އަމީރާ ޝައިހާ މަހްރާ ބިންތު މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް.

ޔޫއޭއީ

ދުބާއީގެ އަމީރާ އިންސްޓަގްރާމް މެދުވެރިކޮށް ވަރި އިއުލާންކޮށްފި

18 ޖުލައި 2024
1

ދުބާއީގެ ވެރިޔާގެ ދަރިކަނބަލުން ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ވަރި އިއުލާނުކޮށްފި އެވެ.

އަމީރާ ޝައިހާ މަހްރާ ބިންތު މުހައްމަދު ބިން ރާޝިދު އަލް މަކްތޫމްގެ ސައްހަ އިންސްޓަގްރާމް އެކައުންޓަކުން ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާ ކައިވެނި ރޫޅާލުމަށް ނިންމާފައިވާ ކަމަށެވެ.

ބީބީސީން ވަނީ އެ ގައުމުގެ އޮފިޝަލުންނާ ބައްދަލުކޮށް އެ ވަރި ޔަގީންކޮށްފަ އެވެ.

މަހްރާގެ ފިރިކަލުންގެ ބަހެއް އަދި ލިބިފައެއް ނުވެ އެވެ.

މަހްރާ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓްގައި "ތިހުރީ ވަރިކޮށްފައި. ތިހުރީ ވަރިކޮށްފައި. ތިހުރީ ވަރިކޮށްފައި" ތިން ފަހަރަށް ބުނެ، ތިން ފަށް ވަރިން ވަރިކޮށްފައިވެ އެވެ.

އިސްލާމް ދީންގައި އަންހެނުން އެ މީހުންގެ ފިރިން ވަރިކުރާ ގޮތެއް ނޯވެ އެވެ.

ތިން ފަށް ވަރިން ވަރިކުރުމަކީ އިސްލާމީ ބައެއް ގައުމުތަކުގައި ހުއްދަ ކަމެއް ވެސް ނޫނެވެ. ނަމަވެސް، ވަގުތުން ވަގުތަށް ތަންފީޒު ކުރެވޭ ގޮތަށް ފިރިންނަށް އަނބިން ވަރިކުރުމަށް ތިން ފަހަރަށް ތިޔަ ހުރީ ވަރިކޮށްފައިވާ ކަމަށް ބުނެ އުޅެ އެވެ.

"ހިތްހެޔޮ ކުރާތި. ތިބާގެ ކުރީގެ އަނބިމީހާ،" އިންސްޓަގްރާމްގައި ކުރި ޕޯސްޓުގައި އޭނާ ބުނެފައިވެ އެވެ.

މަހްރާގެ ފިރިކަލުންގެ ހުރިހާ ފޮޓޯއެއް އޭނާ ވަނީ ސޯޝަލް މީޑިއާ އެކައުންޓުން ފޮހެލައިފަ އެވެ.

އެ ދެމަފިރިން ކައިވެނި ކުރީ އޭޕްރީލް 2023ގައި ބޮޑު ހަފްލާއެއްގަ އެވެ. އެ ދެމަފިރިންގެ ފުރަތަމަ ދަރިފުޅު އުފަންވީ މީގެ ދެ މަސް ކުރިންނެވެ.

އިންސްޓަގްރާމް ބޭނުންކުރާ ބައެއް މީހުންގެ ކޮމެންޓްތަކުގައި ބުނަނީ މަހްރާގެ އެކައުންޓް ހެކްވެދާނެ ކަމަށް ބުނެފަ އެވެ. އެކަމުގެ ރަސްމީ ބަހެއް އަދި ލިބިފައެއް ނުވެ އެވެ. އެ ޕޯސްޓު ޝާއިއުކުރި އިރު، ވަރި އިއުލާނުކުރާ ޕޯސްޓް ލިސްޓުކޮށްފައި ވަނީ އޭގެ އެއް ދުވަސް ކުރިންނެވެ.

ކޮމެންޓް (1)

ސަނައްޓޭ

18 ޖުލައި 2024
މުސްލިމުންނޭ ކިޔައިގެން އުޅޭ ބައެއް ތީ. އެއްވެސް މުސްލިމުވަންތަ ކަމެއް ގަޔަކު ނުހުރޭ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް