަހައްދުން ދޭ
-
އެއާ އެކު، އެ ސަރަހައްދުގައި ތިބި އާންމުން އެ ތަނަށް އެއްވެ
ފުލުހުންގެ ބަސް - ފުލުހުންގެ ތަރުޖަމާނަކު މިއަދު 'ދައުރު'އަށް ވިދާޅުވީ، ' ޖޫސް ޓައިމް' ކެފޭއަށް ބަޔަކު ވަދެ، ގެއްލުންދީފައިވާ މައްސަލަ އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
"މި މައްސަލަ ތަހުގީގުކޮށް، އެ މީހުން ދެނެގަތުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން،" ތަރުޖަމާނު ވިދާޅުވި އެވެ.
ދެ މީހަކު ކެފޭއަށް ވަދެ، އެ ތަނަށް ގެއްލުން ދިނީ ކައުންޓަރުގައި ހުރި ފައިސާގެ ބޭނުމުގައި ކަމެއް ނުވަތަ އެހެން މައްސަލައެއްގައި ކަމެއް އަދި ޔަގީނެއް ނުވެ އެވެ.
ކޮމެންޓް (1)
ޖސޖސޖސޖސޖ