ގާޒާގެ އުތުރުގައި ފުނޑުފުނޑުވެފައިވާ ގެ ކައިރީގައި ފަލަސްތީނު އާއިލާއަކުން ނާސްތާ ކުރަނީ.

ގާޒާ ހަނގުރާމަ

ގާޒާ ހަނގުރާމަ ހުއްޓާލާ ޑީލުގެ ބަސްމަގު ބަދަލުކުރުމަށް އެމެރިކާއިން ހުށައަޅައިފި

ބަސްމަގު ބަދަލުކުރަނީ ހަމަލާތައް ހުއްޓާލާ ފުރަތަމަ މަރުހަލާއަށް ފަހު ދެން ހަމަލާތައް ހުއްޓާލާނެ ގޮތަކާ ބެހޭ ގޮތުން

މިދިޔަ މަހުގެ ފަހުކޮޅު އެމެރިކާގެ ރައީސް ޖޯ ބައިޑަން ހާމަކުރެއްވި ގާޒާ ހަނގުރާމަ ހުއްޓާލާ ޑީލުގެ ބަސްމަގު ބަދަލުކުރުމަށް އެމެރިކާއިން ހުށައަޅާފައިވާ ކަމަށް ކަމާ ބެހޭ މައުލޫމާތު ލިބިފައިވާ ތިން ފަރާތަކުން ބުނެފި އެވެ.

އެމެރިކާއިން ގަތަރާއި މިސްރުގެ މަޝްވަރާއާ އެކު ބަދަލުކުރަން ހުށައަޅާފައި ވަނީ ހަމަލާތައް ހުއްޓާލާ ޑީލުގެ އަށް ވަނަ ނުކުތާއަށް ކަމަށް ވެ އެވެ.

މި ޑީލުގެ އަށް ވަނަ ނުކުތާ ގުޅެނީ ހަމަލާތައް ހުއްޓާލާފައި އޮންނަ ފުރަތަމަ މަރުހަލާގައި  ދެވަނަ މަރުހަލާއެއް ކަށަވަރު ކުރުމަށް އިޒްރޭލާއި ހަމާސްއާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާތަކަށެވެ.

"ޑީލަކާ ހަމައަށް ދާނެ ފޯމިއުލާއެއް ހޯދުމަށް އެމެރިކާއިން އަންނަނީ ވަރަށް ބުރަކޮށް މަސައްކަތް ކުރަމުން،" މައުލޫމާތު ހުރި އެކަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެމެރިކާއިން ހުށައަޅާ އާ ބަސްމަގާ އެކު ހަމާސްއިން މި ޑީލަށް އެއްބަސްވެއްޖެ ނަމަ ޑީލު ކަށަވަރު ކުރެވޭނެ އެވެ.

އިޒްރޭލުން ހުށައެޅި އަދި އެމެރިކާގެ ރައީސް ބައިޑަން ހާމަކުރެއްވި ޑީލުގެ މަޝްވަރާތައް  މަޑުޖެހިފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ އެވެ.

ހަމާސްއާ އެކު އެއްބަސްވުމަކަށް އާދެވުނުު ނަމަވެސް ދާއިމީ ގޮތުން ހަމަލާތައް ހުއްޓާލާފައި އޮތުމާ މެދު އިޒްރޭލުގެ މަތީ ފަޑީގެ އޮފިޝަލުން ގެންދަވަނީ ތަފާތު އެކި މެސެޖުތައް ދެއްވަމުންނެވެ. ނަމަވެސް ޑީލަކަށް އެއްބަސްވުމުގެ ކުރިން ހަމަލާތައް ހުއްޓާލާނެކަމުގެ ޔަގީންކަން ބޭނުންވާކަމަށް ހަމާސް އިން ތަކުރާރުކޮށް ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް