އަރުޝަދު ޝަރީފަކީ މަޝްހޫރު ޓީވީ އެންކަރަކާއި ތަހުގީގީ ނޫސްވެރިއެއް

ކެންޔާ

ކެންޔާގައި މަރާލި ޕާކިސްތާނު ނޫސްވެރިއާގެ މަރުގެ ދިޔައިގެ ގޮތުގައި 78،000 ޑޮލަރު ނަގައިދޭން ހުކުމްކޮށްފި

އަރުޝަދު ޝަރީފަކީ ޕާކިސްތާނުގެ ބާރުގަދަ އަސްކަރީ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުކިއުމާއި ސިޔާސީ މައިދާނުގައި ހިނގާ ކޮރަޕްޝަންތައް އާންމުންގެ ސަމާލުކަށް ގެނައި މަޝްހޫރު ޓީވީ އެންކަރެއް
9 ޖުލައި 2024

މީގެ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ކުރިން ކެންޔާގައި މަރާލި ޕާކިސްތާނުގެ މަޝްހޫރު ނޫސްވެރިއެއްގެ ގަޔަށް ބަޑިޖަހައި މަރާލި މީހާގެ އަނބިމީހާއަށް ބަދަލުގެ ގޮތުގައި 10 މިލިއަން ޝިލިން ނޫނީ 78،000 ޑޮލަރުގެ މަރުގެ ދޭން ކޯޓުން ހުކުމްކޮށްފި އެވެ.

އަރުޝަދު ޝަރީފަކީ ޕާކިސްތާނުގެ ބާރުގަދަ އަސްކަރީ ލީޑަރުންނަށް ވަރަށް ބޮޑަށް ފާޑުކިއުމާއި ސިޔާސީ މައިދާނުގައި ހިނގާ ކޮރަޕްޝަންތައް އާންމުންގެ ސަމާލުކަށް ގެނައި މަޝްހޫރު ޓީވީ އެންކަރެކެވެ.

ފަސް ކުދިންގެ ބައްޕައަށް މަރުގެ އިންޒާރުތައް ލިބެން ފެށީ ޕާކިސްތާނުގެ އެންމެ އިސް ފަނޑިޔާރުގެ މައްސަލަތަކެއް ފެންމަތި ކުރުމާ ގުޅިގެންނެވެ. އަދި އެ މައްސަލައާ ގުޅިގެން އޭނާގެ ސަލާމަތާއި ރައްކާތެރިކަން ހޯދުމަށް އަމިއްލަ ގައުމުން ފިލައިގެން ދިޔަ އެވެ. 

ކެންޔާގެ ކަޖިއާޑޯ އަވަށުގައި ފުލުހުންގެ ބައިވެރިވުމާ އެކު ޝަރީފް މަރާލުމާ ގުޅިގެން އޭގެ ދެ މަސް ދުވަސް ފަހުން ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފަ އެވެ. އަދި އޮފިޝަލުންގެ ހިމޭން ކަމުގެ ސަބަބުން އދ.ގެ ތަޖުރިބާކާރުން ވަނީ ކެންޔާ އާއި ޕާކިސްތާނަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ.

ކެންޔާގެ ފުލުހުން ބުނަމުން ދިޔައީ އެއީ އައިޑެންޓިޓީ އޮޅުމުގެ މައްސަލައަކުން ހިނގި ކަމެއް ކަމަށެވެ. ނަމަވެސް ޝަރީފްގެ އަންހެނުން ޖަވޭރިއާ ސިއްދީގު ބުނަނީ އެއީ ޕާކިސްތާނުގައި ފަރުދާގެ ފުރަގަހުގައި ހުރި މީހެއްގެ ފަރާތުން ހިންގި ކޮންޓްރެކްޓް މަރެއް ކަމަށެވެ.

ކްރައިމް ސީން އަލުން ބިނާކޮށް މަރުވި މީހާގެ ފޯނާއި ކޮމްޕިއުޓަރުތައް ބެލި ޕާކިސްތާނުގެ ދެ މެމްބަރުންގެ ފެކްޓް ފައިންޑިން ޓީމުން އެކުލަވާލި 600 ސޮފްހާގެ ރިޕޯޓެއްގައި ބުނެފައި ވަނީ ޝަރީފްގެ މަރަކީ ކުރިން ރާވައިގެން ހިންގި މަރެއް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް