މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގް. (ފޮޓޯ/އޭއެފްޕީ)

މެލޭޝިއާ

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބަށް އިއްވި ޖަލު ހުކުމް މަތީ ކޯޓުން ދަމަހައްޓައިފި

8 ޑިސެމްބަރު 2021

ދައުލަތުގެ ފައިސާއަށް ހިޔާނަތްތެރިވިކަަން މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބު ރައްޒާގުގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާގެ މައްޗަށް އިއްވާފައިވާ 12 އަހަރުގެ ޖަލު ހުކުމް، އެ ގައުމުގެ އިސްތިއުނާފު ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.

ކޮރަޕްޝަންގެ ތުހުމަތުކުރެވި، 2018ގައި އޮތް އިންތިހާބުން ނަޖީބު ވަނީ ބަލިވެފަ އެވެ.

ވަން މެލޭޝިއާ ޑިވެލޮޕްމަންޓް ބަރްހާދު (1އެމްޑީބީ)ގެ ސަބްސިޑަރީ ކުންފުންފުނި، އެސްއާރްސީ އިންޓަނޭޝަނަލް އިން، 42 މިލިއަން ރިންގިޓް (9.88 މިލިއަން ޑޮލަރު) އޭނާގެ އަމިއްލަ އެކައުންޓަކަށް ޓްރާންސްފާކުރި ކަމުގެ ކުށް ހައި ކޯޓުން ސާބިތުވެ، 12 އަހަރުގެ ޖަލު ހުކުމެއް ނަޖީބަށް ވަނީ އިއްވައިފަ އެވެ.

އުމުރުން 68 އަހަރުގެ ނަޖީބު، ފެޑެރަލް ކޯޓުގައި އެ މައްސަލަ އިސްތިއުނާފުކޮށްފައި ވާތީ ކަފާލާތުގެ ދަށުން ވަނީ ދޫކޮށްލައިފަ އެވެ.

އިސްތިއުނާފު މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމީ ހައި ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ. އަދި ދައުވާ ރައްދުވާ ފަރާތުން އިސްތިއުނާފުކުރި ހުރިހާ ނުކުތާތަކެއް ބާތިލު ކަމަށް ވެސް ހުކުމްގައި ތިން ފަނޑިޔާރުން ނިންމި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް