އިންޑިއާ އިން އަންނަނީ 2018 އަހަރުން ފެށިގެން އަހަރަކު 5 މިލިއަން ޑޮލަރު އުންރާއަށް ހަދިޔާ ކުރަމުން

އިންޑިއާ

ފަލަސްތީނާއި އިޒްރޭލުގެ 2 ދައުލަތް އަވަސް ކުރަން ޖެހޭ: އިންޑިއާ

14 ޖުލައި 2024

ފަލަސްތީނުގެ މައްސަލައަށް ސުލްހަވެރި އަދި ސިޔާދަތީ މިނިވަން ހަރުދަނާ ދައުލަތެއް ގާއިމު ކުރުމަށް ކުރާ މަސައްކަތުގައި އިންޑިއާ ސާބިތުކަމާ އެކު ދެމިތިބޭނެ ކަމުގެ ޔަގީންކަންދީ، ދެ ދައުލަތުގެ ސިޔާސަތަށް އެ ގައުމުން ތާއީދުކޮށްފި އެވެ.

ޗާޖް ޑި އެފެއާޒް އަދި އިންޑިއާއިން އދ.އަށް ކަނޑައަޅާފައި ހުންނަ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް އާރު ރަވިންދުރަ ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ.ގެ އެޖެންސީގެ ކޮންފަރެންސެއްގައި ހުކުރު ދުވަހު ވިދާޅުވީ ފަލަސްތީނަށް ސުލްހައަށް އެދޭ ކަމަށެވެ. 

"ފަލަސްތީނުގެ ސިޔާދަތީ، މިނިވަން އަދި ހަރުދަނާ ދައުލަތެއް ގާއިމުކުރުމަށްޓަކައި މަޝްވަރާކޮށްގެން ދެ ދައުލަތުގެ ހައްލަކަށް އިންޑިއާއިން އަބަދު ވެސް ތާއީދުކުރަން. އަދި އަމާންކަމާއި ގަބޫލުކުރެވޭ ބޯޑަރުގެ ތެރޭގައި، އިޒްރޭލާ އެކު ސުލްހަމަސަލަސްކަން ގާއިމުކޮށް، އެކުގައި ދިރިއުޅުން،" އާރު ރަވިންދުރަ ވިދާޅުވި އެވެ.

އދ.ގެ ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޮ ފަލަސްތީން ރެފިއުޖީސް (އުންރާ)ގެ ކޮންފަރެންސްގައި އިންޑިއާއިން ދިން ޔަގީން ކަމަކީ ފަލަސްތީނުގެ މައްސަލަ ސުލްހަވެރިކަމާ އެކު ހައްލުކުރުމަށް ނިއުދިއްލީން އަބަދު ވެސް ދެމިތިބޭނެ ކަމުގެ ޔަގީންކަމެވެ.

އޭނާ ވިދާޅުވީ ގާޒާގައި މިހާރު ހިނގަމުންދާ އިޒްރޭލު-ހަމާސްގެ ހަމަނުޖެހުންތަކާ ގުޅިގެން އިންޑިއާއިން ވަނީ އުސޫލެއްގެ މަތިން ސިޔާސަތެއް ގާއިމުކޮށްފައި ކަމަށެވެ. އަދި އެ ސިޔާސަތުގެ ދަށުން އާންމުންނާއި ހާއްސަކޮށް އަންހެނުންނާއި ކުޑަކުދިން މަރުވުން ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވި އެވެ.

މިދިޔަ އަހަރުގެ 7 އޮކްޓޯބަރުގައި ދިން ހަމަލާ އަކީ "އަޅުގަނޑުމެން ވަރަށް ސާފުކޮށް ކުށްވެރިކުރާ" ކަމެއް ކަމަށާއި އެއްވެސް ޝަރުތެއް ނެތި ރަހީނުން ދޫކޮށްލުމަށް ގޮވާލާފައިވެ އެވެ.

ރަވިންދްރާ ވިދާޅުވީ އިންސާނީ ގޮތުން ދިމާވެފައިވާ ދަތި ހާލަތުން އަރައިގަތުމުގައި އުންރާގެ ދައުރު އަދިވެސް ވަރަށް މުހިންމު ކަމަށެވެ. އަދި ސީރިއާ އާއި އުރުދުން އަދި ލުބުނާނުގައި ދިރިއުޅޭ ފަލަސްތީނުގެ ރެފިއުޖީންނަށް އިޖްތިމާއީ ހިދުމަތްދިނުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.

ފަލަސްތީނަށް އެކި ގޮތްގޮތުން ނިއު ދިއްލީން އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށާއި ވޭތުވެ ދިޔަ ދުވަސްތަކުގައި ގާތްގަނޑަކަށް 120 މިލިއަން ޑޮލަރުގެ އިތުރަށް އުންރާއަށް ދިން 35 މިލިއަން ޑޮލަރުގެ އެހީ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިއާއިން އަންނަނީ 2018 ވަނަ އަހަރުން ފެށިގެން އުންރާއަށް އަހަރަކު 5 މިލިއަން ޑޮލަރުގެ އެހީއެއް ދެމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް