ރަފަހްގެ ހަމަލާތަކުން ރައްކާތެރިވުމަށް ފަލަސްތީނުގެ ގިނަ ރައްޔިތުން ވަނީ ކައިރީގައި އޮންނަ ހާން ޔޫނިސް އަށް ގޮސްފައި.

ގާޒާ ހަނގުރާމަ

ރަފަހްގެ އޮޕަރޭޝަން ނިމުމަކާ ގާތަށް އައިސްފައިވާ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ

ހަމާސްގެ ބާރު އެކީ ކަނޑުވާ ނުލެވެނީސް ހަނގުރާމަ ނުނިމޭނެ ކަމަށް ނަތަންޔާހޫ ވިދާޅުވި

ގާޒާގެ ދެކުނުގައި އޮންނަ ރަފަހްގައި ބަދަލުކުރަމުންދާ "ވަރުގަދަ" ހަމަލާތައް ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިސްފައިވާ ކަމަށާއި ނަމަވެސް މީގެ މާނައަކީ ހަނގުރާމަ ނިމުމަކަށް އައުމާ ގާތްވުމެއް ނޫން ކަމަށް އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެެއްޖެ އެވެ.

އޭނާ ވިދާޅުވީ ހަމާސް އަށް ލިބިފައި އޮތް ބާރު ނައްތާލެވެންދެން ހަނގުރާމަ ކުރިއަށް ދާނެ ކަމަށެވެ.

އަދި ހިޒްބުﷲއާ އެކު ހަމަލާތައް ބަދަލުކުރުން އިތުރުވެފައިވާ ބޯޑަރު ކައިރިއަށް އިތުރު ސިފައިން ފޮނުވުމުގެ ފުރުސަތު އިޒްރޭލަށް ވަރަށް އަވަހަށް ލިބޭނެ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.

މީގެ އިތުރުން ނަތަންޔާހޫ ވަނީ، ހުޅަނގު އައްސޭރީގައި ގާއިމުކޮށްފައި އޮތް ފަލަސްތީނު ސަރުކާރުން ގާޒާ ހިންގުމުގެ ވިސްނުމާ އަނެއްކާވެސް ދެކޮޅު ހައްދަވާފަ އެވެ. މީގެ ބަދަލުގައި އިޒްރޭލު ސިފައިން ގާޒާއިން ހުރިހާ އަސްކަރީ ކަންތައްތަކެއް ނައްތާލާ، ކައިރީގައިވާ އަވަށްޓެރި ގައުމުތަކުގެ އެހީގައި ގާޒާގައި އާންމުންގެ ސަރުކާރެއް ގާއިމް ކުރުމަކީ ކުރިއަށް ދާން އެންމެ ރަނގަޅު ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

"އަހަރެން ބުނެފާނަން އަހަރެން ކުރަން ތައްޔާރުވެފައި ނެތް ކަންތައް. އެތަނުގައި ފަލަސްތީން ދައުލަތެއް ގާއިމް ކުރާކަށް އަހަރެން ތައްޔާރެއް ނޫން. ފަލަސްތީން އޮތޯރިޓީއަށް އެތަން ހަވާލުކުރާކަށް އަހަރެން ތައްޔާރެއް ނޫން. އެކަން ކުރާކަށް އަހަރެން ތައްޔާރެއް ނޫން." 

ރަފަހްގައި ހަމަލާތައް ބަދަލުކުރަމުން ދާކަން ފަލަސްތީން މީހުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. އަދި ގާޒާ ސިޓީއަށް އިޒްރޭލުން ދިން ވައިގެ ހަމަލާތަކެއްގައި، ހަމާސް އިން ހިންގަމުން އަންނަ ހެލްތު މިނިސްޓްރީގެ އިމަޖެންސީ ހިދުމަތްތަކާ ބެހޭ ޑިރެކްޓަރު ޝަހީދުކޮށްލާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ. 

މީގެ އިތުރުން، ހަމާސް އިން ބޭނުން ކުރަމުން ދިޔަ ކަމަށް އިޒްރޭލުން ތުހުމަތު ކުރާ އެހީ ފޯރުކޮށްދޭ ސެންޓަރަކަށް ވެސް ހަމަލާ ދީފައިވެ އެވެ.

ހަނގުރާމައާ ބެހޭ ގޮތުން ނަތަންޔާހޫ ދެއްކެވި ވާހަކަތަކާ ގުޅޭ (ވީޑިއޯ/އަލް ޖަޒީރާ އިންގްލިޝް)

އިޒްރޭލުގެ ހަމަލާތަކުގައި މިހާތަނަށް 37،551 އަށް ވުރެ ގިނަ ފަލަސްތީން ރައްޔިތުން ޝަހީދުކޮށްލާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް