ޖަރުމަނުގެ ތެޔޮ ޓޭންކަރުގައި ރޯވި އަލިފާން ނިއްވާލުމުގެ މަސައްކަތް ކުރަނީ

ޖަރުމަންވިލާތް

ބޯލްޓިކް ކަނޑުން ދަތުރުކުރި ތެޔޮ ޓޭންކަރެއްގައި އަލިފާން ރޯވެއްޖެ

73 މީޓަރުދިގު މި ޓޭންކަރުގައި ގާތްގަނޑަކަށް 640 ޓަނުގެ ތެޔޮ ހުރި ކަމަށް ބުނޭ
12 އޮކްޓޯބަރު 2024

ޖަރުމަނުގެ އުތުރުގެ ބޯލްޓިކް ކަނޑުގެ އައްސޭރިފަށުން ދަތުރުކުރި ތެޔޮ ޓޭންކަރެއްގައި އިއްޔެ އަލިފާން ރޯވެއްޖެ އެވެ. ނަމަވެސް އެވަގުތު ބޯޓުގައި ތިބި ހަތް ފަޅުވެރިން އައްސޭރި ފަށަށް ގެންގޮސް ސަލާމަތްކޮށްފައިވާ ކަމަށް މެރިޓައިމް ރެސްކިއު ސާވިސަސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޓޭންކަރުގައި ރޯވެފައިވާ އަލިފާން ނިއްވާލުމަށް ތިން އުޅަނދެއް ދަނީ ހަރަކާތްތެރިވަމުންނެވެ. އަދި އަލިފާން ނިއްވުމުގެ ގިނަ ޓީމްތަކެއް ހެލިކޮޕްޓަރުގައި އެސަރަހައްދަށް ދަތުރުކުރަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ޖަރުމަނުވިލާތުގެ ދިދަ ޖަހާފައިވާ، 73 މީޓަރުދިގު މި ޓޭންކަރުގައި ގާތްގަނޑަކަށް 640 ޓަނުގެ ތެޔޮ ހުރި ކަމަށް އެ ޓޭންކަރުން ބުނެ އެވެ. އެ ޓޭންކަރު އޮތީ އެންކަރުގައި ކަމަށާއި ސައިޓްގައި އޮތް ޓަގް ބޯޓަކާ ގުޅާފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް