އެސް ޖައިޝްންކަރް ވެގެންދާނީ 2015 ވަނަ އަހަރުގެ ފަހު ޕާކިސްތާނަށް ވަޑައިގަންނަވާ އިންޑިއާ ސަރުކާރުގެ ފުރަތަމަ އިސް އޮފިޝަލަށް

9 އަހަރުގެ ތެރޭ ފުރަތަމަ ފަހަރަށް އިންޑިއާގެ ހާރިޖީ ވަޒީރަކު ޕާކިސްތާނަށް ވަޑައިގަންނަވަނީ

ނިއުކްލިއާ ހަތިޔާރު ލިބިފައިވާ އަވަށްޓެރި ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން ހީނަރުވެފައިވާތާ އެތައް އަހަރެއް ވަނީ ވެފަ އެވެ. އަދި 1947 ވަނަ އަހަރު އެ ދެ ގައުމު މިނިވަންވީ ފަހުން، އެ ދެ ގައުމުން ވަނީ ތިން ހަނގުރާމައެއް ކޮށްފައި
4 އޮކްޓޯބަރު 2024

މި މަހު ޕާކިސްތާނުގައި އޮންނަ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ)ގެ ބައްދަލުވުމުގައި އިންޑިއާގެ ހާރިޖީ ވަޒީރު އެސް ޖައިޝަންކަރު ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ޖައިޝަންކަރުގެ ވުޒާރާ އިން މިއަދު ބުނެފި އެވެ.

މިއީ ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި އިންޑިއާގެ އިސް ވަޒީރަކު ޕާކިސްތާނަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ޖައިޝަންކަރު މި ދަތުރުފު ކުރައްވާ އިރު މިދިޔަ އަހަރު އިންޑިއާގައި ބޭއްވި އެސްސީއޯގެ ހާރިޖީ ވަޒީރުންގެ މިފަދަ ބައްދަލުވުމެއްގައި ޕާކިސްތާނުގެ ހާރިޖީ ވަޒީރު ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ. އޭނާ ވެގެންދިޔައީ 2011 ވަނަ އަހަރަށް ފަހު ޕާކިސްތާނުގެ ސީނިއާ ސިޔާސީ ބޭފުޅަކު އިންޑިއާއަށް ކުރެއްވި ފުރަތަމަ ޒިޔާރަތަށެވެ.

ނިއުކްލިއާ ހަތިޔާރު ލިބިފައިވާ އަވަށްޓެރި ދެ ގައުމުގެ މެދުގައި އޮންނަ ގުޅުން ހީނަރުވެފައިވާތާ އެތައް އަހަރެއް ވަނީ ވެފަ އެވެ. އަދި 1947 ވަނަ އަހަރު އެ ދެ ގައުމު މިނިވަންވީ ފަހުން، އެ ދެ ގައުމުން ވަނީ ތިން ހަނގުރާމައެއް ކޮށްފަ އެވެ. އޭގެ ތެރެއިން ދެ ހަނގުރާމައެއް ކުރީ ކަޝްމީރުގެ ހިމާލިޔާ ސަރަހައްދުގަ އެވެ.

އެސްސީއޯ އަކީ މެދު އޭޝިއާގެ ގައުމުތަކުގެ ސަލާމަތީ އަދި އިގްތިސާދީ ކަންކަމާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް އުފައްދާފައިވާ ސިޔާސީ ޔޫނިއަނެކެވެ.

މި ޖަމާއަތަކީ 2001 ވަނަ އަހަރު ޗައިނާ، ރަޝިއާ އަދި މެދު އޭޝިއާގެ ހަތަރު ގައުމަކުން އުފެއްދި ޖަމިއްޔާއެކެވެ. އެއީ ނޭޓޯ ފަދަ ހުޅަނގުގެ އިއްތިހާދުތަކުގެ ނުފޫޒު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން އުފެއްދި ޔޫނިއަނެކެވެ.

އިންޑިއާ އާއި ޕާކިސްތާން މި ގްރޫޕާ ގުޅިފައިވަނީ 2017 ވަނަ އަހަރު އެވެ.

މިދިޔަ އަހަރު އެސްސީއޯގެ ރިޔާސަަތު ބެލެހެއްޓީ އިންޑިއާއިންނެވެ.  ޕާކިސްތާނުގައި މި އަހަރުގެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވިދާޅުވީ ޕާކިސްތާނަށް ޒިޔާރަތްކުރާ އިންޑިއާގެ ވަފުދުގައި އިސްކޮށް ހުންނަވާނީ ޖައިޝަންކަރު ކަން ކަށަވަރުކޮށްދެއްވައިފަ އެވެ.

އިންޑިއާގެ ހާރިޖީ ވަޒީރަކު އެންމެ ފަހުން ޕާކިސްތާނަށް ޒިޔާރަތް ކުރެއްވީ 2015 ވަނަ އަހަރު އެވެ. އެ ޒިޔާރަތުގައި ސުޝްމާ ސުވަރާޖް އިސްލާމްއާބާދުގައި ބޭއްވި ސެކިއުރިޓީ ކޮންފަރެންސެއްގައި ބައިވެރިވެވަޑައިގެން ޕާކިސްތާނުގެ އޮފިޝަލުންނާ އެކު ވަނީ ކޮންމެ ވެސް ވަރަކަށް މަޝްވަރާ ކުރައްވައިފަ އެވެ.

އޭގެ ދުވަސްކޮޅެއް ފަހުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ވަނީ ޕާކިސްތާނުގެ ލާހޯރަށް ކުއްލި ދަތުރުފުޅެއް ކުރައްވައި އޭރުގެ ބޮޑުވަޒީރު ނަވާޒް ޝަރީފާ ބައްދަލުކުރައްވައިފަ އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮންނަ ގުޅުން އަބަދު ވެސް އޮންނަނީ ވަރަށް ނާޒުކޮށެވެ. ނަމަވެސް އެ ގުޅުން 2019 ވަނަ އަހަރު އިތުރަށް ވަނީ ގޯސްވެފަ އެވެ.  އެއީ އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރުގައި އިންޑިއާ ސިފައިންނަށް ހަތިޔާރު އެޅި ހަނގުރާމަވެރިން ދިން ހަމަލާއަށް ފަހު، އިންޑިއާއިން ޕާކިސްތާނުގެ ސަރަހައްދަށް ހަމަލާދޭން ފެށުމުންނެވެ.

އިންޑިއާ އާއި ޕާކިސްތާނުން ވެސް މުޅި ކަޝްމީރުގެ މައްޗަށް ދައުވާކުރާ އިރު، ކޮންމެ ބަޔަކަށް ވެސް ކޮންޓްރޯލް ކުރެވެނީ ކަޝްމީރުގެ ބައެކެވެ. އިންޑިއާގެ ބާރުގެ ދަށުގައި އޮންނަ ކަޝްމީރުގައި ވަކިވެގަތުމަށް މަސައްކަތް ކުރާ ހަނގުރާމައިގެ ސަބަބުން 30 އަހަރު ދުވަހުގެ ތެރޭގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފަ އެވެ. ޕާކިސްތާނުން ހަނގުރާމަވެރިންނަށް ތާއީދުކުރާ ކަމަށް އިންޑިއާއިން ތުހުމަތުކުރި ނަމަވެސް ޕާކިސްތާނުން އެ ތުހުމަތު ދޮގުކުރެ އެވެ.

މިދިޔަ އަހަރު ޕާކިސްތާނުގެ ހާރިޖީ ވަޒީރު ބިލާވަލް ބުއްޓޫ-ޒަރްދާރީ އެސްސީއޯގެ ބައްދަލުވުމަކަށް އިންޑިއާގެ ގޯއާ ސްޓޭޓަށް ވަޑައިގަތުމުން، ހީނަރުވެފައިވާ ގުޅުމަށް ދިރުން ލިބުނު ތަން ފެނުނެވެ. 

ނަމަވެސް ޒަރްދާރީ ވިދާޅުވީ އޭނާގެ އެ ދަތުރުފުޅަކީ ހަމައެކަނި އެސްސީއޯއަށް އަމާޒުކޮށްގެން ކުރެއްވި ދަތުރުފުޅެއް ކަމަށާއި ޖައިޝަންކަރާ އެކު އެ ދަތުރުފުޅުގައި ސީދާ އެއްވެސް މަޝްވަރާއެއް ކުރައްވާފައި ނުވާ ކަމަށެވެ.

އޭރު ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ބިލާވަލް ވިދާޅުވީ ދެ ގައުމުގެ ސުލްހައިގެ ވާހަކަތައް އަލުން ފެށުމުގެ ޒިންމާ އޮތީ އިންޑިއާގެ އަތްމަތީގައި ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް