ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް ހުންނަ ގޮތުގެ ކުރެހުމެއް: ކޮރޯނާވައިރަސް އަކީ ޖަނަވާރުންގެ ތެރެއިން އިންސާނުންގެ ތެރެއަށް ފެތުރޭ ވައިރަސްއެއް

ކޮވިޑް-19

އަންނަ ފިނި މޫސުމަށް ފަހު ކޮވިޑް އާދައިގެ ރޯގާއަކަށް ވެދާނެ: އިސް ސައިންސްވެރިއެއް

ކޮރޯނާވައިރަސްގެ އެހެން ބައެއް ބާވަތްތައް އާންމު ރޯގާއެއްގެ ގޮތުގައި އިންސާނުންގެ ތެރޭގައި ދޭތެރެ ދޭތެރެއިން ފެތުރޭ
24 ސެޕްޓެމްބަރު 2021

ޔޫރަޕްގެ ކުރިއަށް އޮތް ފިނި މޫސުމަށް ފަހު ކޮވިޑް-19 ވުން ގާތީ އާންމު ރޯގާއަކަށް ކަމަށް، އިސް ސައިންސްވެރިޔަކު އިއްޔެ ވިދާޅުވެއްޖެ އެވެ.

އެސްޓްރަޒެނެކާ ވެކްސިން ތައްޔާރުކުރި ޓީމުގެ މެމްބަރެއް ކަމަށްވާ ޕްރޮފެސަރު ސާ ޖޯން ބެލް ވިދާޅުވީ ފިނި މޫސުން ނިމުމުން "ހުރިހާ ކަމެއް ރަނގަޅުވާނެ" ކަމަށެވެ.

އޭނާގެ މި ވާހަކަ މިއައީ އެސްޓްރަޒެނެކާ ވެކްސިން ޑިޒައިން ކުރެއްވި ޕްރޮފެސަރު ޑޭމް ސާރާ ގިލްބާޓް ވެސް އެފަދަ ގޮތަކަށް ވިދާޅުވެފައި އޮއްވަ އެވެ. އޭނާ ވިދާޅުވީ ކޮވިޑް-19 ބަދަލުވާނީ އެކި މޫސުންތަކުގައި ކުރިމަތިވާ އެހެން ކޮރޯނާވައިރަސްތައް ފަދަ އެއްޗަކަށް ކަމަށެވެ. ޖަނަވާރުންގެ ތެރެއިން އިންސާނުންގެ ތެރެއަށް ފެތުރިފައިވާ ކޮރޯނާވައިރަސްގެ ގިނަ ބާވަތްތަކުން އިންސާނުންނަށް މާ ބޮޑު ނުރައްކަލެއް ކުރިމައްޗެއް ނުވެ އެވެ.

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސްއާ އެކު މިހާތަނަށް އިންސާނުންނަށް ބަލި ޖައްސާ ކަމަށް ފާހަގަވެފައި ވަނީ ހަތް ކޮރޯނާވައިރަސް އެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި މިހާރު ވެސް ކޮވިޑް-19 ދަނީ ވަރަށް ބާރަށް ފެތުރެމުންނެވެ. އޭގެ ތެރޭގައި މިހާތަނަށް އެންމެ ގިނަ މީހުންނަށް ބަލި ޖެހުނު އަދި އެންމެ ގިނަ މީހުން މަރުވި އެމެރިކާ ހިމެނެ އެވެ. ވެކްސިންއާ ދުރު އެމެރިކާގެ ސްޓޭޓްތަކުގައި ވަރަށް ބޮޑަށް މިހާރު ވެސް ބަލި ފެތުރެ އެވެ. ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 120،000 މަތީގަ އެވެ. ދުވާލަކު 2،000 އަށް ވުރެ ގިނަ މީހުން މި ބަލީގައި މަރުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް