އީރާންގެ ރައީސް ރައިސީ: އޭނާ އިންނެވި ހެލިކޮޕްޓަރު ވެއްޓި ވަނީ އަވަހާރަވެފައި

އީރާން

ހެލިކޮޕްޓަރު ވެއްޓުނު ހާދިސާގައި އީރާންގެ ރައީސް އަވަހާރަވެއްޖެ

އެ ހާދިސާގައި ހެލިކޮޕްޓަރުގައި އިންނެވި އީރާނުގެ ހާރިޖީ ވަޒީރު ވެސް ވަނީ އަވަހާރަވެފައި
20 މޭ 2024

އަވައްޓެެރި އަޒަރުބައިޖާނަށް ކުރެއްވި ރަސްމީ ދަތުރުފުޅަކަށް ފަހު އެނބުރި ގައުމަށް ވަޑައިގަތުމުގެ މަތީގައި ހެލިކޮޕްޓަރު ވެއްޓި އީރާންގެ ރައީސް އިބްރާހީމް ރައީސީ އާއި ފޮރިން މިނިސްޓަރު އަވަހާރަވެއްޖެ އެވެ.

އީރާނުގެ ރަސްމީ ނިއުސް ޗެނަލް، އައިއާރުއައިއެންއެން އާއި ސެމީ އޮފިޝަލް ނިއުސް އެޖެންސީ މެހެރް ނިއުސް އިން ދާދި ދެންމެ ބުނި ގޮތުގައި ގަދަ ފިނީގެ ތެރެއިން ހެލިކޮޕްޓަރު ފެނިފައިވާ ކަމަށާއި އޭގެ ތެރޭގައި ދިރި ހުރި އެއްވެސް މީހަކު ފެނިފައެއް ނުވެ އެވެ.

އީރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓިފައި މިވަނީ ގާޒާ ހަނގުރާމަ ހޫނުވެފައިވާ ދަނޑިވަޅެއްގައި އަދި ދިމިޝްގުގައި ހުންނަ އީރާނުގެ ޑިޕްލޮމެޓިކް ކޮމްޕައުންޑަށް އިޒުރޭލުން ދިން ނުރައްކާތެރި ހަމަލާއަށް ރައްދު ދިނުމުގެ ގޮތުން އީރާނުން އިޒުރާއީލަށް ޑްރޯން އަދި މިސައިލް ހަމަލާއެއް ދިންތާ ހަފުތާއެއްހާ ދުވަސް ފަހުން ނެވެ.

ރައީސީ ރައީސް ކަމަށް ވަޑައިގެންނެވީ ތާރީހީ ގޮތުން ވާދަނުކުރެވޭ އިންތިހާބެއްގައި 2021 ވަނަ އަހަރު އެވެ. އީރާންގެ ޒުވާނުން އިސްނަގައިގެން ކުރަމުން ދިޔަ މުޒާހަރާތަކުގެ ސަބަބުން ހަލަބޮލިކަން އުފެދި ހިޔާލުތަފާތުވުންތައް ވަރަށް ބޮޑަށް ފުޅާވެގެން ދިޔަ ދުވަސްވަރެއްގައި އޭނާ ވަނީ އުއްތަމަ ފަނޑިޔާރުކަން ކުރައްވައިފަ އެވެ.

ދުރު، ފަރުބަދަމަތީ އިރުމަތީ އަޒަރުބައިޖާން ޕްރޮވިންސްގައި، ފިނިގަދަވުމުގެ ސަބަބުން މީހުން ސަލާމަތްކުރުމަށް މަސައްކަތް ކުރާ ފަރާތްތަކަށް ވަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފަ އެވެ. ހެލިކޮޕްޓަރުގައި ނުވަ މީހުން ތިބި އިރު އޭގެ ތެރޭގައި އެ ގައުމުގެ ފޮރިން މިނިސްޓަރު ވެސް ހިމެނިވަޑައިގަނެ އެވެ.

އީރާންގެ ރައީސް ދަތުރު ކުރެއްވީ ކޮން ހެލިކޮޕްޓަރެއްގައި؟

ސީއެންއެންގެ އަސްކަރީ އެނަލިސްޓް ސެޑްރިކް ލެއިޓަން ވިދާޅުވީ އީރާނުގެ ރައީސް އިބްރާހިމް ރައިސީ ދަތުރު ކުރައްވާފައިވަނީ 1960ގެ އަހަރުތަކުގެ ފަހުކޮޅު އޮޕަރޭޓް ކުރަން ފެށި ބެލް 212 ހެލިކޮޕްޓަރުގައި ކަމަށް ބެލެވޭ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މަރުކާގެ ހެލިކޮޕްޓަރަށް ސްޕެއާ ޕާޓްސް ހޯދުމުގައި ދަތިތައް ކުރިމަތިވެ، ހެލިކޮޕްޓަރު ބޯޓު ވެއްޓުނު ސަބަބެއް ކަމަށް ބެލެވެ އެވެ.

"އެހެންވީމަ ސްޕެއާ ޕާޓްސްއަކީ ހަމަ ޔަގީނުން ވެސް އީރާނުގެ މީހުންނަށް މައްސަލައަކަށް ވާނެ،" ލެއިޓަން ވިދާޅުވި އެވެ.

ޑްރޯން އިން ނަގާފައިވާ އިރާންގެ ރައީސް ދަތުރު ކުރެއްވި ހެލިކޮޕްޓަރު ވެއްޓިފައި

ރައީސީ އަކީ ކޮން ބޭފުޅެއް؟

އުމުރުން 63 އަހަރުގެ ރައިސީ އަކީ އީރާނުގެ އެންމެ މަތީ ބާރު ކަމަށްވާ ސުޕްރީމް ލީޑަރު އާޔަތުالله އަލީ ހާމަނާއީގެ މަގާމާ އެންމެ ކައިރީގައި ހުންނެވި ލީޑަރެވެ.

އުމުރުން 20ގެ އަހަރުތަކުގައި ޑެޕިއުޓީ ޕްރޮސެކިއުޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަށް ވެރިރަށް ތެހެރާނަށް ވަޑައިގަތުމާ ހަމައަށް އޭނާ ވަނީ ޕްރޮސެކިއުޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

އޭނާ ވަނީ 1983 ވަނަ އަހަރު، ހުކުރު ނަމާދު އިމާމުވެ ކުރައްވާ އިމާމުގެ ދަރިކަނބަލުންނާ ކައިވެނި ކުރައްވައިފަ އެވެ. އެ ދެމަފިރިންނަށް ދެ ރަރިކަނބަލުން ތިބެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް