ކޮންގްރެސް ޕާޓީގެ ލީޑަރު މަލިކާރްޖުން ހަރްގޭ

އިންޑިއާ

އެންޑީއޭ ސަރުކާރު ގާއިމު ކުރެވުނީ އޮޅަމަކުން، ކޮންމެ ވަގުތަކު ވެސް ވެއްޓިދާނެ: ކޮންގްރެސް

"އެންޑީއޭގެ ސަރުކާރެއް އުފެދުނީ އޮޅުމަކުން. މޯދީޖީގެ މެންޑޭޓެއް ނެތް. އެއީ މައިނޯރިޓީ ސަރުކާރެއް. މި ސަރުކާރު ކޮންމެ ވަގުތަކު ވެސް ވެއްޓިދާނެ،" ބެންގަލޫރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަރްގޭ ވިދާޅުވި އެވެ.
15 ޖޫން 2024

އިންޑިއާގެ ބޮޑުވަޒީރު ނެރެންދުރަ މޯދީ އިސްވެ ހުންނަވައިގެން ވެރިކަން ކުރާ ކޯލިޝަން، ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)ގެ ސަރުކާރެއް ގާއިމު ކުރެވުނީ އޮޅުމަކުން ކަމަށާއި ކޮންމެ ވަގުތެއްގައި ވެސް އެ ސަރުކާރު ވެއްޓިދާނެ ކަމަށް އިންޑިއާގެ އިދިކޮޅު މައި ޕާޓީ، ކޮންގްރެސް ޕާޓީގެ ވެރިޔާ މަލިކާރްޖުން ހަރްގޭ މިއަދު ވިދާޅުވެއްޖެ އެވެ.

ހަރްގޭ މިހެން ވިދާޅުވެފައި މިވަނީ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ)ގެ ކޯލިޝަން ދެމެހެއްޓުމަށް ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށް އަޑުފެތުރިފައި ވަނިކޮށެވެ.

"އެންޑީއޭގެ ސަރުކާރެއް އުފެދުނީ އޮޅުމަކުން. މޯދީޖީގެ މެންޑޭޓެއް ނެތް. އެއީ މައިނޯރިޓީ ސަރުކާރެއް. މި ސަރުކާރު ކޮންމެ ވަގުތަކު ވެސް ވެއްޓިދާނެ،" ބެންގަލޫރުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހަރްގޭ ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެދެނީ ސަރުކާރު ކުރިއަށް ދިއުން، ގައުމު ހަރުދަނާ ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންވީ،" އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ ރައްޔިތުންގެ މަޖިލީހުގެ ތިރިގެ، ލޯކް ސަބާގެ 543 ގޮނޑީގެ ތެރެއިން 293 ގޮނޑި އެންޑީއޭ އިން ކާމިޔާބު ކުރި އެވެ.

އެންމެ ފަހުގެ އިންތިހާބުގައި ފަށޭހަކަމާ އެކު ސަރުކާރެއް ހިންގާލުމަށް ބޭނުންވާ އަގުލަބިއްްޔަތު ބީޖޭޕީން ހޯދި އެވެ. އެހެން ނަމަވެސް މި ފަހަރުގެ އިންތިހާބުގައި އެ ޕާޓީއަށް ލިބިފައިވަނީ 240 ގޮނޑި އެވެ. އެއީ ސަރުކާރެއް އެކުލަވާލުމަށް ސާފު އަގުލަބިއްޔަތަކަށް މަދުވެގެން ބޭނުންވާ 272 ގޮނޑި ހަމަކުރުމަށް 32 ގޮނޑި މަދު އަދަދެކެވެ.

ބީޖޭޕީއަށް ރެކޯޑް ތިން ވަނަ ދައުރަކަށް ސަރުކާރެއް އުފެއްދުމަށް އެހީތެރިވެދިނީ ހަތަރު ބައިވެރިއެކެވެ. އެއީ 16 ގޮނޑި ކާމިޔާބުކޮށްފައިވާ އެން ޗަންދުރަބާބޫ ނައިޑޫގެ ޓީޑީޕީ އާއި ނިތީޝް ކުމާރުގެ ޖޭޑީޔޫ (12 ގޮނޑި) އާއި އެކަނަތު ޝިންޑޭގެ ޝިވް ސޭނާ (7 ގޮނޑި) އަދި ޗިރާގް ޕާސްވާންގެ ލޯކް ޖަންޝަކްތީ ޕާޓީ-ރާމް ވިލާސް (5 ގޮނޑި) އެވެ.

ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރަށް ހަރްގޭ ދެއްކެވި ވާހަކަތަކަށް އެންޑީއޭގެ ލީޑަރުންގެ ފަރާތުން ވަނީ އަވަސް ރައްދެއްދީފަ އެވެ. ޖަނަތާ ދަލް (ޔުނައިޓެޑް)ގެ ލީޑަރު ވަނީ ކޮންގްރެސް އިން ކޯލިޝަން ސަރުކާރުތައް އެކުލަވާލި އިރު ބޮޑުވަޒީރުންގެ ސްކޯކާޑުތައް ހޯދުމަށް ހަރްގޭގެ އަރިހުން އެދިވަޑައިގެންފަ އެވެ.

މީގެ 33 އަހަރު ކުރިން، 1991 ވަނަ އަހަރުގެ ލޯކް ސަބާ އިންތިހާބުގައި ވެސް ބީޖޭޕީން 2024 ވަނަ އަހަރު ގޮނޑި ހޯދި އަދަދަށް ކޮންގްރެސް އިން ވަނީ ގޮނޑި ކާމިޔާބުކޮށްފަ އެވެ. ސާފު އަގުލަބިއްޔަތެއް ނެތި ކޮންގްރެސް އިން ވަނީ ޕީވީ ނަރަސިމްހާ ރާއޯގެ ވެރިކަމުގައި މައިނޯރިޓީ ސަރުކާރެއް އުފައްދައިފަ އެވެ. އެއަށް ފަހު ރާއޯ ވަނީ ކުދި ޕާޓީތައް ބައިބައިކޮށް، ދެ އަހަރު ދުވަހުގެ ތެރޭގައި މެޖޯރިޓީ ޕާޓީއަކަށް ބަދަލުކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް