2015 ވަނަ އަހަރުން ފެށިގެން ބިޝްނޯއީ ޖަލުގައި ހުރި އިރު އޭނާ މިހާރު ހުރީ އޭނާގެ އުފަން ރަށް ގުޖުރާތުގެ ޕަންޖާބު ސްޓޭޓާ ވަރަށް ދުރުގައި

ކެނެޑާ

ކެނެޑާގައި ސިކް މީހުންނަށް ހަމަލާދެނީ އިންޑިއާގެ އެޖެންޓުންގެ އެހީއާ އެކު ކަމަށް ތުހުމަތުކޮށްފި

މިދިޔަ ހަފުތާ ބަންދުގައި އިންޑިއާގައި ބަޑިޖަހައި މަރާލި މަޝްހޫރު ޕޮލިޓީޝަން ބާބާ ސިއްދީގު، 66،ގެ މަރުގެ ފަހަތުގައި ވަނީ އޭނާގެ ގޭންގް ކަމަށް މުމްބާއީ ފުލުހުން ތުހުމަތުކުރޭ
16 އޮކްޓޯބަރު 2024

ކެނެޑާގައި ދިރިއުޅޭ އިންޑިއާ ދަރިކޮޅުގެ ހާލިސްތާނުގެ ނަމުގައި އިންޑިއާގައި ވަކި ދައުލަތެއް ގާއިމު ކުރުމަށް ތާއީދުކުރާ މީހުންނަށް އަމާޒުކޮށް ހަމަލާދިނުމުގައި އިންޑިއާ ސަރުކާރުގެ އެޖެންޓުން "ބިޝްނޯއީ [ގޭންގް] ގްރޫޕް ފަދަ އޯގަނައިޒްޑް ކްރައިމް ގްރޫޕްތައް" ބޭނުން ކުރާ ކަމުގެ ތުހުމަތު ކެނެޑާ ސަރުކާރުން ކޮށްފި އެވެ.

އެ ތުހުމަތުކޮށްފައި މިވަނީ މިދިޔަ އަހަރު، ކެނެޑާގައި ސިކުންގެ ލީޑަރަކު މަރާލުމާ ގުޅިގެން ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި ދެ ގައުމުން ވެސް އިސް ޑިޕްލޮމެޓުން ބޭރުކުރިތާ ގަޑިއިރުތަކެއް ފަހުންނެވެ.

ދިއްލީން ވަނީ ކެނެޑާގެ އެ ތުހުމަތު ދޮގުކޮށް އެއީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫން ކަމަށް ބުނެފަ އެވެ. އިންޑިއާ އިން ބުނީ ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އުޅުއްވަނީ ކެނެޑާގައި އުޅޭ ސިކް މީހުންނަށް ސިޔާސީ މަންފާ ހޯއްދެވަން ކަމަށެވެ.

ކެނެޑާގެ ފުލުހުން އިޝާރާތް ކުރީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 31 އަހަރުގެ ގޭންގްސްޓާރެއް ކަމަށްވާ ލޯރެންސް ބިޝްނޯއީ އަށެވެ. އޭނާ މިއަދު ވަނީ ދާހިލީ ގޮތުންނާއި ބައިނަލްއަގުވާމީ ފެންވަރުގައި ވެސް ސަމާލުކަމަށް އައިސްފަ އެވެ.

މި ހަފުތާ ބަންދުގައި އިންޑިއާގައި ބަޑިޖަހައި މަރާލި މަޝްހޫރު ޕޮލިޓީޝަން ބާބާ ސިއްދީގު، 66،ގެ މަރުގެ ފަހަތުގައި ވަނީ އޭނާގެ ގޭންގް ކަމަށް މުމްބާއީ ފުލުހުން ތުހުމަތުކުރެ އެވެ. ހަތިޔާރު އެޅި ބަޔަކު އޭނާގެ ގަޔަށް ބަޑިޖަހައި މަރާލީ އޭނާގެ ދަރިފުޅުގެ އޮފީސް ކައިރީގައި ހުއްޓަ އެވެ. 

އެ މައްސަލާގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ބިޝްނޯއީގެ އެހީތެރިއަކު ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާގެ މަރުގެ ފަހަތުގައި ވަނީ އެ ގޭންގް ކަމަށެވެ.

ކުރިން އިންޑިއާގައި އެންމެ 'ވޯންޓެޑް' މީހާގެ ގޮތުގައި ހިމެނުނު ބިޝްނޯއީ 2015 ވަނަ އަހަރުން ފެށިގެން ހުންނަނީ ޖަލުގަ އެވެ.

ނަމަވެސް ފުލުހުން ގަބޫލުކުރާ ގޮތުގައި، އޭނާގެ ބާރާއި ނުފޫޒު އެ ގޭންގްގައި ދެމިއޮންނާނެ އެވެ. ބިޝްނޯއީ އަކީ 2022 ވަނަ އަހަރު އޭނާގެ އަވަށް ކައިރީގައި މަރާލި މަޝްހޫރު ޕަންޖާބީ ލަވަކިޔުންތެރިޔާ ސިދޫ މޫސް ވާލާ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ އެންމެ އިސް މީހާ އެވެ.

ބޮލީވުޑްގެ ތަރި ސަލްމާން ހާންއަށް ދެ އެންޓިލޮޕް ޝިކާރަކުރި ކަމަށް ބުނެ އިންޒާރު ދިނުމުން ބިޝްނޯއީއަށް މަޝްހޫރުކަން ލިބުނީ 2018 ވަނަ އަހަރު އެވެ.

ޖޯދްޕޫރު ސިޓީގެ ކޯޓަކަށް އޭނާ ހާޒިރުކުރުމުން އޭނާ ފާޅުގައި ސަލްމާންއަށް އިންތިޒާރުދީ ބުނީ ސަލްމާން ހާން މަރާލާނެ ކަމަށާއި "އޭރުން އަހަރެމެންގެ ހަގީގީ އައިޑެންޓިޓީ އޭނާއަށް އެނގޭނެ" ކަމަށެވެ. މަރާލި ސިޔާސީ ލީޑަރު ސިއްދީގީ އަކީ ބޮލީވުޑްގެ ތަރި ސަލްމާނާ ގާތް ގުޅުމެއް އޮންނަ ލީޑަރެކެވެ.

މިދިޔަ އަހަރުގެ މާޗު މަހު ނިއުސް ޗެނަލަކުން ޕަންޖާބު ޖަލެއްގެ ތެރެއިން ބިޝްނޯއީއާ ދެ އިންޓަވިއުއެއް ގެނެސްދިނުމުން ހައި ކޯޓުން ވަނީ އެ މައްސަލަ ތަހުގީގު ކުރަން އަމުރުކޮށްފަ އެވެ. ސަލާމަތީ ގޮތުން ވަރުގަދަ ޖަލަކުން ފޯނު އިންޓަވިއުތައް ހޯދި ގޮތް އަދިވެސް އޮތީ ސިއްރެއްގެ ގޮތުގަ އެވެ.

ފެޑެރަލް އިންވެސްޓިގޭޓަރުން ލަފާކުރާ ގޮތުގައި ޕަންޖާބު، ހަރިޔާނާ، ރާޖަސްތާން އަދި ދިއްލީގައި ބިޝްނޯއީ ގްރޫޕްގެ 700 މީހުން ހަރަކާތްތެރިވެ އެވެ. އަދި މަޝްހޫރު މީހުން ވަގަށް ނެގުމާއި މަސްތުވާތަކެއްޗާއި ހަތިޔާރު އެތެރެކުރުމާއި އަމާޒުކޮށްގެން މީހުން މެރުމުގެ އަމަލުތައް އެ ގްރޫޕުން ދަނީ ހިންގަމުންނެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް