2020 ވަނަ އަހަރުގެ ޖުލައި 18 ވަނަ ދުވަހު ވަރޖީނިއާގެ ފްރަންޓް ރޯޔަލް ކައިރީގައިވާ ޝެނަންޑޯ ނޭޝަނަލް ޕާކުގެ މަތީން ފެންނަ ކޮމެޓް ނިއޯވައިޒް. މިދިޔަ އަހަރު އަލަށް ފެނުނު ކޮމެޓެއް ހޮނިހިރު ދުވަހު ދުނިޔެއާ 44 މިލިއަން މޭލުގެ ދުރުމިނުން ހިނގައިދާނެ ކަމަށް ލަފާކުރެވޭ. (ފައިލް ފޮޓޯ)

ނާސާ

ކޮމެޓް ޓްސުޗިންޝަން-އެޓްލަސް 80،000 އަހަރު ފަހުންނޫނީ އަނބުރާ ނާންނާނެކަމަށް ނާސާއިން ބުނޭ

މިދިޔަ އަހަރު އަލަށް ފެނުނު ކޮމެޓް ބިމާ 44 މިލިއަން މޭލު ކައިރިން ދަތުރުކުރާއިރު ހިރަފުހާއި ގޭސްތަކުގެ ރޮނގެއް ފެންނާނެ ކަމަށް ނާސާއިން ބުނޭ.
21 އޮކްޓޯބަރު 2024

އަނދިރި ރޭގަނޑެއްގައި އުޑުމަތީގައި ދިއްލިގެންދާ ހާއްސަ އަލިކަމެއް ހިޔާލުކޮށްލާށެވެ. އެއީ ތަރިއެއް ނޫނެވެ. ހަނދެއްވެސް ނޫނެވެ. އެއީ މިލިއަން އަހަރުތަކެއްގެ ދަތުރަކަށްފަހު ދުނިޔެއާ ކައިރިވަމުން އައި ޓްސުޗިންޝަން-އެޓްލަސް ކޮމެޓެވެ. މިދިޔަ އަހަރު އަލަށް ހޯދުނު މި ކޮމެޓް ދުނިޔެއާ އެންމެ ކައިރިވީ މީގެ ދެ ހަފުތާކުރިންނެވެ.  މި ކޮމެޓަކީ ދެން 80،000 އަހަރު ވަންދެން އަނބުރާ ނާންނާނެ ހާއްސަ މެހުމާނެކެވެ. ނާސާގެ ސައިންޓިސްޓުން ބުނާ ގޮތުގައި މި ކޮމެޓްގެ ދަތުރަކީ އާދަޔާ ހިލާފު މަންޒަރެއް ދައްކުވައިދޭނެ ހާދިސާ އެކެވެ. ކޮމެޓްގެ ޑައިމީޓަރަކީ ގާތްގަނޑަކަށް 2 މޭލު ކަމަށާއި، އޭގެ ނިގޫ އެތަކެއް މިލިއަން މޭލަށް ދެމިފައިވާ ކަމަށް ވެއެވެ.

އެމެރިކާގެ މާޝަލް ސްޕޭސް ފްލައިޓް ސެންޓަރުގެ ނާސާގެ މެޓިއޮރޮއިޑް އެންވަޔަރަންމަންޓް އޮފީހުގެ ބިލް ކުކް ބުނި ގޮތުގައި މި ކޮމެޓް ޖައްވުގައި ފެންނާނީ އަލިފާން ގުޅައެއްހެންނެވެ.

"މިއީ މީޓިއޮރެއްހެން ޖައްވުގައި ބާރު ސްޕީޑްގައި އުދުހިފައިދާ އެއްޗެއް ނޫން،" ސީއެންއެންއަށް ދިން އިންޓަވިއުއެއްގައި ކުކް ބުނެފައިވެއެވެ. "މިއީ ޖައްވުގައި ހަމަ ހުއްޓިފައި ހުންނަހެން ފެންނާނެ އެއްޗެއް، އަދި ރޭގަނޑުން ރޭގަނޑަށް ލަސްލަހުން ޕޮޒިޝަން ބަދަލުވަމުންދާނެ. [ކޮމެޓް] ލޮލަށް ފެންނަ ނަމަ، ދުރުމި ބޭނުންކޮށްގެން ބަލައިފިނަމަ [ފެންނަ މަންޒަރުން] ހައިރާންކަމެއް ލިބޭނެ."

މި ކޮމެޓް ފެނިފައިވަނީ ޗައިނާގެ ޕާޕަލް މައުންޓެން އޮބްޒަވޭޓަރީ އާއި ސައުތު އެފްރިކާގެ އެސްޓްރޮއިޑް ޓެރެސްޓްރިއަލް-އިމްޕެކްޓް ލާސްޓް އެލަރޓް ސިސްޓަމް، އެޓްލަސް، ޓެލެސްކޯޕުންނެވެ.

"އަލިކަން ގަދަ ކޮމެޓްތަކަކީ ވަރަށް މަދުން ފެންނަ އެއްޗެހި، އަދި އާންމުކޮށް އެއީ އިންނަރ ސޯލަރ ސިސްޓަމަށް އަލަށް އަންނަ އެއްޗެހި،" ކުކް ބުނެފައިވެއެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް