އިންޑިއާގެ ބޮޑުވަޒީރު އަދި ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީގެ ލީޑަރު ނަރެންދުރަ މޯދީ.

ނަރެންދުރަ މޯދީ

މޯދީގެ އެކްސް އެކައުންޓް ފޮލޯ ކުރާ މީހުންގެ އަދަދު 100 މިލިއަން ހުރަސްކޮށްފި

15 ޖުލައި 2024

ސޯޝަލް މީޑިއާ އެޕް، އެކްސްގައި ދުނިޔޭގައި އެންމެ ގިނަ މީހުން ފޮލޯކުރާ ލީޑަރަކަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީވެ، އެ އަދަދު 100 މިލިއަން ހުރަސްކޮށްފި އެވެ. 

އެކްސްގައި އިންޑިއާގެ އެކި ސިޔާސީ ބޭފުޅުންގެ ފޮލޯވަރުންނާ އަޅާބަލާއިރު ވެސް މޯދީ އުޅުއްވަނީ އެހެން ލީޑަރުންނަށް ވުރެ ވަރަށް ބޮޑުތަން ކުރީގަ އެވެ. 

އިދިކޮޅު ލީޑަރު ރާހުލް ގާންދީގެ އެކްސް ފޮލޯކުރާ މީހުންގެ އަދަދު އުޅެނީ 26.4 މިލިއަން މީހުންނެވެ. ދިއްލީގެ ޗީފް މިނިސްޓަރު އަރްވިންދު ކެޖްރިވާލްގެ އެކައުންޓް ފޮލޯ ކުރަނީ 27.5 މިލިއަން މީހުންނެވެ. ސަސަވާދީ ޕާޓީގެ އަކިލޭޝް ޔާދަވް ފޮލޯ ކުރަނީ 19.9 މިލިއަން މީހުން އަދި ވެސްޓް ބެންގާލްގެ ސީއެމް މަމްތާ ބެނާޖީގެ އެކައުންޓް ފޮލޯ ކުރަނީ 7.4 މިލިއަން މީހުންނެވެ.

ރާޝްތުރިޔާ ޖަނަތާ ދާލްގެ ވެރިޔާ ލާލޫ ޕްރަސާދު ޔާދަވްގެ އެކައުންޓް ފޮލޯ ކުރަނީ 6.3 މީހުންނެވެ. އޭނާގެ ދަރިކަލުން ތޭޖްސްވީ ޔާދަވްގެ ފޮލޯވަރުން ކުރަނީ 5.2 މިލިއަން މީހުން އަދި އެންސީޕީގެ ޗީފް ޝަރަދު ޕަވާރުގެ ފޮލޯވަރުންގެ އަދަދު 2.9 މިލިއަނަށް އަރަ އެވެ.

ރާޝްތުރިޔާ ޖަނަތާ ދާލްގެ ވެރިޔާ ލާލޫ ޕްރަސާދު ޔާދަވްގެ 6.3 މިލިއަން ފޮލޯވަރުން، އޭނާގެ ދަރިކަލުން ތޭޖްސްވީ ޔާދަވްގެ ފޮލޯވަރުންގެ އަދަދު 5.2 މިލިއަން އަދި އެންސީޕީގެ ޗީފް ޝަރަދު ޕަވާރުގެ ފޮލޯވަރުންގެ އަދަދު 2.9 މިލިއަނަށް އަރަ އެވެ.

މޯދީ އުޅުއްވަނީ، މިހާރު 38.1 މިލިއަން ފޮލޯވަރުން ތިބި އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ދުބާއީގެ މިހާރުގެ ވެރިޔާ ޝެއިހް މުހައްމަދު (11.2 މިލިއަން) އަދި ޕޯޕް ފްރާންސިސް (18.5 މިލިއަން) ފަދަ ދުނިޔޭގެ އެހެން ލީޑަރުންނަށް ވުރެ މާ ކުރީގަ އެވެ.

ވިރާޓް ކޯލީ (64.1 މިލިއަން) އާއި ބްރެޒިލްގެ ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާ ޖޫނިއާ (63.6 މިލިއަން) އަދި އެމެރިކާގެ ބާސްކެޓްބޯޅަ ކުޅުންތެރިޔާ ލެބްރޯން ޖޭމްސް (52.9 މިލިއަން) ފޮލޯވަރުންނާ އަޅާބަލާއިރު މޯދީގެ ފޮލޯވަރުން ވެސް ގިނަ އެވެ. އޭނާ އަކީ ޓޭލާ ސްވިފްޓް (95.3 މިލިއަން)، ލޭޑީ ގާގާ (83.1 މިލިއަން) އަދި ކިމް ކާޑޭޝިއަން (75.2 މިލިއަން) ފަދަ ތަރިންނަށް ވުރެ ކުރީގަ އެވެ.

ފާހަގަ ކުރެވޭ ކަމަކީ ފާއިތުވި ތިން އަހަރުގެ ތެރޭގައި މޯދީގެ އެކްސް ހޭންޑްލް ބޭނުންކުރާ މީހުންގެ އަދަދު ގާތްގަނޑަކަށް 30 މިލިއަނަށް ވުރެ މައްޗަށް ގޮސްފައިވާ ކަމެވެ.

އޭނާގެ ނުފޫޒު ޔޫޓިއުބާއި އިންސްޓަގްރާމަށް ވެސް ފެތުރިފައިވާއިރު، އޭނާގެ ސަބްސްކްރައިބަރުންގެ އަދަދު ގާތްގަނޑަކަށް 25 މިލިއަނަށް ވުރެ ގިނަ އަދި 91 މިލިއަނަށް ވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ.

އަދި 2009 ވަނަ އަހަރު އެ ޕްލެޓްފޯމާ ގުޅިވަޑައިގަތުމަށް ފަހު މޯދީ ގެންދަވަނީ ބިނާކުރަނިވި މަސައްކަތްތަކަށް އެ ޕްލެޓްފޯމް ބޭނުން ކުރައްވަމުންނެވެ.

މޯދީ އަކީ ގިނަ އާންމު ރައްޔިތުންނާ މުއާމަލާތްކޮށް، އެ މީހުންގެ މެސެޖުތަކަށް ޖަވާބުދިނުމާއި އެއްވެސް މީހަކު ބްލޮކް ކުރައްވާފައިވާ ބޭފުޅެއް ނޫނެވެ. އަދި މޯދީ އަކީ ދުވަހަކު ވެސް ޕެއިޑް ޕްރޮމޯޝަން ނުވަތަ ބޮޓް ބޭނުންކޮށް އޯގަނިކް ނޫން ޕްލެޓްފޯމް ބޭނުން ކުރައްވަމުން ގެންދަވާ ބޭފުޅެއް ނޫނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް