ލަންކާގެ ކޮލޮމްބޯގައި ބޭއްވި ރިޔާސީ އިންތިހާބު އޮތް ދުވަހު، ނޭޝަނަލް ޕީޕަލްސް ޕަވާގެ ރިޔާސީ ކެންޑިޑޭޓް އަނޫރާ ކުމާރާ ޑިސަނަޔަކަ ވޯޓުލުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. (ފޮޓޯ/ރޮއިޓާސް)
ލަންކާ ސަރުކާރުން 400 ބިލިއަން ރުޕީސްގެ ލޯނު ނަގައިފި
މި މަހުގެ ފުރަތަމަ 13 ދުވަހު އެކަނި ވެސް ސްރީ ލަންކާގެ އާ ސަރުކާރަށް 419 ބިލިއަން ރުޕީސް (1.14 ބިލިއަން ޑޮލަރު)ގެ ލޯން ޓްރެޝަރީ ބިލާއި ބޮންޑް ލޯނުގެ ގޮތުގައި ނަގާފައިވާ ކަމަށް، އިދިިކޮޅު ސަމާގީ ޖަނާ ބަލަވެގަޔާ (އެސްޖޭބީ) މަޓާލޭ ޑިސްޓްރިކްޓްގެ ކުރީގެ މެމްބަރު ރޯހިނީ ކަވިރަތުނަ ވިދާޅުވެއްޖެ އެވެ.
ކަވިރަތުނަ އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ސަރުކާރުން ހައްދެއް ނެތި ލޯންތައް ނަގަމުން އަންނަ ކަމަށާ ނަމަވެސް ގައުމަށް އެއްވެސް ހަރުދަނާ ލުޔެއް ނުލިބޭ ކަމަށެވެ.
އޭނާ ވަނީ މި މަހުގެ 2 އިން 15އަށް ސަރުކާރުން ނެގި ލޯންތަކުގެ ތަފުސީލު ވެސް ދެއްވައިފަ އެވެ.
-
1-
މި މަހުގެ 2ގައި 142.2 ބިލިއަން ރުޕީސް
-
2-
މި މަހުގެ 9ގައި 85 ބިލިއަން ރުޕީސް
-
3-
މި މަހުގެ 11ގައި 95 ބިލިއަން ރުޕީސް
-
4-
މި މަހުގެ 15ގައި 97 ބިލިއަން ރުފީސް
އޭނާ ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ސަރުކާރުން ކޮންމެ ދުވަހަކަށް 32.23 ބިލިއަން ރުޕީސް އަދި ގަޑިއަކު 1.34 ބިލިއަން ރުޕީސް ހަރަދުކޮށްފައިވާ ކަމަށެވެ.
އެ ފައިސާ ބޭނުންކޮށްގެން ހެދި އިންވެސްޓްމަންޓެއް ނޫނީ ގައުމަށް ފައިދާ ހުރި، ކުރީ ކޮން ކަމެއްތޯ ސާފުކޮށްދިނުމަށް ވެސް އޭނާ ވަނީ ސަރުކާރަށް ގޮވާލައްވައިފަ އެވެ.