އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީ: އަބުރުގެ ދައުވާ ކުރެއްވި

އިޓަލީ

އިޓަލީގެ ބޮޑުވަޒީރުގެ އިސްކޮޅަށް ފާޑުކިއުމުން އަބުރުގެ ބަދަލުގެ ގޮތުގައި 5،000 ޔޫރޯ ނަގައިދޭން އަމުރުކޮށްފި

"ކަލޭ އަހަރެންނަށް ބިރު ނުދައްކާ ޖިއޯޖިއާ މެލޯނީ. ކޮންމެ ގޮތެއް ވިޔަސް ތިބާގެ އިސްކޮޅުގައި ހުރީ އެންމެ 1.2 މީޓަރު، [3 ފޫޓް 9 އިންޗި] އެވެ. އަހަންނަކަށް ވެސް ކަލޭ ނުފެނާނެ"
19 ޖުލައި 2024

އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީގެ އިސްކޮޅަށް ފުރައްސާރަކޮށް ސޯޝަލް މީޑިއާގައި ޝާއިއު ކުރި ޕޯސްޓުތަކާ ގުޅިގެން އިޓަލީގެ ނޫސްވެރިއެއްގެ މައްޗަށް އަބުރުގެ ދައުވާކޮށް ބަދަލުގެ ގޮތުގައި 5،000 ޔޫރޯ ނަގައިދޭން ކޯޓުން އަމުރުކޮށްފި އެވެ.

ފަނޑިޔާރު ނިންމެވީ ނޫސްވެރިއާ ޖިއުލިއާ ކޯޓޭސްގެ ދެ ޓުވީޓަކީ ބޮޑުވަޒީރުގެ އަބުރަށް އަރައިގަތް ދެ ޓުވީޓް ކަމަށް ނިންމައި އެއީ "އުފެދުމަށް މަލާމަތް" ކުރީ ކަމަށެވެ. އޭނާ ވަނީ ސަސްޕެންޑް ފީއެއްގެ ގޮތުގައި 1،200 ޔޫރޯ ވެސް ދައްކަން ޖެހިފަ އެވެ.

ކޯޓޭސް މެލޯނީ ސިފަކޮށްފައިވަނީ "ކުޑަ އަންހެނެއް"ގެ ގޮތުގަ އެވެ. އަދި އޭނާ ބުނީ "އަހަންނަކަށް ނުފެންނާނެ" ކަމަށެވެ.

އެ ހުކުމަށް ރައްދުދީ ކޯޓޭސް ބުނީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ ތަފާތު ހިޔާލުތަކަށް އިޓަލީ ސަރުކާރަށް ހަޖަމު ނުކުރެވޭ ކަމަށެވެ.

މި ދެ މީހުންގެ ކޯޅުންތައް ފުރަތަމަ ފެށުނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޓުވިޓާގައި (ފަހުން އެކްސް) މެލޯނީއަށް ފުރައްސާރަކޮށް ފޮޓޯއެއް އެކްސްގައި ޕޯސްޓް ކުރުމުންނެވެ.

އެ ޕޯސްޓްގައި މެލޯނީ ހުންނަނީ، އާޓިފިޝަލްކޮށް ހަދާފައިވާ، ފާސިސްޓް ޑިކްޓޭޓަރު ބެނީޓޯ މުސޯލިނީގެ ފޮޓޯއެއް ކައިރީ ހުއްޓިލައިގެންނެވެ.

ފޭސްބުކްގައި މެލޯނީ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ފޮޓޯއަކީ އާދަޔާ ހިލާފު ފޮޓޯއެއް ކަމަށާއި ގާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

އޭގެ ފަހުން އެ ދުވަހު ކޯޓޭސް ވަނީ އެއީ ފޭކް ފޮޓޯއެއްކަން އެނގުމުން އެ ފޮޓޯ ޑިލީޓްކޮށްފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް މެލޯނީ އޭނާއަށް ރައްދުދީ އޭނާއާ ދެކޮޅަށް ފޭސްބުކްގައި ކުރި ޕޯސްޓުން އެނގެނީ އޭނާ އަކީ "ކުޑަ އަންހެނެއް" ކަން ކަމަށެވެ.

އޭގެ ފަހުން ކޯޓޭސް ކުރި އެހެން ޕޯސްޓެއްގައި ބުންޏެވެ: "ކަލޭ އަހަރެންނަށް ބިރު ނުދައްކާ ޖިއޯޖިއާ މެލޯނީ. ކޮންމެ ގޮތެއް ވިޔަސް ތިބާގެ އިސްކޮޅުގައި ހުރީ އެންމެ 1.2 މީޓަރު،  [3 ފޫޓް 9 އިންޗި] އެވެ. އަހަންނަކަށް ވެސް ކަލޭ ނުފެނާނެ."

މެލޯނީގެ އިސްކޮޅުގައި ހުންނަނީ 1.63 މީޓަރު (5 ފޫޓް 3 އިންޗި) ކަމަށް އިޓަލީގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ފުރަތަމަ ކުރި ޕޯސްޓްތަކުން ކޯޓޭސްގެ މައްޗަށް ކުށް ސާބިތުވި ނުވި ނަމަވެސް ފަހުން ކުރި ޓުވީޓުތަކާ ގުޅިގެން އޭނާގެ މައްޗަށް ވަނީ ކުށް ސާބިތުވެފަ އެވެ.

އިސްތިއުނާފު ކުރުމުގެ ފުރުސަތު ކޯޓޭސްއަށް އޮތް ނަމަވެސް އެކަން އޭނާ ކުރައްވާނެ ކަމެއް އަދި ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

މެލޯނީގެ ގާނޫނީ ވަކީލު ވިދާޅުވީ އަބުރުގެ ބަދަލުގެ ގޮތުގައި މެލޯނީ އަށް ލިބޭ ހުރިހާ ފައިސާއެއް ހަދިޔާ ކުރާނީ ހައިރާތު ފަންޑަކަށް ކަމަށެވެ.

އެކްސްގެ މައްޗަށް އިއްވި ހުކުމަށް ރައްދު ދެމުން ކޯޓޭސް ލިޔެފައިވެ އެވެ: "ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިންގެ ތަފާތު ވިސްނުންތަކާ މެދު އިޓަލީ ސަރުކާރަަށް ހަޖަމެއް ނުކުރެވެ އެވެ.

"މި ގައުމު މިދާ މިސްރާބަކީ [ވިކްޓާ] އޯރްބާންގެ ހަންގޭރީއާ ދިމާއަށް ހެންހީވަނީ: މިއީ މިނިވަން ނޫސްވެރިންނަށާއި ހިޔާލު ފާޅުކުރާ ލީޑަރުންނަށް ނުބައި ދުވަސްތަކެއް. ކުރިއަށް ހުރި ދުވަސްތައް ރަނގަޅުވާނެ ކަމަށް އުންމީދު ކުރަން. އަހަރުމެން ދޫދިނުމެއް ނެތް."

އޭނާ ފަހުން ބުނީ އޭނާއަކީ އިޓަލީ މީހެއް ކަމަށެވެ. އަދި އެކަމަށް ފަހުރުވެރި ވެސް ވާ ކަމަށެވެ. އެހެނެއް ކަމަކު، މި ހަޑިމުޑުދާރު އަދި ލަދުވެތި ސަރުކާރަށް ވުރެ ބޮޑު މިންވަރެއް ހައްގު ކަމަށެވެ.

ވިކްޓާ އޯރްބާން އަކީ ހަންގޭރީގެ ބޮޑުވަޒީރެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް