ސްރީ ލަންކާގެ ދަނޑުވެރިން ސައިފަތް ދަނޑުތަކުގައި މަަސައްކަތް ކުރަނީ (ގެޓީ އިމޭޖާސް)

ސްރީ ލަންކާ

ލަންކާގެ އިގްތިސާދީ ދުވެލި ރަނގަޅު ކުރުމަށް ރޭޓްތައް ކުޑަކޮށްފި

ލަންކާގެ ސެންޓްރަލް ބޭންކް (ސީބީއެސްއެލް) އިން ނެރުނު ބަޔާނެއްގައި ބުނީ ޑިޕޮސިޓް ފެސިލިޓީ ރޭޓް %8.25އަަށް އަދި ލޯނުގެ ރޭޓް %9.25އަށް ކުޑަކޮށްފައިވާ ކަމަށް
24 ޖުލައި 2024

ސްރީ ލަންކާގެ މަރުކަޒީ ބޭންކުން އިންޓްރެސްޓް ރޭޓް 25 ބޭސިސް ޕޮއިންޓް ނޫނީ %.025އަށް މިއަދު ދަށްކޮށްފި އެވެ.

މިއީ ލަންކާގެ އިގްތިސާދަށް ކުރިމަތިވެފައިވާ އެންމެ ނުރައްކާތެރި މާލީ ހީނަރުކަމުން އަރައިގަތުމަށް އެހީތެރިވުމުގެ ގޮތުން އެޅި ކުއްލި ފިޔަވަޅެކެވެ.

އެ ފިޔަވަޅު އެ ގޮތަށް އަޅަން ނިންމީ އިންފްލޭޝަން މައްޗަށްދާ ކަމުގެ ޕްރެޝަރު ނެތުމުން ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ. އަދި މެދުރާސްތާގައި އިންފްލޭޝަން %5ގެ އަމާޒަށް ވުރެ ދަށުގައި ހިފެހެއްޓޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ ތަނުން ބުންޏެވެ.

ސްރީ ލަންކާގެ ސެންޓްރަލް ބޭންކް (ސީބީއެސްއެލް) އިން ނެރުނު ބަޔާނެއްގައި ބުނީ ޑިޕޮސިޓް ފެސިލިޓީ ރޭޓް %8.25 އަަށް އަދި ލޯނުގެ ރޭޓް %9.25އަށް ކުޑަކޮށްފައިވާ ކަމަށެވެ.

ރޮއިޓާސް އިން ކުރި ސާވޭގައި ބައިވެރިވި 14 އިގްތިސާދީ މާހިރުންނާއި އެނަލިސްޓުންގެ ތެރެއިން ނުވަ ބޭފުޅަކު ވަނީ ސިޔާސީ ނުތަނަވަސްކަމާ ދެކޮޅަށް މަނިޓަރީ އޮތޯރިޓީން އިންޓްރެސްޓް ރޭޓްތަކަށް ބަދަލެއް ނުގެންނާނެ ކަމަށް ލަފާކޮށްފަ އެވެ. އެ ޕޯލްގައި ބައިވެރިވި އެހެން މީހުން ލަފާ ކުރީ އިންޓަރެސްޓް ރޭޓް ކުޑަ ކުރާނެ ކަމަށެވެ.

މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން %7.25 ޕޮއިންޓް ދަށަށް ގޮސްފައިވާ ލުއިދިނުމުގެ ބުރުގައި މަރުކަޒީ ބޭންކުން މާޗު މަހު ރޭޓް %50.އަށް ކުޑަކޮށްފައިވާ އިރު، އޭޕްރީލް 2022 އިން ފެށިގެން %10.50ގެ ކުރިއެރުމެއް ވަނީ ލިބިފަ އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފުން) 2.9 ބިލިއަން ޑޮލަރުގެ ލޯނު ދިނުމުގެ ޕްރޮގްރާމެއްގެ އެހީގައި މި އަހަރު ލަންކާގެ އިގްތިސާދު %3 ކުރިއަރާނެ ކަމަށް ބެލެވެ އެވެ. ލަންކާގެ އިގްތިސާދު 2022 ވަނަ އަހަރު ވަނީ %7.3 ދަށަށް ގޮސްފަ އެވެ. މިދިޔަ އަހަރު ވަނީ %2.3 ދަށަށް ގޮސްފަ އެވެ.

ޖޫން މަހު އިންފްލޭޝަން %1.7އަށް ވަނީ ދަށަށް ގޮސްފަ އެވެ. އަދި މިއީ މާލީ ކާރިސާގެ އެންމެ ނުރައްްކާތެރި ދުވަސްވަރު، ސެޕްޓެމްބަރު 2022ގައި އިންފްލޭޝަން %70 މައްޗަށް ދިއުމަށް ފަހު އިންފްލޭޝަން އެންމެ ދަށަށް ދިޔަ ފަހަރެވެ. 

އިންޓަރެސްޓް ރޭޓަށް ގެނައި ބަދަލާ އެކު މެއި އަދި ޖޫން މަހު އަމިިއްލަ ވިޔަފާރިތަކަށް ދިން ލޯނުގެ މިންވަރު އިތުރުވެގެން ދާނެ ކަމަށް ލަފާ ކުރެވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް