އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ އިޒުރޭލުގެ އަނިޔާވެރިކަން ނުހުއްޓޭ ނަމަ، އީރާނުގެ ރައްދު ވަރުގަދަ ކުރައްވަމުން ގެންދަވާނެ ކަމަށް

އީރާން

އީރާނުން ހަނގުރާމައަކަށް ނޭދެން، އެކަމަކު ގޯނާ ކުރާ ނަމަ ރައްދު ދޭނަން: އީރާނުގެ ރައީސް

އިޒުރޭލުގެ ޒަޔަނިސްޓް ސަރުކާރުން ހިންގާ ޖަރީމާތައް ހުއްޓާ ނުލައިފި ނަމަ އެއަށް ވުރެ ހަރުކަށި ރައްދުތަކަކާ ކުރިމަތިވާނެ ކަމަށް އީރާންގެ ރައީސް ވިދާޅުވި
3 އޮކްޓޯބަރު 2024

އީރާނުން ހަނގުރާމަ އަކަށް ނޭދޭ ކަމަށާއި ނަމަވެސް އިޒްރޭލުން އެ ގައުމާ ދެކޮޅަށް އަމަލުކޮށްފި ނަމަ ރައްދު ދޭނެ ކަމަށް އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އިއްޔެ ވިދާޅުވެއްޖެ އެވެ.

ޕެޒެޝްކިއަން މިހެން ވިދާޅުވީ ގަތަރާ އެކު ގުޅުން ރަނގަޅު ކުރެއްވުމަށް އަދި ސަރަހައްދީ ގުޅުންތައް ރަނގަޅު ކުރެއްވުމަށް އެ މަނިކުފާނު މިހާރު ގަތަރަށް ކުރައްވަމުން ގެންދަވާ ދެ ދުވަހުގެ ދަތުރުފުޅުގައި ގަތަރުގެ އަމީރު ޝެއިހް ތަމީމް ބިން ހަމަދު އަލް ޝާނީއާ ބައްދަލު ކުރެއްވުމަށް ފަހު އެވެ.

ޕެޒެޝްކިއަން އާ ހަވާލާދީ އީރާނުގެ މީޑިއާ އިން ބުނީ އެ ދަތުރުފުޅުން "ދެ އަމާޒެއް ހާސިލު ކުރައްވަން ބޭނުންފުޅުވާ" ކަމަށާއި "ފުރަތަމަ އަމާޒަކީ ގަތަރު ސަރުކާރާ އެކު އެއްބާރުލުން ދިނުމުގެ އެއްބަސްވުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުން" ކަމަށެވެ. ދެ ވަނަ ކަމަކީ އިޒްރޭލުން ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެ، ކުށެއް ނެތް އާންމުންނަށް އަމާޒުކޮށްދޭ ހަމަލާތައް ފަދަ ސަރަހައްދީ ނާޒުކު ހާލަތަށް ހައްލު ހޯއްްދެވުން ކަމަށް ޕެޒެޝްކިއަން ވިދާޅުވި އެވެ. 

"ޒަޔަނިސްޓް ސަރުކާރުން ހިންގާ ޖަރީމާތައް ހުއްޓާ ނުލައިފި ނަމަ އެއަށް ވުރެ ހަރުކަށި ރައްދުތަކަކާ ކުރިމަތިވާނެ،" އިޒުރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް އީރާނުން ކުރީ ދުވަހު ދިން ރައްދު ހަމަލާއަށް އިޝާރާތް ކުރައްވައި ޕެޒެޝްކިއަން ވިދާޅުވި އެވެ.

މިއަދު ދޯހާގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއާ ކޯޕަރޭޝަން ޑައިލޮގް ސަމިޓްގައި ވެސް ޕެޒެޝްކިއަން ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް