ޕެރިހުގެ އުތުރާއި ހުޅަނގާއި އިރުމަތީގެ ދަތުރުތަކަށް ބުރޫ އަރައިފި (ފައިލް ފޮޓޯ)

ފްރާންސް

އޮލިމްޕިކް ފެށެން އުޅެނިކޮށް ފްރާންސްގެ ރޭލަށް ގެއްލުން ދީފި

26 ޖުލައި 2024

ޕެރިސް އޮލިމްޕިކްސް ހުޅުވުމުގެ ރަސްމިއްޔާތަށް މަދު ގަޑިއިރުތަކަށް ވެފައި ވަނިކޮށް، ފްރާންސްގެ ރޭލް ކުންފުނީގެ ހައި ސްޕީޑް ނެޓްވޯކަށް ހަމަލާދީ ނެޓްވޯކަށް މިއަދު ބުރޫއަރުވާލައިފި އެވެ.

ޕެރިހުގެ ހުޅަނގާއި އުތުރާއި އިރުމައްޗަށް ހިދުމަތް ދޭ ބާރު ސްޕީޑްގެ ޓީޖީވީ ނެޓްވޯކަށް ވަނީ ހަމަލާދީފަ އެވެ. އަދި ވެރިރަށުގެ ހުޅަނގުފަރާތުގެ މަންޒިލްތަކަށް ހިދުމަތް ދޭ މޮންޓްޕަރްނާސޭ ސްޓޭޝަނުގައި ވަނީ ކިޔޫތައް ދިގުވެފަ އެވެ.

ރައްޔިތުންގެ ޗުއްޓީގެ ޕްލޭންތަކަށް ބުރޫއަރުވާލި މައްސަލާގައި ޓްރާންސްޕޯޓް މިނިސްޓަރު ޕެޓްރިސް ވާގްރީޓޭ ވަނީ އެ "ޖިނާއީ އަމަލުތައް" ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފަ އެވެ.

ބައެއް ރޭލު ދަތުރުތައް ވަނީ ކެންސަލްކޮށްފަ އެވެ. އަދި އެސްއެންސީއެފުން އިންޒާރުދީ ބުނެފައިވަނީ މަރާމާތު ކުރާ އިރު މުޅި ހަފުތާ ބަންދު އެކަމަށް ހޭދަވެދާނެ ކަމަށެވެ. 

ކުޅިވަރާ ބެހޭ ވަޒީރު އެމެލީ އޮޑިއާ-ކެސްޓެރާ ސިފަކުރެއްވި ގޮތުގައި، މި ހަމަލާތަކަކީ ވަރަށް ބިރުވެރި ހަމަލާތަކެކެވެ. އެކަމުގެ ސަބަބުން އާންމުންނާއި އޮލިމްޕިކް އެތުލީޓުންނަށް ކުރާ ނޭދެވޭ އަސަރުތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ހުކުރު ދުވަހު ޕެރިސްގެ މެދުތެރޭގައި އޮލިމްޕިކްގެ އެތައް ހާސް އެތުލީޓުންތަކެއް ދަތުރުކުރާ އިރު، އެ މުބާރާތް ފެށުމުގެ ރަސްމިއްޔާތަށް ތިން ލައްކައަށް ވުރެ ގިނަ ބެލުންތެރިން ތިބޭނެ ކަމަށް ބެލެވެ އެވެ.

އެސްއެންސީއެފުން ބުނީ އަލިފާން ރޯކޮށްފައި ވަނީ އެ ކުންފުނީގެ ފެސިލިޓީތަކަށް ގެއްލުން ދިނުމުގެ ބޭނުމުގައި ކަމަށެވެ.

ތަހުގީގާ ގުޅުން ހުރި މީހަކު އޭއެފްޕީ ނިއުސް އެޖެންސީއަށް މައުލޫމާތު ދެމުން ބުނީ އެ ހަމަލާގައި "ހަރުކަށި ފިކުރުގެ" އަމަލުތައް ހިމެނޭ ކަމަށެވެ.

ހައި ސްޕީޑް ނެޓްވޯކަށް އަމާޒުކުރި ކަމަށް އެއްވެސް ފަރާތަކުން އިއުތިރާފުވެފައި ނުވި ނަމަވެސް، އެ ނެޓްވޯކްގައި ހަރުކަށި ފިކުރުގެ އަމަލުތައް ހިމެނޭ ކަމަށް ބެލެވެ އެވެ.

ބައެއް ހައިސްޕީޑް ހިދުމަތްތައް އެހެން ލައިންތަކަށް ބަދަލުކޮށް، އެހެން ހިދުމަތްތަކަށް ވެސް ވަނީ އަސަރުކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް