ހިޒުބުﷲގެ ހަމަލާގައި ޒަހަމުވި މީހުން ފަރުވާއަށް ހޮސްޕިޓަލަށް އުފުލަނީ.

އިޒްރޭލް

ހިޒުބުﷲ އިން ހަމަލާދީ އިޒްރޭލުގެ 4 ސިފައިން މަރާލައި 60އަށް ވުރެ ގިނަ ސިފައިން ޒަހަމުކޮށްލައިފި

މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިޒްރޭލާއި ހަމާސްގެ ހަނގުރާމަ ފެށި ފަހުން އިޒްރޭލަށް ދިން އެންމެ ލޭ އޮހޮރުވުން ބޮޑު ހަމަލާ
14 އޮކްޓޯބަރު 2024

އިޒްރޭލުގެ މެދު ތެރޭ އުތުރުގައި ހުންނަ އަސްކަރީ މަރުކަޒަކަށް ހިޒްބުالله އިން ރޭ ދިން ޑްރޯން ހަމަލާއެއްގައި އިޒްރޭލު ސިފައިންގެ ހަތަރު މީހަކު މަރާލައި 60އަށް ވުރެ ގިނަ މީހުން ޒަހަމްކޮށްލާފައިވާ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެފި އެވެ.

މިއީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު އިޒްރޭލާއި ހަމާސްގެ ހަނގުރާމަ ފެށި ފަހުން އިޒްރޭލަށް ދިން އެންމެ ލޭ އޮހޮރުވުން ބޮޑު ހަމަލާ އެވެ. 

އިޒްރޭލުގެ ދިފާއީ ބާރު، އައިޑީއެފް އިން ބުނީ ހިޒްބުالله އިން އުދުއްސާލި، އިންސާނުން ނެތް ވައިގެ އުޅަނދެއް ނުވަތަ ޔޫއޭވީއެއް ހަމަލާދިނީ ލުބުނާނުގެ ބޯޑަރާ ގާތްގަނޑަކަށް 40 މޭލު ދުރުގައި އޮންނަ ތެލްއަވީވްގެ އުތުރުގައި އޮންނަ ބިންޔާމިނާއާ ޖެހިގެން ހުރި އަސްކަރީ މަރުކަޒަކަށް ކަމަށެވެ.

މަރުވި ހަތަރު ސިފައިންގެ އިތުރުން ހަތް ސިފައިންގެ މީހަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް އައިޑީއެފުން ބުންޏެވެ.

އިޒްރޭލުގެ މެޖެން ޑޭވިޑް އަޑޮމް އިމަޖެންސީ ސާވިސް އިން ބުނި ގޮތުގައި، މި ހަމަލާގައި ޖުމްލަ 61 މީހަކު ޒަހަމްވި އެވެ.

މި ހަބަރު ފެތުރިފައި މިވަނީ ހިޒްބުالله ބިންޔާމިނާގައި ހުންނަ އިޒްރޭލުގެ ތަމްރީން ކޭމްޕަކަށް ހަމަލާދިނުމަށް ޑްރޯންތަކެއް ފޮނުވާލާފައިވާ ކަމަށް އެ ޖަމާއަތުން އިއްޔެ ބުނެފައި ވަނިކޮށެވެ.

ހިޒްބުالله އިން ބުނީ އެ ހަމަލާއަކީ އިޒްރޭލުން މިދިޔަ ބުރާސްފަތި ދުވަހު ލުބްނާނަށް ދިން ހަމަލާތަކުގައި 22 މީހަކު މަރުވެ، 117 މީހަކު ޒަހަމްވުމާ ގުޅިގެން ދިން ހަމަލާއެއް ކަމަށެވެ.

އައިޑީއެފް އިން އިއްޔެ ބުނީ ލުބްނާނުން ލޯންޗުކުރި ޔޫއޭވީއެއް ހުއްޓުވާފަައިވާނެ ކަމަށެވެ. ނަމަވެސް މިއީ އެއް ހާދިސާއެއް ކަމެއް އަދި ސާފެއް ނުވެ އެވެ.

އިޒްރޭޭލުގެ ވައިގެ ދިފާއީ ނިޒާމުތަކަކީ ވަރަށް އިތުބާރު ކުރެވޭ ކަމަށް ބުނާ ނިޒާމެކެވެ. ނަމަވެސް އާދީއްތަ ދުވަހު ހަމަލާ ދިން އިރު ބިންޔާމިނާ ސަރަހައްދުގައި އެލާޓްތަކެއް ހުރި ކަމުގެ ރިޕޯޓެއް ލިބިފައި ނުވާތީ ޑްރޯން އިޒްރޭލުގެ ސަރަހައްދަށް ނުފެނުނީ ކިހިނެއްތޯ ސުވާލު އުފެދެ އެވެ.

ހިޒްބުالله އިން ބުނީ އިޒްރޭލުގެ ވައިގެ ދިފާއީ ނިޒާމުތައް ހުންނަ އެ ގައުމުގެެ އުތުރުގެ އަވަށްތައް ކަމަށްވާ ނަހާރިޔާ އާއި އަކްރޭއާ ދިމާލަށް އެތައް ރޮކެޓް ހަމަލާތަކެއް ފޮނުވާލާފައިވާ ކަމަށެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް