ސައުދީ އަރަބިއްޔާގެ ރިޔާޒުގައި 2022 ވަނަ އަހަރު ބޭއްވި އިންވެސްޓްމަންޓް އިނީޝިއޭޓިވް ކޮންފަރެންސްގެ ދެވަނަ ދުވަހު ޕަބްލިކް އިންވެސްޓްމަންޓް ފަންޑު ބޫތަށް ބައިވެރިން ޒިޔާރަތްކުރަނީ

ސައުދީ ސޮވެރިން ވެލްތު ފަންޑުގެ މިދިޔަ އަހަރުގެ ފައިދާ 36.8 ބިލިއަން ޑޮލަރަށް އަރައިފި

"ވިޝަން 2030"ގެ ނަމުގައި އެކުލަވާލާފައިވާ މި ޕްލޭންގެ ދަށުން ސައުދީ އަރަބިއްޔާއިން ވަނީ ރަތް ކަނޑުގެ އައްސޭރިފަށުގައި ބެލްޖިއަމް ސައިޒުގެ ބޮޑު އާބަން އަދި އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް މަޝްރޫއުއެއް ތައާރަފުކޮށްފައި
2 ޖުލައި 2024

ކުރީ އަހަރު 15.6 ބިލިއަން ޑޮލަރުގެ ގެއްލުމަކާ ކުރިމަތިލުމަށް ފަހު، ސައުދީ އަރަބިއްޔާގެ ސޮވެރިން ވެލްތު ފަންޑް، ޕީއައިއެފް އަށް މިދިޔަ 2023 ވަނަ އަހަރު 36.81 ބިލިއަން ޑޮލަރުގެ ފައިދާއެއް ލިބިފައިވާ ކަމަށް އެ ފަންޑުން ބުނެފި އެވެ.

ޕަބްލިކް އިންވެސްޓްމަންޓް ފަންޑުގެ 2022 ވަނަ އަހަރުގެ ޖުމްލަ އާމްދަނީ އަކީ 44 ބިލިއަން ޑޮލަރެވެ. އެ އަދަދު ދެ ގުނަވެ، މިދިޔަ އަހަރު އެ ފަންޑަށް ލިބުނު އާމްދަނީ ވަނީ 88.3 ބިލިއަން ޑޮލަރު ހުރަސްކޮށްފަ އެވެ.

ފަންޑްގެ އާމްދަނީ އިތުރުވެފައިވަނީ އިންވެސްޓްމަންޓްތައް އިތުރުވުމާ އަދި އިންވެސްޓްމަންޓްތައް ނޫން ދާއިރާތަކުގެ ހަރަކާތްތައް ރަނގަޅުވުމާ ގުޅިގެންނެވެ. އޭގެ ތެރޭގައި، ބޭންކިން، ޓެލެކޮމިއުނިކޭޝަން އަދި ގޭމިން ފަދަ ދާއިރާތަކުގެ ހަރަކާތްތައް ރަނގަޅުވުން ހިމެނެ އެވެ. އަދި ހިއްސާގެ ފައިދާ އިތުރުވުން ފަދަ ސަބަބުތައް ހިމެނެ އެވެ.

ގާތްގަނޑަކަށް 925 ބިލިއަން ޑޮލަރުގެ ހަރުމުދާ މެނޭޖްކުރަމުން އަންނަ ޕީއައިއެފަކީ ސައުދީ އެރިބިއާގެ އިގްތިސާދު ތެލުން ސަލާމަތްވުމަށް ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އުފައްދަވާފައިވާ ފަންޑެކެވެ.

"ވިޝަން 2030"ގެ ނަމުގައި އެކުލަވާލާފައިވާ މި ޕްލޭންގެ ދަށުން ސައުދީ އަރަބިއްޔާއިން ވަނީ ރަތް ކަނޑުގެ އައްސޭރިފަށުގައި ބެލްޖިއަމް ސައިޒުގެ ބޮޑު އާބަން އަދި އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް މަޝްރޫއުއެއް ކަމަށްވާ އެންއީއޯއެމް ފަދަ މަޝްރޫއުތަކަށް ޕީއައިއެފް މެދުވެރިކޮށް އެތައް ސަތޭކަ ބިލިއަން ޑޮލަރެއް އޮއްސާލައިފަ އެވެ.

ޑޭޓް ފާމްތަކުން ފެށިގެން މަލްޓި ނޭޝަނަލް ކޮންގްލޯމަރޭޓްސްއާ ހަމައަށް އިންވެސްޓްމަންޓްތަކުގެ ޕޯޓްފޯލިއޯއެއް އެކުލެވިގެންވާ މި އިންވެސްޓްމަންޓަށް ބޭނުންވާ ފައިސާގެ ވަސީލަތްތައް ލިބެނީ އިންވެސްޓްމަންޓްތަކުން ލިބޭ ފައިދާގެ ތެރެއިންނާއި ސަރުކާރުން ފަންޑަށް ދޫކުރާ ފައިސާ އިންނާއި ބަދަލުކުރާ ސަރުކާރުގެ އެސެޓްތަކާއި ލޯނާއި ދަރަނި ފަދަ ވަސީލަތްތަކުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް