އިންޑިއާއާއި ޗައިނާއާ ދެމެދު 2020 ވަނަ އަހަރު ހިނގި ހަމަނުޖެހުންތަކަށް ފަހު ދެ ގައުމުގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި

ޗައިނާ

އިންޑިއާ އާއި ޗައިނާ އިން ބޯޑަރު މައްސަލަ ސުލްހަކޮށްފި

ގަލްވާން ވާދީގައި ހިނގި ހަމަނުޖެހުމަށް ފަހު، އަވަށްޓެރިންގެ މެދުގައި އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި
5 ގަޑިއިރު ކުރިން

އިންޑިއާ އާއި ޗައިނާއާ ދެމެދު ނުރައްކާތެރި ކުރިމަތިލުންތައް ހިނގާފައިވާ ހިމާލިޔަން ބޯޑަރު ސަރަހައްދުގެ ނުތަނަވަސްކަން ކުޑަކުރުމަށް ޕެޓްރޯލް ކުރުމުގެ އިންތިޒާމްތައް ހަމަޖެއްސުމަށް ދެ ގައުމުން އެއްބަސްވެފައިވާ ކަމަށް އިންޑިއާ އިން ބުނެފި އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ އިއްޔެ ވިދާޅުވީ 2020 ވަނަ އަހަރު އުފެދުނު އެ [ބޯޑަރު] ސަރަހައްދުތަކުގެ މައްސަލަތައް ހައްލުކޮށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށެވެ.

އޭނާ އިޝާރާތް ކުރެއްވީ ގަލްވާން ވާދީގައި 2020ގައި ހިނގި ހަމަނުޖެހުންތަކަށެވެ.  އެއީ 1975 ވަނަ އަހަރަށް ފަހު ދެފަރާތުގެ ދެމެދުގައި ހިނގި ފުރަތަމަ ނުރައްކާތެރި ކުރިމަތިލުމެވެ.

ގަލްވާން ވާދީގައި ހިނގި ހަމަނުޖެހުމަށް ފަހު، އަވަށްޓެރިންގެ މެދުގައި އޮންނަ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

"އިންޑިއާ-ޗައިނާ ބޯޑަރު ސަރަހައްދުތަކުގައި 'ލައިން އޮފް އެކްޗުއަލް ކޮންޓްރޯލް' (އެލްއޭސީ) ބެލެހެއްޓުމުގެ އިންތިޒާމްތައް ހަމަޖެއްސުމާ ބެހޭ ގޮތުން އެއްބަސްވުމަކަށް އާދެވިފައި ވަނީ. އޭގެ ސަބަބުން 2020 ވަނަ އަހަރު އެ ސަރަހައްދުތަކުގައި އުފެދުނު މައްސަލަތައް އިތުރަށް ނުހިނގާނެ ގޮތަށް މަގުފަހިވާނެ،" މިސްރީ ވިދާޅުވި އެވެ.

އެ އެއްބަސްވުމާ އެކު ދެބަސްވާ ބޯޑަރު ސަރަހައްދުގައި ހިނގަމުންދާ ހުރިހާ ހަމަނުޖެހުންތަކުގެ ހުރިހާ ނުކުތާއެއް ކަވަރުކުރާނެ ކަމެއް ނުވަތަ ނޫންކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ ބަޔާން އައިސްފައި މިވަނީ ބްރެޒިލް، ރަޝިއާ، އިންޑިއާ، ޗައިނާ އަދި ދެކުނު އެފްރިކާ ހިމެނޭ ބްރިކްސް ގައުމުތަކުގެ ބައްދަލުވުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރަޝިއާއަށް ވަޑައިގަތުމުގެ އެއް ދުވަސް ކުރިންނެވެ.

މޯދީ އާއި ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ދެމެދު ބައިލެޓްރަލް ބައްދަލުވުމެއް އެޖެންޑާކުރި ކަމެއް މިސްރީ ވިދާޅެއް ނުވެ އެވެ.

ގަލްވާން ހަމަނުޖެހުންތަކަކީ 1975 ވަނަ އަހަރަށް ފަހު ދެފަރާތުގެ ދެމެދުގައި ހިނގި ފުރަތަމަ ނުރައްކާތެރި ކުރިމަތިލުން

އިއްޔެ މިސްރީ ދެއްކެވި ވާހަކަފުޅުތަކަކީ ގަލްވާންގައި ހިނގި ހަމަނުޖެހުންތަކަށް ފަހު ނިއުކްލިއާ ހަތިޔާރު ލިބިފައިވާ ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ ހަމަނުޖެހުމަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފަ އެވެ.

ގަލްވާން ވާދީގައި ތިބި ސިފައިން ލަޓިބުރި އާއި އޮއްގަލާ އެކު ބޯޑަރު ކައިރީގައި އޮއްގަލާއި ލަޓި ބުރި ފަދަތަކެތިން ހަނގުރާމަ ކުރީ، ބަޑި އާއި ގޮވާ އެއްޗެއްތި އެ ސަރަހައްދުގައި ބޭނުންކުރުން މަނާކޮށް 1996 ވަނަ އަހަރު ދެ ގައުމުގެ ދެމެދުގައި އެއްބަސްވެފައިވާތީ އެވެ.

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ ގައުމުތަކުގެ ޑިޕްލޮމެޓުންނާއި އަސްކަރީ ލީޑަރުންގެ މެދުގައި އެތައް ފަހަރެއްގެ މަތިން ކުރިއަށް ގެންދިޔަ މަޝްވަރާތަކުގެ ނަތީޖާއަކަށް މާ ބޮޑު ކާމިޔާބެއް މިހާތަނަށް އޮތީ ނުލިބި އެވެ.

މީގެ ތިން އަހަރު ކުރިން 2021 ވަނަ އަހަރު އުތުރު ސިއްކީމް ސަރަހައްދުގައި އަދި އޭގެ ފަހުން 2022 ވަނަ އަހަރު ބޯޑަރުގެ ޓަވަންގް ސެކްޓަރުގައި ދެ ފަރާތުގެ ސިފައިން ވަނީ ކުރިމަތިލުންތަކެއް ހިންގައިފަ އެވެ.

ބޯޑަރުގައި އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން އިންޑިއާ އާއި ޗައިނާގެ ގުޅުމަށް އެތައް ޒަމާނަކަށް ވަނީ ދިގު ހިޔަނި އެޅިފަ އެވެ. އަދި 1962 ވަނަ އަހަރު ދެ ގައުމުން ކުރި ހަނގުރާމާގައި އިންޑިއާ އަށް ވަނީ ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފަ އެވެ.

މި ނުތަނަވަސްކަމުގެ ސަބަބުން އޭޝިއާގެ ބޮޑެތި ދެ ގައުމުގެ ވިޔަފާރީގެ ގުޅުމަށް ވެސް ވަނީ ހީނަރުކަމެއް އައިސްފަ އެވެ.

އޭގެ އަސްލަކީ، 3،440 ކިލޯމީޓަރު (2،100 މޭލު) ދިގު، ދެބަސްވެފައިވާ ބޯޑަރެކެވެ. ކޯރުތަކާއި ސްނޯކެޕްތަކުގެ މާނައަކީ ގިނަ ފަހަރަށް ލައިން ބަދަލުވެ، އެތައް ހިސާބަކުން ސިފައިން ކުރިމަތިލައި، ކުރިމަތިލުންތައް އުފެދިގެން ދިއުމެވެ.

އަދި ބޯޑަރު ސަރަހައްދުގައި އުމްރާނީ ތަރައްގީ ގެނައުމަށް ވެސް ދެ ގައުމުން ވާދަކުރަމުން އަންނަ އިރު، އިތުރު ނުތަނަވަސްކަން ވަނީ އުފެދިފަ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް