ތާރީހީ އެއްބަސްވުމުގައި ދެ ފަރާތުން ސޮއިކޮށް ލިއުން ބަދަލު ކުރަނީ

މިސުރު

މިސްރުގައި 500 މިލިއަން ޑޮލަރުގެ ބޯހިޔާވަހި ކަމުގެ އެއްބަސްވުމެއްގައި މިސްރާއި އަބޫދާބީ ކުންފުންޏަކުން ސޮއިކޮށްފި

10 ޖުލައި 2024

މިސްރުގެ ވެރި ރަށް ގާހިރާގެ ނީލް ކޯރު ސަރަހައްދުގައި 500 މިލިއަން ޑޮލަރުގެ ގެދޮރު އިމާރާތް ކުރުމުގެ މަޝްރޫއުއެއްގައި މިސްރުގެ ސަފްވަތު ކަލިއުބީ ގްރޫޕް (އެސްކޭޖީ) ހޯލްޑިން ކުންފުންޏާއި އެމިރާތީ ކޭއެސްއެޗް އިންވެސްޓްމަންޓް ކޮމްޕެނީއާ ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް މިސުރުގެ ނިއުސް އެޖެންސީ، މެނާ އިން ބުނެފި އެވެ.

އެ އެއްބަސްވުމުގެ ދަށުން 215،278 އަކަފޫޓުގެ ސަރަހައްދެއްގައި މީހުން ދިރިއުޅޭ ތިން ޓަވަރާއި ކޮމާޝަލް ޓަވަރުތަކަކާއި ފަސް ތަރީގެ ހޮޓަލެއް، ވެރިރަށުގެ މެދުތެރެއިން އުތުރުގައި ނީލު ކޯރު ކައިރީގައި އޮންނަ ވަރައްގު ރަށް ފެންނަ ސަރަހައްދެއްގައި ގާއިމްކުރުން ހިމެނޭ ކަމަށް މެނާ އިން ބުންޏެވެ.

މެނާ އިން ބުނި ގޮތުގައި ކޭއެސްއެޗު އިންވެސްޓްމަންޓް ކުންފުންޏަކީ އަބޫދާބީގައި ވެރިކަން ކުރާ އާއިލާގެ މެމްބަރުން ގެދޮރު ބިނާ ކުރުމަށް ޝެއިހް މުހައްމަދު ބިން ހާލިދު އަލް ނަހްޔާންގެ އަމިއްލަ ވިޔަފާރިއާ ގުޅިފައިވާ ކުންފުންޏެކެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް އަކީ މިސްރުގައި އެންމެ ފުޅާކޮށް އިންވެސްޓް ކުރާ ފަރާތްތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އަބޫދާބީގެ ސޮވެރިން ފަންޑް 'އޭޑީކިއު'އިން މިސްރުގެ އުތުރު އައްސޭރިފަށުގައި އޮންނަ ރަސް އަލް ހިކްމާ ޕެނިންސިއުލާ ތަރައްގީ ކުރުމަށް 35 ބިލިއަން ޑޮލަރުގެ ތާރީހީ އެއްބަސްވުމެއްގައި ވެސް މިދިޔަ ފެބްރުއަރީ މަހު ވަނީ ސޮއިކޮށްފަ އެވެ.

އެ އިންވެސްޓްމަންޓްތަކުގެ ސަބަބުން މިސުރުގެ އިގްތިސާދަށް ހެޔޮ އަސަރުކޮށް ބޭރު ފައިސާގެ ދަތިކަމަށް ލުޔެއް ލިބި މިސުރުގެ ފައިސާގެ އަގު މައްޗަށް ޖެހި، އިންފްލޭޝަނަށް ހެޔޮ އަސަރު ކުރާނެ ކަމަށް މެނާ އިން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް