ފިލިޕީންސްގެ ދެމަފިރިއަކު ކައިވެނިކޮށްގެން ޗާޗުން ނިކުންނަނީ [ފައިލް: އާރޮން ފެވިލާ/އޭޕީ ފޮޓޯ]

ފިލިޕީންސް

ފިލިޕީންސްގައި ވަރި ކުރުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް ކަނޑައަޅައިފި

ކުރުމުގެ ބިލް ހަނި އަގުލަބިއްޔަތަކުން ފާސްކުރީ 126 ވޯޓުންނެވެ. ދެކޮޅަށް 109 މެންބަރުން ވޯޓު ދެއްވި އިރު 20 މެންބަރަކު އެއްވެސް ކޮޅަކަށް ވޯޓެއް ނުދެއްވާ
6 ޖުލައި 2024

މަދު ހާލަތްތަކެއްގައި ވަރި ކުރުމަކީ ގާނޫނީ ގޮތުން ހުއްދަ ކަމެއްގެ ގޮތުގައި ފިލިޕީންސްގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ. މީގެ މަހެއްހާ ދުވަސް ކުރިން އެ ބިލް ފާސް ކުރީ ބިލް މަޖިލީހަށް ހުށަހަޅައި ތާވަލުކޮށްފައި އޮންނަތާ ހަ އަހަރު ފަހުންނެވެ.

ވަރިކުރުމުގެ ބިލް ހަނި އަގުލަބިއްޔަތަކުން ފާސްކުރީ 126 ވޯޓުންނެވެ. ދެކޮޅަށް 109 މެންބަރުން ވޯޓު ދެއްވި އިރު 20 މެންބަރަކު އެއްވެސް ކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.

ފިލިޕީންސް އަކީ ފައްޅިން ބޭރުގައި ވަރިކުރުން މަނާކުރާ ހަމައެކަނި ގައުމެވެ. އެކަން އެގޮތަށް ދިމާވަނީ ނަސޯރާއިންގެ ނުފޫޒާ ހެދި އެވެ. އަނބިމީހާއަށް ކުރާ އަނިޔާގެ މައްސަލަތަކުގައި ވެސް ކައިވެނިން ނުކުތުމަށް ފިލިޕީންސްއަކީ އުނދަގޫ ތަނެއް ކަމަށް ވަރިއަށް ތާއީދުކުރާ އެކްޓިވިސްޓުން ބުނެ އެވެ.

ކައިވެނި ރޫޅާލަން ބޭނުންވާ މީހުންނަށް މަޖުބޫރުވަނީ މަޑުމަޑުން އަދި ހަރަދުބޮޑު ގާނޫނީ މަރުހަލާ އަކާ ކުރިމަތިލާށެވެ. އޭގެ ތެރޭގައި، ކައިވެނި ބާތިލުކުރުމަށް ނުވަތަ ކައިވެނީގެ ކަންކަން ފަށައިގަތުމަކީ ސައްްހަ ކަމެއް ނޫން ކަމަށް ކަނޑައެޅުމަށް ކޯޓަށް ހުށަހެޅުން ހިމެނެ އެވެ. އެއީ ސާބިތުކޮށްދޭން އުނދަގޫ ކަމެކެވެ. އަދި އެއިން ކޮންމެ ނިންމުމެއް ވެސް ސަރުކާރަށް އިސްތިއުނާފު ކުރެވިދާނެ އެވެ.

އޭއެފްޕީ ނިއުސް އެޖެންސީން ބުނި ގޮތުގައި އެކަމުގެ ސަބަބުން ކޯޓުތަކުން ކުރަން ޖެހޭ ހުކުމްތަކަށް އަވަސް އަދި ފަސޭހައިން ވަދެވޭނެ ކަމުގެ ޔަގީންކަންދޭ ހިޔާނާތުގެ ވައްތަރެއް ވަނީ އުފެދިފަ އެވެ.

މަޖިލީހުން ފާސްކުރި މުތުލަގަށް ވަރީގެ ބިލަކީ އަދިވެސް ވަރަށް ކޮންޒަވޭޓިވް ބިލެކެވެ. އެ ގާނޫނުގެ ދަށުން ވަރިވާން ޖެހޭ މަދު އަދި އެކަށީގެންވާ ސަބަބުތަކެއް ހުންނަން ޖެހޭ ކަމަށާއި އެ ޕެޓިޝަނަކީ އަދަބު ލިބޭ ފަރާތްތަކުގެ ގޯނާ އާއި ބައިވެރިވުން ހުއްޓުވުމަށްޓަކައި ޝަރުއީ ތަހުގީގެއް ކުރަން ޖެހޭނެ ޕެޓިޝަނެކެވެ.

އެ ގާނޫނުގެ އަސާސް އެކުލަވާލި ޑްރާފްޓް ބިލުގެ ޕްރިންސިޕަލް ލިޔުންތެރިޔާ ވިދާޅުވީ އެ ގާނޫނުން އަދި ވެސް ގިނަ ކަންކަން ފުރިހަމަނުކޮށް ވަރި ވުމަކީ މުޅިން ނާދިރު ކަމެކެވެ.

ފިލިޕީންސްގައި ވަރިއާ މައިގަނޑުކޮށް ދެކޮޅުވަނީ ފައްޅީގެ ނުފޫޒާ ހެދި އެވެ. ފިލިޕީންސްގެ އާބާދީގެ ގާތްގަނޑަކަށް %78.8 މީހުންނަކީ ކެތަލިކް މީހުން ކަމަށް އެ ގައުމުގެ އެންމެ ފަހުގެ ބޯހިމެނުމުގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.

ނަމަވެސް ފަހަކަށް އައިސް މިނިވަންކަމަށް ލޯބި ކުރާ، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން އެ ހަރުކަށި ވިސްނުމާ ދެކޮޅަށް ނުކުންނަންވަނީ ފަށައިފަ އެވެ. ވަރިކުރުމާ މެދު އާންމުންގެ ވިސްނުން ބަދަލުވަމުން ދިޔުމާ އެކު އެންމެ ހަރުކަށި ކެތޮލިކް މީހުންގެ ވެސް ގޮތް ދޫކުރަން މަޖުބޫރުވި އެވެ.

 ހާއްސަ ހާލަތްތަކުގައި ވަރި ކުރުމަކީ ގާނޫނުން ހުއްދަ ކަމެއްގެ ގޮތުގައި ފިލިޕީންސްގެ %43 މީހުން 2005 ވަނަ އަހަރު ތާއީދު ކުރި އެވެ. ނަމަވެސް %45 މީހުން އެކަމާ ދެކޮޅުހެދި އެވެ.

އޭގެ ފަހުން 2017 ވަނަ އަހަރު ހެދި ސާވޭއަކުން ދެއްކި ގޮތުގައި %53 މީހުން ވަރި ކުރުން ގާނޫނީ ގޮތުން ހުއްދަ ކުރުމަށް ތާއީދުކުރާ ކަމަށް ބުނެފައިވާ އިރު އެކަމާ ދެކޮޅު ހަދާފައި ވަނީ އެންމެ %32 މީހުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް