މި ކަށިގަނޑު ފެނިފައިވަނީ 2022 ވަނަ އަހަރު ޕްރޮފެޝަނަލް ފޮސިލް ހޯދާ މީހަކަށް

ޖަނަވާރު

ޑައިނަސޯއެއްގެ ކަށިގަނޑު 44 މިލިއަން ޑޮލަރަށް ވިއްކާލައިފި

ބީލަން އިންތިޒާމު ކުރި އިދާރާއިން ބުނީ އެ ކަށިގަނޑު ވިއްކީ ކުރިން އަންދާޒާކުރި މިންވަރަށް ވުރެ 11 ގުނަ ބޮޑު އަގަކަށް ކަމަށް
18 ޖުލައި 2024

ނިއު ޔޯކް ސިޓީގައި ބޭއްވި ނީލަމެއްގައި ބޮޑު ޑައިނަސޯއެއްގެ ކަށިގަނޑު 44.6 މިލިއަން ޑޮލަރަށް ވިއްކާލައިފި އެވެ. މިއީ މިހާތަނަށް ޑައިނަސޯއެއްގެ ކަށިގަނޑު ވިއްކާލި އެންމެ ބޮޑު އަގެވެ.

އެޕެކްސްގެ ނަމުން ނަން ދީފައިވާ ގަސްކާ ސްޓެގޯސޯރަސްގެ ދިގުމިނަކީ 11 ފޫޓެވެ. އަދި ނޭފަތުން ފެށިގެން ނިގޫކޮޅާ ހަމައަށް 27 ފޫޓު ހުންނަ "މިހާތަނަށް ފެނުނު އެންމެ ފުރިހަމަ ކަށިގަނޑުގެ ތެރޭގައި ހިމެނޭ" ކަމަށް ނީލަން އިންތިޒާމު ކުރާ ފަރާތުން ބުންޏެވެ.

އެ ކަށިގަނޑު ގަތީ ކާކު ކަމެއް ނުބުނެ އެވެ.

"އެޕެކްސް ގަތީ އެމެރިކާ މީހެއް. އެ ކަށިގަނޑު އޮންނާނީ ވެސް އެމެރިކާގައި،" ނީލަން އިންތިޒާމު ކުރި ފަރާތް ކަމަށްވާ ސޯތެބީން ބުންޏެވެ.

އެ ކަށިގަނޑު ހޯދީ އެމެރިކާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ކޮލޮރާޑޯ އިން 2022 ވަނަ އަހަރު ޕެލިއޮންޓޮލޮޖިސްޓެކެވެ.

"ނީލަމުގައި އެންމެ މޮޅު ސްޓެގޯސޯރަސް، [ބުދަ ދުވަހު] ސޮތެބީސްގައި 44.6 މިލިއަން ޑޮލަރަށް ވިއްކައިގެން ތާރީހެއް ހަދައިފި، އަދި ނީލަމުގައި މިހާތަނަށް ވިއްކި އެންމެ އަގުބޮޑު ފޮސިލް އަށް ވެއްޖެ،" ސޯތެބީން ބުންޏެވެ.

ބީލަން އިންތިޒާމު ކުރި އިދާރާއިން ބުނީ އެ ފޮސިލް ވިއްކީ، ކުރިން އަންދާޒާކުރި މިންވަރަށް ވުރެ 11 ގުނަ ބޮޑު އަގަކަށެވެ.

މިހާތަނަށް ފެނުނު އެންމެ ބޮޑު ސްޓެގޯސޯރަސް ފޮސިލްގެ ބީލަމުގެ މަރުހަލާގައި ހަތް ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

އެޕެކްސް ދިރިއުޅުނީ މީގެ ގާތްގަނޑަކަށް 150 މިލިއަން އަހަރު ކުރިން ޖުރަސިކް ޒަމާނުގެ ފަހުކޮޅު ކަމަށް ބެލެވެ އެވެ.

މީގެ ކުރިން ޑައިނަސޯގެ ފޮސިލްއެއް އެންމެ ބޮޑު އަގުގައި ވިއްކާލީ 2020 ވަނަ އަހަރު އެވެ. ޓައިރަނޯސޯރަސް ރެކްސް ނަމަކަށް ކިޔާ އެ ކަށިގަނޑު އޭރު ވިއްކާލީ 31.8 މިލިއަން ޑޮލަރަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް