ޖޯސެފް ބޮކާއީގެ މި ނިންމުމަށް ލައިބީރިއާގެ ބައެއް މީހުން ވަނީ މަރުހަބާ ކިޔާފައި

އެފްރިކާ

ލައިބީރިއާ ރައީސްގެ މުސާރަ %40 އުނިކޮށްފި

ބޮއާކައި މިދިޔަ ފެބްރުއަރީ މަހު ހާމަކުރި ގޮތުގައި އޭނާގެ އަހަރީ މުސާރައަކީ 13،400 ޑޮލަރެވެ. މުސާރައިން %40 ކަނޑާލުމުން ދެން އޭނާއަށް އަހަރަކު ލިބިވަޑައިގަންނަވާނީ 8،000 ޑޮލަރެވެ.
9 ޖުލައި 2024

ލައިބީރިއާގެ ރައީސް ޖޯސެފް ބޮކައިގެ މުސާރައިން %40 އުނިކުރަން އޭނާ ނިންމަވައި އިއުލާން ކުރައްވައިފި އެވެ. 

ބޮކައިގެ އޮފީހުން ބުނީ އުއްމީދަކީ ޒިންމާދާރު ވެރިކަމެއްގެ ނަމޫނާ ދައްކައި ލައިބީރިއާގެ ރައްޔިތުންނާ އެކު "އެއްބައިވަންތަކަން" ދެއްކުން ކަމަށެވެ.

ދިރިއުޅުމުގެ ހަރަދުތައް ބޮޑުވަމުންދާ ކަމުގެ ޝަކުވާ ލައިބީރިއާގެ ރައްޔިތުން ކުރަމުންދާ އިރު، ދާދި ފަހުން ވަނީ ސަރުކާރުގެ މުސާރަތައް ވަރަށް ބޮޑަށް ކުޑަކުރުމަށް ޕްރެޝަރު ބޮޑުވެފަ އެވެ. ބޮއާކައި މިދިޔަ ފެބްރުއަރީ މަހު ހާމަކުރި ގޮތުގައި އޭނާގެ އަހަރީ މުސާރައަކީ 13،400 ޑޮލަރެވެ. މުސާރައިން %40 ކަނޑާލުމުން ދެން އޭނާއަށް އަހަރަކު ލިބިވަޑައިގަންނަވާނީ 8،000 ޑޮލަރެވެ.

ބޮއާކައިގެ މި ފިޔަވަޅަކީ އޭނާގެ ކުރިން ހުންނެވި ރައީސް ޖޯޖް ވިއާގެ މުސާރައިން %25 އުނިކުރެއްވުމުން އެޅުއްވި ފިޔަވަޅެކެވެ.

ހުޅަނގު އެފްރިކާގެ ގައުމުތަކުގެ ބައެއް މީހުން ބޮކާއީގެ މި ނިންމުމަށް ތައުރީފު ކުރި ނަމަވެސް އަނެއް ބަޔަކު ސުވާލު އުފައްދަނީ ކޮންމެ ދުވަހަކު އެލަވަންސާއި މެޑިކަލް އެލަވަންސް ފަދަ އިނާޔަތްތައް ވެސް ބޮކާއީއަށް ލިބެމުންދާތީ އެއީ ހަގީގަތުގައި ވެސް ގުރުބާނީއެއްތޯ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މި އަހަރުގެ ބަޖެޓަކީ ގާތްގަނޑަކަށް 3 މިލިއަން ޑޮލަރެވެ.

ލައިބީރިއާގެ ސެންޓާ އޮފް ޓްރާންސްޕޭރެންސީ އެންޑް އެކައުންޓެބިލިޓީގެ އެންޑަސަން ޑީ މިއާމެން ވިދާޅުވީ ރައީސްގެ މުސާރަ ކުޑަކުރުމަކީ މަރުހަބާ ކިޔާ ކަމެއް ކަމަށެވެ.

"އަޅުގަނޑުމެން އުންމީދު ކުރަނީ އުނިކުރާ ފައިސާ ދާނީ ކޮންތަނަކަށްތޯ އަދި އެ ފައިސާ ބޭނުންކޮށްގެން ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ އަސަރު ކުރާނެ ގޮތް ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނާނެ ކަމަށް،" އޭނާ ބީބީސީއަށް ވިދާޅުވި އެވެ.

ސަރުކާރުގެ ދެފުށް ފެންނަ ސިސްޓަމަކަށް ކެމްޕެއިން ކުރާ ޑަބްލިއު ލޯރެންސް ޔެލޫ 2، ވިދާޅުވީ ރައީސްގެ ނިންމެވުމަކީ ވަރަށް ތައުރީފު ކުރެވޭ ނިންމެވުމެއް ކަމަށެވެ. އަދި ވިދާޅުވީ "ލީޑާޝިޕް ދައްކަން ޖެހޭނީ އެންމެ މަތިން" ކަމަށެވެ.

އަދި އޭނާ ވިދާޅުވީ އުއްމީދަކީ އަންނަ މާލީ އަހަރަށް ލަފާކުރާ ބަޖެޓުގައި ބޮކައިގެ އިނާޔަތްތައް މުރާޖައާ ކުރާނެ ކަމަށެވެ.

މުސާރަ ކުޑަކުރުމުގެ އިތުރުން، ދައުލަތުގެ މުވައްޒަފުން "ގައުމަށް ކޮށްދޭ ހިދުމަތްތަކުގެ އިންސާފުވެރި ބަދަލު ލިބޭނެ ގޮތް ހެދުމަށް" ލައިބީރިއާގެ ސިވިލް ސާވިސް އެޖެންސީ "ބާރުވެރި" ކުރައްވާނެ ކަމަށް ބޮއާކައި ވަނީ ވައުދުވެވަޑައިގެންފަ އެވެ.

މިދިޔަ ހަފުތާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ރަސްމީ ކާރު ނުލިބޭ ކަމުގެ ޝަކުވާކޮށްފަ އެވެ.

އިހުތިޖާޖުގެ ގޮތުން އެމީހުން މަޖިލީހަށް ދިޔައީ ލައިބީރިއާގެ އާންމު މީހުން ދަތުރުފަތުރުކުރުމުގައި ބޭނުންކުރާ ޓުކް-ޓުކްތަކުގަ އެވެ.

ބޮކައި ވެރިކަމާ ހަވާލުވެވަޑައިގަތީ މިދިޔަ ޖެނުއަރީ މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވިއާ ބަލިކުރެއްވުމަށް ފަހު އެވެ. އަދި ކޮރަޕްޝަނާއި މާލީ އޮޅުވާލުންތައް ނައްތާލާނެ ކަމަށް ވައުދުވެވަޑައިގެންނެވި އެވެ.

އޭނާގެ މުދާ ހާމަކުރުމުގެ އިތުރުން ބޮކައި ވަނީ ރިޔާސީ އޮފީހުގެ އޮޑިޓެއް ހެދުމަށް އަންގަވަވައިފަ އެވެ. ނަމަވެސް އޭގެ ނަތީޖާ އަދި ހާމަކޮށްފައެއް ނުވެ އެވެ.

ބޮކައި ވަނީ ޖެނެރަލް އޮޑިޓިން ކޮމިޝަނާއި ލައިބީރިއާގެ އެންޓި ކޮރަޕްޝަން ކޮމިޝަން ވެސް ވަރުގަދަކޮށްފަ އެވެ.

ވިއާގެ ސަރުކާރުގައި ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކާއި ބޮޑެތި ހަރަދުތަކެއް ކުރުމުގެ ސަބަބުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ހަރަދު ބޮޑުވުމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް