އަޔާދިޔާ ފައްޅި

މޯދީ ބޮޑު ރާމް ފައްޅި ހުޅުވި އަޔޯދިޔާ ވެސް ބީޖޭޕީއަށް ގެއްލިއްޖެ

5 ޖޫން 2024

 އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މީގެ މަސްތަކެެއް ކުރިން ހިންދޫންގެ ބޮޑު ބިނާއެއް އިފްތިތާހު ކޮށްދެއްވުމަކީ އެމަނިކުފާނުގެ ލެގަސީ އާއި އެ ޕާޓީއަށް އިންތިހާބު ކާމިޔާބު ކޮށްދޭނެ ހަރަކާތެއްގެ ގޮތުގައި ބެލެވުނު އަޔޯދިޔާ ދާއިރާ، އަންގާރަ ދުވަހުގެ ނަތީޖާއިން ވެރިކަން ކުރާ ބާރަތިޔާ ޖަނަތާ ޕާޓީއަށް ގެއްލިއްޖެ އެވެ.

އުތުރުގެ ސްޓޭޓެއް ކަމަށްވާ އުއްތަރަ ޕްރަދޭޝްގައި ބީޖޭޕީއަށް ވަނީ ބޮޑު ނާކާމިޔާބަކާ ކުރިމަތިވެފަ އެވެ. އެ ސްޓޭޓްގެ 80 ގޮނޑީގެ ތެރެއިން މެޖޯރިޓީ ނެގީ އިދިކޮޅު ސަމަޖުވާދީ ޕާޓީ އާއި ކޮންގްރެސް ޕާޓީންނެވެ. އޭގެ ތެރޭގައި މޯދީ މިދިޔަ ޖެނުއަރީ މަހު ހިންދޫންގެ ބޮޑު ފައްޅިއެއް ހުޅުއްވައި ދެއްވި ފާއިޒާބާދު ދާއިރާގެ އަޔޯދިޔާ ސިޓީ ވެސް ހިމެނެ އެވެ.

އިންޑިއާގެ މައިނޯރިޓީ މުސްލިމުންގެ އަޔޯދިޔާ މިސްކިތް މީގެ 30 އަހަރު ކުރިން ތަޅާލައި ބިމާ ހަމަ ކުރުމަށް ފަހު، އެ ތަނުގައި ފައްޅިއެއްް ބިނާ ކުރުމަކީ ބީޖޭޕީގެ ވައުދެކެވެ. އަދި ދެ މަހަށް ދެމިގެން ދިޔަ ކެމްޕޭންގެ ކޮންމެ ހަރަކާތެއްގައި އެ ފައްޅީގެ ކާމިޔާބީގެ ވާހަކަ ދިޔައީ ބީޖޭޕީން ދައްކަމުންނެވެ.

އެ ދާއިރާގެ ބީޖޭޕީގެ މިހާރުގެ މެންބަރު ލައްލު ސިންގް ވިދާޅުވީ އެ ދާއިރާ ބީޖޭޕީއަށް ގެއްލުނީ އޭނާގެ ހުރި ނުކުޅެދުމަކުން ކަމަށެވެ. 

"އަޔޯދިޔާ ދާއިރާ އަޅުގަނޑުމެންނަށް ކާމިޔާބު ނުކުރެވުނީ ކޮންމެވެސް އެހެން ސަބަބަކާ ހުރެ،" އޭނާ ވިދާޅުވި އެވެ.

އިންޑިއާގެ އެންމެ އާބާދީ ބޮޑު ސްޓޭޓް ކަމަށްވާ އުއްތަރަ ޕްރަދޭޝްގެ 80 ގޮނޑީގެ ތެރެއިން 2014 ވަނަ އަހަރުގެ އިންތިހާބުގައި 71 ގޮނޑި އަދި 2019 ވަނަ އަހަރުގެ އިންތިހާބުގައި 62 ގޮނޑި މޯދީގެ ޕާޓީން ކާމިޔާބު ކުރި އިރު، ފައިޒާބާދު ދާއިރާއިން ސިންގް ދެ ފަހަރެއްގެ މަތިން މަޖިލީހަށް އިންތިހާބުކުރި އެވެ.

އިލެކްޝަންސް ކޮމިޝަންގެ އެންމެ ފަހުގެ ނަތީޖާއިން ދައްކާ ގޮތުގައި މި ފަހަރުގެ އިންތިހާބުގައި އެ ސްޓޭޓުން ބީޖޭޕީއަށް ލިބިފައިވަނީ 33 ގޮނޑި އެވެ. ތަޖުރިބާކާރުންގެ އަންދާޒާއަކީ ވަޒީފާ ނެތް މީހުންގެ މައްސަލައަށް ހައްލު ހޯދައި ނުދެވުމެވެ. އަދި ތަކެތީގެ އަގުތައް އުފުލުމެވެ.

"އަޅުގަނޑުމެން ވަރަށް އުފާވޭ ފައްޅިއާ ދޭތެރޭ، އެކަމަކު ރައްޔިތުން ތިބީ ބީޖޭޕީއާ މެދު ފޫހިވެފައި،" ވިޔަފާރިވެރިންގެ ޖަމިއްޔާއެއް ކަމަށްވާ އަޔޯދިޔާ ވިޔަޕަރް މަންޑަލްގެ ޗެއާޕާސަން ރާކޭޝް ޔާދަވް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަޔޯދިޔާގައި ފައްޅި އެޅުމަށް ކުދި ވިޔަފާރިތައް ހުސްކުރި އިރު،އެ ވިޔަފާރިވެރިންނަށް އަންދާޒާކުރި ވަރަށް ވުރެ ކުޑަ ބަދަލެއް ލިބުމުމުން ވެސް އެ މީހުން ތިބީ ރުޅި އައިސްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް