2023 ގެ އޮކްޓޯބަރު 26 ގައި ޗައިނާގެ ދިރާސާ ކުރީ ބޯޓު ޝީ ޔަން 6 ކޮލޮމްބޯގެ ހާބަރުގައި ބަނދަރުކޮށްފައި.

އިންޑިއާ

ރާއްޖެއާ ގާތުގައި އޮންނަ ކަނޑު އަޑީގެ ފަރުބަދައަކުން، ޗައިނާއަށް ވުރެ ކުރިން ކޯބޯލްޓް ހޯދުމަށް އިންޑިއާއިން އަވަސްވެގެންފި

ކަނޑު އަޑީގައިވާ ކޯބޯލްޓް މުއްސަނދި ފަރުބަދަ އޮތީ ދިވެހިރާއްޖެއާ 680 މޭލު އަދި ލަންކާއާ 650 މޭލު ދުރުގައި

އިންޑިއާ ކަނޑުގެ އަޑީގައި އޮތް ކޯބޯލްޓް މުއްސަނދި ފަރުބަދައެއް ދިރާސާ ކުރުމުގެ ހައްގު ހޯދުމަށް އިންޑިއާއިން އަވަސްވެގަނެފި އެވެ.

ނިއު ދިއްލީން މިކަމާ އަވަސް އަރުވާލާފައިވާ އިރު ޖެމެއިކާގައި ހުންނަ އިންޓަނޭޝަނަލް ސީބެޑް އޮތޯރިޓީ (އައިއެސްއޭ) އަށް މިކަމުގެ ހުއްދައަށް އެދި ސްރީ ލަންކާއިން ވެސް ވަނީ ހުށައަޅައިފަ އެވެ.

ނިއު ދިއްލީއިން އަވަސް އަރުވާލާފައި މިކަމާ މި އުޅެގަތީ، މިހާރު ވެސް ދުނިޔޭގެ  ކޯބޯލްޓް ސަޕްލައި ކޮންޓްރޯލް ކުރަމުން އަންނަ ޗައިނާއިން އިންޑިއާ ކަނޑުގެ ސަރަހައްދުގަައި ނުފޫޒު ވަރުގަދަ ކުރަމުން އަންނަ ދުވަސްވަރަކަށް ވުމުން ކަމަށް އަލް ޖަޒީރާއަށް އިންޑިއާ އޮފިޝަލުން ވިދާޅުވި އެވެ.

ކޯބޯލްޓް އަކީ އިލެކްޓްރިކް ވެހިކަލްތަކާއި ބެޓެރީތައް އުފެއްދުމަށާއި، ތިމާވެށި ހިމާޔަތް ކުރުމުގެ މަސައްކަތްތަކަށް ވެސް ވަރަށް މުހިންމު ކެމިކަލް އެލެމެންޓެކެވެ.

އިންޑިއާގެ ކަނޑުގެ މެދުތެރޭ ދިވެހިރާއްޖެއާ 680 މޭލު އިރުން ކަނޑު އަޑީގައިވާ  އަފަނަސީ ނިކިޓިން ސީމައުންޓް ދިރާސާ ކުރުމުގެ ހުއްދައަށް އިންޑިއާއިން އައިއެސްއޭގައި އެދިފައި ވަނީ މިދިޔަ ޖެނުއަރީ މަހު އެވެ. މި އިދާރާއަކީ ކަނޑުގެ ސީބެޑުން އިގްތިސާދީ ހަރަކާތްތައް ހިންގަން އދ.ގެ ގަރާރެއްގެ ދަށުން 1994ގައި އެކުލަވާލި އިދާރާއެކެވެ.

ގާތްގަނޑަކަށް 1،158 އަކަ މޭލުގެ ސަރަހައްދެއްގައި 15 އަހަރު ދުވަހަގެ މުއްދަތަށް ޖިއޯފިސިކަލް، ޖިއޮލޮޖިކަލް، ބައޮލޮޖިކަލް، އޯޝަނޮގްރެފިކް އަދި އެންވައިރަމެންޓަލް ދިރާސާތައް ހިންގުމަށް އައިއެސްއޭއަށް އިންޑިއާއިން ހުށައަޅާފައި ވަނީ 500،000 ޑޮލަރުގެ ފީއެއް ވެސް ދެއްކުމަށް ފަހު އެވެ.

ނަމަވެސް އިންޑިއާގެ އެޕްލިކޭޝަން ދިރާސާކުރަމުން ދިޔަ އިރު އަފަނަސީ ނިކިޓިން  ސީމައުންޓް އޮންނަ ސަރަހައްދުގެ މިލްކުވެރިކަމާ މެދު އެހެން ގައުމަކުން މައްސަލައެއް ހުށައަޅާފައިވާކަން ފާހަގަކުރެވުނު ކަމަށް އައިއެސްއޭއިން އަލް  ޖަޒީރާއަށް ފޮނުވި ނޯޓެއްގައިވެ އެވެ. މި ނޯޓުގައި އެއީ ކޮން ގައުމެއް ކަން ބުނެފައި ނުވި ނަމަވެސް އެއީ ސްރީ ލަންކާ ކަމަށް މާހިރުން ދެކެ އެވެ. ގައުމެއްގެ ކޮންޓިނެންޓަލް ޝެލްފް ކަމަށް ބަލަނީ ކަނޑުގެ އަޑިން އެ ގައުމެއް ފެތުރިފައި އޮންނަ ދުރުމިނެއްގެ މައްޗަށެވެ.

އަފަނަސީ ނިކިޓިކް ސީމައުންޓް

އައިއެސްއޭ އިން އަލްޖަޒީރާއާ ހިއްސާކުރި ނޯޓުގައި މި ސީބެޑްގެ މިލްކުވެރިކަމާ މެދު ހުށައަޅާފައިވާ ދައުވާއަށް ޖަވާބު ދާރީވުމަށް ނިއު ދިއްލީއަށް އެންގިކަމަށް ބުނެފައިވެ އެވެ. ނަމަވެސް މި މައްސަލަ ބަލަމުން އަންނަ އައިއެސްއޭގެ ލީގަލް އެންޑް ޓެކްނިކަލް ކޮމިޝަންގެ 29 ވަނަ ސެޝަންގެ ކުރިން ޖަވާބުދާރީ ނުވެވޭނެ ކަމަށް ނިއު ދިއްލީއިން އިން ވަނީ 12 މާޗްގައި ވަނީއަންގައިފަ އެވެ. 

މިއާ އެކު ނިއު ދިއްލީއިން ޖަވާބެއް ދެން ދެކަށް އިންޑިއާގެ އެޕްލިކޭޝަން މަޑުޖައްސާލާފައިވާ ކަމަށް އައިއެސްއޭގެ ނޯޓުގައިވެ އެވެ. 

ސްރީލަންކާގެ ދައުވާ

އާންމުކޮށް ގައުމެއްގެ ކޮންޓިނެންޓަލް ޝެލްފް ކަމަށް ބަލަނީ އެ ގައުމެއްގެ އައްސޭރިފަށުން 200 ނޯޓިކަލް މޭލު ބޭރަށް އޮންނަ ސަރަހައްދަށެވެ. މި ސަރަހައްދަކީ ހަމަ އެކަނި އެ ގައުމަކަށް އިގްތިސާދީ ބޭނުންތަކަށް ބޭނުން ކުރެވޭ ސަރަހައްދެވެ. ނަމަވެސް އެހެން ގައުމުތަކުގެ ބޯޓުތަކަށް އުނދަގުލެއް ނެތި މި ސަރަހައްދުގެ ތެރެއިން ދަތުރު ކުރެވޭނެ އެވެ.

ނަމަވެސް އައްސޭރި ފަށެއް އޮންނަ ގައުމެއް ކަމަށް ވެއްޖެ ނަމަ، 200 ނޯޓިކަލް މޭލަށް ވުރެ ބޮޑު ކޮންޓިނެންޓަލް ޝެލްފެއް އޮންނަ ކަމަށް ބުނެ އދ.ގެ ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ދައުވާ ހުށައެޅިދާނެ އެވެ. 

ސްރީ ލަންކާއިން ވަނީ 2009 ވަނަ އަހަރު މިފަދަ ދައުވާއެއް ހުށައަޅައިފަ އެވެ. ސްރީ ލަންކާގެ މި ހުށައެޅުމާ މެދު ސީއެލްސީއެސް އިން އަދި ވަކި ގޮތެއް ނިންމާފައި ނުވާ އިރު ކޯބޯލްޓް ފަރުބަދަ އޮންނަނީ ސްރީ ލަންކާއިން މިލްކުވެރިކަމަށް ދައުވާ ކޮށްފައިވާ ސަރަހައްދުގެ ތެރޭގަ އެވެ.

ސީއެލްސީއެސް އިން ވަނީ މީގެ ކުރިން ޕާކިސްތާން، ނޯވޭ އަދި އޮސްޓްރޭލިއާ ފަދަ ގައުމުތަކުގެ މިފަދަ ދައުވާތައް ބަލައިގަނެ އެ ގައުމުތަކުގެ ކޮންޓިނެންޓަލް ޝެލްފް ސަރަހައްދުތައް ބޮޑުކޮށްދީފަ އެވެ. 

ސްރީ ލަންކާގެ 2009 ވަނަ އަހަރުގެ އެޕްލިކޭޝަނާ މެދު މައްސަލައެއް ނެތް ކަމަށް އިންޑިއާއިން ވަނީ 2010 ވަނަ އަހަރު ސީއެލްސީއެސް އަށް އަންގާފަ އެވެ. ނަމަވެސް 2022ގައި އިންޑިއާ އިން ވަނީ މި ވިސްނުން ބަދަލުކޮށް ސްރީ ލަންކާގެ ކޮންޓިނެންޓަލް ޝެލްފް ބޮޑުކޮށްފި ނަމަ އިންޑިއާގެ މަސްލަހަތުތަކަށް ގެއްލުންވާނެ ކަމަށް ސީއެލްސީއެސް އަށް އަންގައިފަ އެވެ. އަދި ސްރީ ލަންކާގެ މި ހުށައެޅުން ބަލައި ނުގަތުމަށާއި އެކަމަށް ހުއްދަ ނުދިނުމަށް ވެސް އިންޑިއާއިން އެދިފައިވެ އެވެ.

ޗައިނާގެ ނުފޫޒު

ނަމަވެސް ނިއު ދިއްލީއަށް އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ސްރީ ލަންކާއެއް ނޫން ކަމަށް ބައެއް އެނަލިސްޓުން ވިދާޅުވެ އެވެ. ކަނޑުގެ ގާނޫނުތަކާ ބެހޭ ސީނިއާ މާހިރެއް ވިދާޅުވި ގޮތުގައި، އިންޑިއާ އިން މިހާ ބާރުލާފައި މިކަމުގެ ތެރެއަށް ފުންމާލާފައި މިވަނީ ކަނޑުގެ މި ސަރަހައްދަށް ޗައިނާއިން އަތް ގަދަ ކޮށްފާނެ ކަމުގެ ބިރު އޮތީމަ އެވެ.

"އިންޑިއާއިން އެދިފައި އޮތީ ވަގުތުން ދިރާސާ ކުރަން ފައްޓާކަށް ނޫން. ޗައިނާއިން މިކަމުގެ ތެރެއަށް ވަނުމުގެ ކުރިން އެ ސަރަހައްދުގައި އޮޕަރޭޓު ކުރުމުގެ ހުއްދަ ގާއިމް ކުރުމަށް،" ކަނޑުތަކާ ބެހޭ ގާނޫނުގެ މާހިރެއް ކަމުގައިވާ އަދި މިހާރު އިންޑިއާގެ ޖޫޑިޝަރީގައި މަސައްކަތް ކުރައްވާ ބޭފުޅަކު ނަން ނުޖެހުމަށް އެދި ވިދާޅުވި އެވެ.

އައިއެސްއޭ އިން ބުނާގޮތުގައި، އިންޑިއާ ކަނޑުގެ އެކި ސަރަހައްދުތައް ދިރާސާ ކުރުމަށް މިހާރު ހުއްދަ ދީފައިވާ ގައުމުތަކަކީ ޗައިނާ، ޖަރުމަނު އަދި ސައުުތު ކޮރެއާ އެވެ.

މިކަން މުހިންމު ވަނީ ކީއްވެ؟

އިންޑިއާ އިން އަވަސްވެގަނެފައިވާ މައިގަނޑު ސަބަބަކީ ޗައިނާ ކަމަށް، ތްރިވަނަންތަޕޫރަމްގެ ނެޝަނަލް ސެންޓަ ފޮ އާތު ސައިންސްގެ ރިޓަޔާ ކުރައްވާފައިވާ ސައިންސްވެރިޔާ ކޭވީ ތޯމަސް ވެސް ދެކެލައްވަ އެވެ.

ތޯމަސް ވިދާޅުވި ގޮތުގައި ފުން ކަނޑުގެ ތަހްލީލުތައް ހިންގަން އިންޑިއާއަށް ލިބިފައިވާ ގާބިލުކަން އަދި އޮތީ ވަރަށް ޅަފަތުގަ އެވެ. ނަމަވެސް މިފަދަ ކަންކަން ކުރަން ބޭނުންވާކަން އިންޑިއާއިން އަންނަނީ ފާއިތުވެ ދިޔަ މަދު އަހަރުތަކުގައި ދައްކަމުން ނެވެ.

އެގޮތުން އެންމެ ފުންކަނޑުގެ ވަސީލަތްތައް ދެނެގަނެ ދިރާސާ ކުރުމަށް 500 މިލިއަން ޑޮލަރުގެ ބަޖެޓެއް ހަމަޖައްސައި، ފަސް އަހަރުގެ މިޝަންއެއް އިންޑިއާއިން ވަނީ 2021ގައި ގާއިމުކޮށްފަ އެވެ. އަދި 'ޑީޕް އޯޝަން މިޝަން'ގެ ނަންދީފައިވާ މި މަސައްކަތަށް މީހުންނާ އެކު އެންމެ ފުން ކަނޑަށް ފޭބޭނެ އުޅަނދެއް ތަރައްގީ ކުރަމުން އަންނަ ކަމަށް އިންޑިއާ ސަރުކާރުން މިދިޔަ އަހަރު ބުނެފައިވެ އެވެ.

އިންޓަނޭޝަނަލް ރިނިއުއަބަލް އެނާޖީ އެޖެންސީގެ ތަފާސްހިސާބުތައް ދައްކާގޮތުން ދުނިޔޭގެ ކޯބޯލްޓް ސަޕްލައިގެ %70 އަދި ލިތިއަމް އާއި މެންގަނީސްގެ %60 ކޮންޓްރޯލު ކުރަމުން އަންނަނީ ޗައިނާއިން ނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް