ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ދީފް
މިދިޔަ މަހު އިޒުރޭލުން ގާޒާއަށް ދިން ވައިގެ ހަމަލާއެއްގައި ހަމާސްގެ އަސްކަރީ ވެރިޔާ މުހައްމަދު ދީފް އަވަހާރަކޮށްލި ކަމަށް އިޒްރޭލުން މިއަދު ބުނެފި އެވެ.
މިދިޔަ މަހުގެ 13 ވަނަ ދުވަހު ހާން ޔުނިސް ސަރަހައްދުގައި ހުރި ތަނަކަށް އިޒްރޭލުން ހަމަލާދިން ކަމަށް އިޒްރޭލުން މިއަދު ބުންޏެވެ. ނަމަވެސް މުހައްމަދު ދީފް އަވަހާރަކޮށްލިކަން ހަމާސް އިން އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ.
އިޒްރޭލުން މިކަން ހާމަކޮށްފައި މިވަނީ އީރާނުގެ ވެރިރަށް ތެހެރާނުގައި ޝަހީދުކޮށްލި ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާ އަވަހާރަކޮށްލި ފަހުންނެވެ.
މީގެ އިތުރުން، ލުބުނާނުގެ ވެރިރަށް ބެއިރޫތަށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުކޮށްލި ހިޒްބުاللهގެ އިސް ކޮމާންޑަރު ފުއާދު ޝުކުރް ވެސް ވަނީ އަވަހާރަކޮށްލާފަ އެވެ.