ޒަންގް ޔިމިންގްގެ މުއްސަނދިކަން މިހާރު ހުރީ 49.3 ބިލިއަން ޑޮލަރުގައި

ޓިކްޓޮކް

ޓިކްޓޮކްގެ ބާނީ ޗައިނާގެ އެންމެ މުއްސަނދި މީހާގެ މަގާމު ހޯދައިފި

ޒަންގް، 41، އެ ކުންފުނީގެ ވެރިޔާގެ މަގާމުން އިސްތިއުފާ ދެއްވީ 2021 ވަނަ އަހަރު؛ ނަމަވެސް އެ ކުންފުނީގެ ގާތްގަނޑަކަށް %20 މިލްކުވެރިކަން ކޮންޓްރޯލް ކުރަނީ އޭނާ
30 އޮކްޓޯބަރު 2024

ދުނިޔޭގެ އެކި ހިސާބުތަކުގައި މަގުބޫލުކަން އިތުރުވަމުން އަންނަ ޓިކްޓޮކް ކުންފުނީގެ މައި ކުންފުނި، ބައިޓްޑާންސްގެ ބާނީ ޗައިނާގެ އެންމެ މުއްސަނދި މީހާގެ ލަގަބު ހޯދައިފި އެވެ. 

ހުރުން ރިސާޗު އިންސްޓިޓިއުޓުން އުފެއްދި މުއްސަނދިންގެ ލިސްޓުގައިވާ ގޮތުން، ޒަންގް ޔިމިންގްގެ މުއްސަނދިކަަން ހުރީ 49.3 ބިލިއަން ޑޮލަރުގަ އެވެ. އަދި އެއީ 2023 ވަނަ އަހަރާ އަޅާބަލާ އިރު، %43ގެ ކުރިއެރުމެކެވެ.

ޒަންގް، 41، އެ ކުންފުނީގެ ވެރިޔާގެ މަގާމުން އިސްތިއުފާ ދެއްވީ 2021 ވަނަ އަހަރު އެވެ. ނަމަވެސް އެ ކުންފުނީގެ ގާތްގަނޑަކަށް %20 މިލްކުވެރިކަން ކޮންޓްރޯލް ކުރަނީ އޭނާ ކަމަށް ބެލެވެ އެވެ.

ޓިކްޓޮކް އާއި ޗައިނާގެ ދައުލަތާ ދެމެދު އޮންނަ ގުޅުމާ މެދު ބައެއް ގައުމުތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ދުނިޔޭގެ އެންމެ މަގުބޫލު އެއް ސޯޝަލް މީޑިއާ އެޕްލިކޭޝަނަކީ ޓިކްޓޮކެވެ.

އެ ދެ ކުންފުންޏަކީ ޗައިނާ ސަރުކާރުގެ ބައިވެރިވުމެއް ނެތް، މިނިވަން ކުންފުންޏެއް ކަމަށް ބުނަމުން އަންނަ އިރު، ބައިޓްޑާންސް އިން ޓިކްޓޮކް ވިއްކާނުލާ ނަމަ އަންނަ ޖެނުއަރީ މަހު ޓިކްޓޮކް މަނާކުރުމުގެ ވިސްނުން އެމެރިކާއިން ގެންގުޅެ އެވެ.

އެމެރިކާގައި ބޮޑު ޕްރެޝަރާ ކުރިމަތިލާން ޖެހުނު ނަމަވެސް މިދިޔަ އަހަރު ބައިޓްޑާންސްގެ ދުނިޔޭގެ ފައިދާ ވަނީ %60 ވަނީ އިތުރުވެފަ އެވެ. އެއާ އެކު، ޒަންގްއަށް ވެސް ވަނީ އެ ކުރިއެރުން ލިބިފަ އެވެ. 

"ޒަންގް ޔިމިންގް އަކީ އެންމެ 26 އަހަރުގެ ތެރޭގައި ޗައިނާގައި ލިބުނު 18 ވަނަ އާ ނަމްބަރު ވަން،" ހުރުން ރުޕާޓް ހޫގެވެރްފްގެ ވެރިޔާ ވިދާޅުވި އެވެ.

ޗައިނާގެ ބޮޑު ޓެކް ދާއިރާގެ ލިސްޓުގައި ހިމެނެނީ ޒަންގް އެކަންޏެއް ނޫނެވެ. 

މި ލިސްޓުގެ ތިންވަނާގައި އޮތީ ޓެކް ކުންފުނި ޓެންސެންޓްގެ ވެރިޔާ ޕޮނީ މާ އެވެ. އޭނާގެ މުއްސަނދިކަން 44.4 ބިލިއަން ޕައުންޑަށް އަރަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް