އެފްއޯސީއޭސީ ބައްދަލުވުމުގެ ތެރެއިން. (ފޮޓޯ/ރޮއިޓާާސް)

ޗައިނާ

ޗައިނާއިން އެފްރިކާގެ ދަރަންޏަށް ލުއި ނުދީ އިތުރަށް ލޯނު ދެނީ

8 ސެޕްޓެމްބަރު 2024

އެފްރިކާގެ ގިނަ ގައުމުތަކުން އެދުނު ދަރަނީގެ ލުއިތައް ފޯރުކޮށްދިނުމުގައި ޗައިނާ މި ހަފުތާގައި ފަސްޖެހިއްޖެ އެވެ. ނަމަވެސް ކްރެޑިޓް ލައިންތަކާއި އިންވެސްޓްމަންޓްތަކުގެ ގޮތުގައި ތިން އަހަރު ދުވަހުގެ ތެރޭގައި 50.7 ބިލިއަން ޑޮލަރު ދިނުމަށް އެ ގައުމުން ވަނީ ވައުދުވެފަ އެވެ.

ޗައިނާ-އެފްރިކާ ކޯޕަރޭޝަން (އެފްއޯސީއޭސީ) އިން 2000 ވަނަ އަހަރު ފެށި ފޯރަމް ފޯ ޗައިނާ-އެފްރިކާ ކޯޕަރޭޝަން (އެފްއޯސީއޭސީ) އިން ވަނީ 2013 ވަނަ އަހަރު ރައީސް ޝީ ޖިންޕިންގެ ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވް (ބީއާރުއައި) ފެށުމަށް ފަހު އިތުރަށް ފުޅާކޮށްފަ އެވެ. ބީއާރުއައި އަކީ ދުނިޔޭގެ ދެވަނައަށް އެންމެ ބޮޑު އިގުތިސާދު އަދި އެފްރިކާއަށް އެންމެ ބޮޑަށް ލޯނު ދޭ ގައުމަށްޓަކައި ސިލްކް ރޯޑް އަލުން އުފެއްދުމެވެ.

"ކުރިއަރަމުން އަންނަ މާކެޓުތަކުގައި ޗައިނާ އިން ބޭރުގައި ކެޕިޓަލް ޑިޕްލޮއިމަންޓް ކުރުމުގައި ދަނީ ފަހަތަށް ޖެހެމުން،" ޓެލިމާގެ ހަސްނައިން މަލިކް ވިދާޅުވި އެވެ.

އެމެރިކާ، ޔޫރަޕިއަން ޔޫނިއަން، ޖަޕާން އަދި އެހެނިހެން ގައުމުތަކުން އެފްރިކާގައި އިތުރުވަމުންދާ ވާދަވެރިކަން ހުއްޓުވުމަށް ވެސް ޗައިނާއިން ވަނީ އެފްއޯސީއޭސީގެ ބޭނުން ހިފުމަށް މަސައްކަތްކޮށްފަ އެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ޑިޕްލޮމެޓުންނާއި މަންދޫބުން ޗައިނާގެ ޓިއާނަންމެން މައިދާނަށް އެއްވެ، އެފްރިކާގެ 50 އަށް ވުރެ ގިނަ ގައުމުތަކުގެ ލީޑަރުންނާ އެކު ޝީ އިސްވެ ހުންނަވައިގެން ޗައިނާގެ އޮފިޝަލުން ހިމެނޭ ގްރޫޕް ފޮޓޯއަކަށް އެއްވި އެވެ.

އާ މާލީ ވައުދަކީ 2021 ވަނަ އަހަރު އެންމެ ފަހުން އެފްއޯސީއޭސީގައި ބެއިޖިން އިން ވައުދުވި އަދަދަށް ވުރެ ބޮޑު ވައުދެކެވެ. ނަމަވެސް އެއީ 2015 ވަނަ އަހަރާއި 2018 ވަނަ އަހަރުގެ 60 ބިލިއަން ޑޮލަރަށް ވުރެ ދަށް އަދަދެކެވެ.

ޗައިނާ އިން އެންމެ މަތީ މިންވަރަކަށް ފައިސާ ދިން އަހަރުތަކުގައި ވަނީ އެފްރިކާގެ މަގުތަކާއި ރޭލްވޭ އަދި ބުރިޖްތައް އެޅުމުގެ މަސައްކަތް ވަރަށް ބާރު ސްޕީޑްގައި ކޮށްފަ އެވެ. ނަމަވެސް 2019 ވަނަ އަހަރުން ފެށިގެން ފައިސާ ތާށިވުމުގެ ސަބަބުން އެފްރިކާގައި އިމާރާތްކުރުމުގެ މަޝްރޫއުތައް ވަނީ ހުއްޓިފަ އެވެ.

އަލަށް ދޭ ފައިސާގެ ސަބަބުން ވިޔަފާރީގެ ގުޅުންތައް ހަރުދަނާ ކުރުމަށް އުމްރާނީ ތަރައްގީގެ 30 ޕްރޮޖެކްޓަކަށް ހަރަދު ކުރާނެ ކަމަށް ޗައިނާއިން ބުންޏެވެ. ނަމަވެސް އެ މަޝްރޫއުތަކުގެ ތަފުސީލު ހާމައެއް ނުކުރެ އެވެ.

އެއް ބިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ 54 ގައުމު ހިމެނޭ މި ބައްރުގައި އަހަރީ އިންފްރާސްޓްރަކްޗާ ފަންޑިން ޑެފިސިޓް 100 ބިލިއަން ޑޮލަރަށް އަރަ އެވެ. އަދި އާ ބޮޑު ޕެން-އެފްރިކަން ޓްރޭޑް ބްލޮކް (އޭއެފްސީއެފްޓީއޭ) ހަގީގަތަކަށް ހެދުމަށް ދަތުރުފަތުރު ކުރެވޭނެ ގޮތްތައް ބޭނުންވެ އެވެ.

ފާއިތުވި އަހަރުތަކުގައި އެފްރިކާ ބައްރުގެ ގައުމުތަކަށް ޗައިނާ އިން ދިން ފައިސާ ވަނީ މަދުކޮށްފަ އެވެ. އެއީ މައިގަނޑު ގޮތެއްގައި ޗައިނާގެ އެތެރޭގެ އަމިއްލަ މައްސަލަތަކާއި އިގްތިސާދީ ޕްރެޝަރުތަކާއި އެފްރިކާގެ ގައުމުތަކުގެ މެދުގައި ދަރަނީގެ ނުރައްކާ ބޮޑުވުމުގެ ސަބަބުންނެވެ.

ޗައިނާއިން މިހާރު އަމަލުކުރަމުންދާ ބޭރުން ލޯނު ދިނުމުގެ ސްޓްރެޓެޖީއަށް އާ ވައުދުތައް ފެތޭނީ ކިހިނެއްތޯ ސުވާލު ކުރުމުން ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވިދާޅުވީ އެއްވެސް ތަފާތު ކަމެއް ނެތް ކަމަށެވެ.

"ޗައިނާ އާއި އެފްރިކާގެ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުމާއި ޕްރޮޖެކްޓްތައް ވަކި ގޮތަކަށް ތަންފީޒުކުރުން ފަދަ ކަންކަމަކީ ދެ ފަރާތުން ވެސް މަޝްވަރާކޮށް ކަނޑައެޅޭ ކަންކަން،" ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާއޯ ނިންގް ހުކުރު ދުވަހު އާންމުކޮށް ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވިދާޅުވި އެވެ.

ކަރަންސީ ސްވޮޕްސް

އެފްރިކާގައި ސާފު ހަކަތައިގެ 30 މަޝްރޫއެއް ފަށާނެ ކަމަށް ވެސް ޗައިނާއިން ވަނީ ބުނެފަ އެވެ. އޭގެ ތެރޭގައި ނިއުކްލިއާ ޓެކްނޮލޮޖީއަށް އެއްބާރުލުން ދިނުމާއި އިންޑަސްޓްރިއަލައިޒޭޝަން މަސައްކަތްތައް ލަސްވެފައިވާ ކަރަންޓުގެ ޑެފިސިޓް ނައްތާލުން ހިމެނެ އެވެ.

"އެފްއޯސީއޭސީ ސަމިޓްގެ ނަތީޖާއަަކީ ފެހި މަޝްރޫއުތަކާ، ހާއްސަކޮށް އިއާދަކުރަނިވި ހަކަތަ އިންސްޓޯލްމެންޓަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމުގެ އިޝާރާތެއް،" ދެކުނު އެފްރިކާގެ ސްޓޭންޑާޑް ބޭންކުގެ ހެޑް އޮފް ރިސާޗް ގޫލަމް ބަލިމް ވިދާޅުވި އެވެ.

ވަޔާއި ސޯލާ ހަކަތައިގެ ދާއިރާއިން ޗައިނާ އަކީ ދުނިޔޭގެ ލީޑަރު ކަމަށް ބަލިމް ވިދާޅުވި އެވެ. އެއާ އެކު ބޮޑެތި ސަޕްލައި ޗެއިންތައް ކޮންޓްރޯލްކޮށް، އުފެއްދުންތެރިކަމުގެ ހަރަދުތައް ކުޑަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އެއް ބައެއްގެ ޝައްކެއް

"މައްސަލައަކީ އިންވެސްޓްމަންޓްތަކުގެ ސައިޒުގެ މައްސަލައެއް ނޫން. ދަރަނީގެ ޝަރުތުތަކާ މެދު ދެފުށް ފެންނަ ގޮތެއް ނެތުމުގެ މައްސަލަ،" ފްރާންސްގެ ބޭންކް ބީއެންޕީ ޕަރިބާސްގެ ގްލޯބަލް ހެޑް އޮފް އިމާޖިން މާކެޓްސް ކްރެޑިޓް ސްޓްރެޓެޖީ ޓްރެންގް ގުޔެން ވިދާޅުވި އެވެ.

ދަރަނި އަނބުރާ ދެއްކުމުގައި ދަތިވެފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެއްވެސް ހުށަހެޅުމެއް ހުށަހެޅުމެއް ނެތި، ގައުމުތަކަށް ކާމިޔާބީ ކަނޑައަޅަން ދައްޗެވެ.

އޭގެ ބަދަލުގައި ޗައިނާ އިން ވަނީ އެފްރިކާގެ ގައުމުތަކުގެ ދަރަނިތައް ބެލެހެއްޓުމާއި ރީސްޓްރަކްޗާ ކުރުމުގައި ބައިވެރިވުމަށް އެހެން ކްރެޑިޓަރުންގެ ކިބައިން އެދިފަ އެވެ. އަދި އެ ދަރަނީގައި ހިއްސާ ވުމަށް ވެސް ވަނީ އެދިފަ އެވެ.

އެފްރިކާ ގައުމުތަކުގެ ލީޑަރުން އުންމީދު ކުރަނީ އެ މީހުންގެ ގައުމުތަކަށް ލުއި ގޮތްތަކެއް ހޯދައިދޭނެ ކަމަށެވެ.

އިތިއޯޕިއާ އާއި މޮރިޝަސް އިން ވަނީ ޗައިނާގެ މަރުކަޒީ ބޭންކާ އެކު އާ ކަރަންސީ ސްވޮޕް ލައިންތަކެއް އިއުލާނުކޮށްފަ އެވެ. ކެންޔާއިން ބުނީ އެ ސަރަހައްދު ގުޅުވާލުމަށް އެ ގައުމުގެ ޒަމާނީ ރޭލްވޭ ފަދަ މުހިންމު މަޝްރޫއުތަކަށް ލޯނު ދޭ ދޮރުތައް އަލުން ހުޅުވާލުމުގެ މަޝްވަރާތަކަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

އަދިވެސް އެފްރިކާގެ ސަލާމަތާއި އިންސާނީ ގޮންޖެހުންތަކާއި މާލީ ނޫން އެހެނިހެން ކަންކަމަށް ޗައިނާއިން ވެފައިވާ ވައުދުތަކަށް މަރުހަބާ ކިޔާތީ ބައެއް މީހުންގެ އުއްމީދުތައް އެބަހުއްޓެވެ.

ޓެންޒޭނިއާގެ ރައީސް ސާމިއާ ސުލޫހޫގެ އެކްސް އެކައުންޓްގައި ވިދާޅުވެފައިވަނީ ގާތްގަނޑަކަށް 70 ވަރަކަށް އަހަރުގެ ބުރަ މަސައްކަތަށް ފަހު ޗައިނާ އާއި އެފްރިކާގެ ގުޅުން ތާރީހުގައި ވެސް އޮތީ އެންމެ ރަނގަޅުކޮށް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް