މެލޭޝިޔާގެ ކުރީގެ ބޮޑު ވަޒީރު މަހާތީރު މުހަންމަދު މި މަހު 22 ވަނަ ދުވަހު މީޑިއާއަކަށް އިންޓަވިއުއެއް ދެއްވަނީ

މެލޭޝިއާ

މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު 99 އަހަރުގައި ހޮސްޕިޓަލުގައި އެޑްމިޓްކޮށްފި

18 ޖުލައި 2024

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު،99، ކެއްސާތީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާ ކަމަށް އޭނާގެ ތަރުޖަމާނު ބުރާސްފަތި ދުވަހު ވިދާޅުވެއްޖެ އެވެ.

ހޯމަ ދުވަހުން ފެށިގެން މަހާތީރު އޮންނެވީ ނޭޝަނަލް ހާޓް އިންސްޓިޓިއުޓްގައި ކަމަށާއި ހޮސްޕިޓަލުގައި ދުވަސްކޮޅަކު މަޑުކުރައްވާނެ ކަމަށް މަހާތީރުގެ ހާލަތާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވައި ތަރުޖަމާނު ވިދާޅުވި އެވެ.

ކުރީގެ ބޮޑުވަޒީރަކީ ހިތުގެ އާލާސްކަން ހުންނަ ބޭފުޅެކެވެ. އެންމެ ފަހުން އެ އިންސްޓިޓިއުޓްގައި މިދިޔަ ޖެނުއަރީ މަހު އެޑްމިޓް ކުރީ ވަކި ބަޔާން ނުކުރާ  އިންފެކްޝަނަކަށް ފަރުވާ ހޯއްދެވުމަށެވެ. އޭގެ ގާތްގަނޑަކަށް ތިން މަސް ފަހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ.

މަހާތީރު ވަނީ ދެ ބުރެއްގެ މަތީން ބޮޑުވަޒީރު ކަމުގެ މަގާމު އަދާ ކުރައްވައިފަ އެވެ. އޭނާގެ ފުރަތަމަ ދައުރު ނިމުނީ 22 އަހަރު އެ މަގާމުގައި ހުންނެވުމަށް ފަހު 2003 ވަނަ އަހަރު އެވެ.

އުމުރުން 92 އަހަރުގައި ދެ ވަނަ ފަހަރަށް ބޮޑުވަޒީރު ކަމުގެ މަގާމަށް އެނބުރި ވަޑައިގެންނެވީ 2018 ވަނަ އަހަރުގެ އިންތިހާބުގައި އިދިކޮޅު ކޯލިޝަނަށް ތާރީހީ ކާމިޔާބީއެއް ހޯއްދަވައިދެއްވުމަށް ފަހު، އޭނާ ކުރިން ވެރިކަން ކުރެއްވި ޕާޓީ ބަލިކުރެެއްވުމަށް ފަހު އެވެ. އޭނާގެ ސަރުކާރު ވެއްޓުނީ ދެ އަހަރު ނުވަނީސް އެތެރޭގެ ހަމަނުޖެހުންތަކުގެ ސަބަބުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް