މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގް.

މެލޭޝިއާ

ނަޖީބުގެ ޖަލު ހުކުމް ގޭބަންދަށް ބަދަލުކުރާ މައްސަލަ ބޭރުކޮށްލައިފި

3 ޖުލައި 2024

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގުގެ ޖަލު ހުކުމުން ބާކީ އޮތް ބައި ގޭ ބަންދަށް ބަދަލު ކުރުމަށް ހުއްދަ ހޯދުމަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްލައިފި އެވެ.

އޭޕްރީލް މަހުގެ 1 ވަނަ ދުވަހު ނަޖީބު ހުށަހެޅުއްވި ޖުޑީޝަލް ރިވިއު އެޕްލިކޭޝަންގައި ބުނެފައިވަނީ ކުރީގެ ރަސްގެފާނު ނެރުއްވި އެޕެންޑެކްސް އޯޑަރަކީ 1 މިލިއަން ޑޮލަރުގެ 1އެމްޑީބީގެ ހިޔާނާތުގެ ކުށް ސާބިތުވެ، 12 އަހަރުގެ ޖަލު ހުކުމެއް ދެބައިކުޅަ އެއް ބައި ކުރު ކުރުމަށް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މައާފު ބޯޑުން ނިންމި ނިންމުމާ އެކު ނެރުނު އަމުރެއް ކަމަށެވެ.

ނަޖީބު އެދިވަޑައިގަތީ ޝާހީ އަމުރަށް ޖަވާބުދާރީވާން ނުވަތަ އޮތްކަން ކަށަވަރުކޮށްދިނުމަށާއި އެ އަމުރުގެ ބާކީ ބައި ގޭބަންދުގައި ބެހެއްޓުމުގެ ހައްގު ލިބިވަޑައިގަންނަވާނެ ކަމަށާއި، އެ އަމުރު އޮތް ނަމަ އެ އަމުރު ތަންފީޒު ކުރުމަށް ސަރުކާރަށް މަޖުބޫރު ކުރުމަށެވެ.

މިއަދު ކުއަލަ ލަމްޕޫރު ހައި ކޯޓުން މީޑިއާއަށް އާންމުކުރި ހުކުމުގެ ކޮޕީއެއްގައި ވަނީ ނަޖީބުގެ އެޕްލިކޭޝަންގެ ފުރިހަމަ އަޑުއެހުމެއް ބާއްވަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.

މެލޭޝިއާގެ ބޮޑުވަޒީރުގެ ނައިބު އަހްމަދު ޒާހިދު ހާމިދީ އާއި ނަޖީބުގެ ޕާޓީގެ އިސް ބޭފުޅަކު ހުށަހެޅުއްވި ހުވާ ފަނޑިޔާރު އަމަރްޖީތު ސިންގް ސިފަކުރެއްވީ ޝާހީ އަމުރުގެ ކޮޕީއެއް އަޑުއެހުމުގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި އެ ކަމަށް އިޖާބަ ދިނުމަކީ ސަރުކާރުގެ ގާނޫނީ ވާޖިބެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

އެ ނިންމުން އިސްތިއުނާފު ކުރަން ނަޖީބު ގަސްދުކުރެއްވި ކަމަށް އޭނާގެ ގާނޫނީ ވަކީލް މުހައްމަދު ޝަފީ އަބްދުالله ނޫސްވެރިންނަށް ވިދާޅުވި އެވެ.

ނަޖީބުގެ ދައުރު ދެބައިކުޅަ އެއްބަޔަށް ފަސްކުރި މައާފު ބޯޑުގެ ރިޔާސަތު ބެލެހެއްޓެވީ ރަސްގެފާނު އަބްދުالله އަހްމަދު ޝާހެވެ. އޭނާގެ ދައުރު މިދިޔަ ޖެނުއަރީ މަހު ވަނީ ނިމިފަ އެވެ.

ދައުލަތުގެ ފަންޑް، 1އެމްޑީބީގެ ޔުނިޓަކުން ގަވާއިދާ ހިލާފަށް ހިޔާނާތްތެރިވި ފައިސާ ހޯދުމުގެ ކުށުގެ ދައުވާ ނަޖީބުގެ މައްޗަށް ސާބިތުވެފައިވަނީ 2020 ވަނަ އަހަރު ޖިނާއީ އިތުބާރާއި ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ އެވެ. އެ ހުކުމަށް މެލޭޝިއާގެ އެންމެ މަތީ ކޯޓުން ތާއީދުކުރީ 2022 ވަނަ އަހަރު އެވެ. 

މެލޭޝިއާ އާއި އެމެރިކާގެ އިންވެސްޓިގޭޓަރުން ލަފާކުރާ ގޮތުގައި 1އެމްޑީބީއިން 4.5 ބިލިއަން ޑޮލަރު ވަގަށް ނަގާފައިވާއިރު ނަޖީބާ ގުޅުން ހުރި އެކައުންޓްތަކަށް އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ވަނީ ޖަމާކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް