ރަފަހްއިން ފޭބުމަށް ފަލަސްތީންގެ ބައެއް މީހުން ފޮށިތަންމަތި ބަންނަނީ

ގާޒާ ހަނގުރާމަ

ރަފަހްއަށް އަރައިގަންނަން ބޭނުންވާ އިޒްރޭލް ސިފައިން ތިބީ ތައްޔާރަށް: އެމެރިކާ

މި އޮޕަރޭޝަން ކުރިއަށް ގެންދަން އިޒްރޭލުން ނިންމާފައިވާ ކަން އަދި ނޭނގޭ ކަމަށް ވެސް އެމެރިކާއިން ބުނޭ

ގާޒާގެ ދެކުނުގައި އޮތް ރަފަހް ސިޓީގެ ފުރިހަމަ އުދުވާނަކަށް ބޭނުންވާ މިންވަރަށް  އިޒްރޭލުން އެ ސިޓީ ކައިރިއަށް ސިފައިން އެއްކޮށްފައިވާ ކަމަށާއި، ނަމަވެސް  އެފަދަ އުދުވާނެއް ހިންގަން ނިންމާފައިވާކަން އެމެރިކާގެ އޮފިޝަލުންނަށް އަދި ކަށަވަރު ނުވާކަމަށް ސީއެންއެންއިން ބުނެފި އެވެ.

ސީއެންއެންއާ ވާހަކަ ދެއްކެވި އެއް އޮފިޝަލް ވިދާޅުވީ މިފަދަ އޮޕަރޭޝަނަކަަށް ބޭނުންވާ މިންވަރާ ގާތަށް ވެސް އިޒްރޭލުން އަދި ތައްޔާރުވެފައި ނެތް ކަމަށެވެ. މީގެ ތެރޭގައި  މިލިއަނަކަށް ވުރެ ގިނަ އާންމުން އެހެން ތަނަކަށް ބަދަލުކުރަން ބޭނުންވާ ކާބޯތަކެއްޗާއި، ނަރުދަމާ އާއި ބޯހިޔާވަހިކަމާ ގުޅޭ އުމްރާނީ ތަރައްގީގެ ތަންތަން ބިނާކުރުން ވެސް ހިމެނެ އެވެ. 

އިޒްރޭލުން ރަފަހްގައި ބޮޑު އޮޕަރޭޝަނެއް ފެށުމާ ދެކޮޅަށް އެމެރިކާއިން ވާހަކަ ދައްކާތާ އެތައް މަހެއް ވެއްޖެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެސް ވަނީ މިފަދަ އޮޕަރޭޝަނެއް އިޒްރޭލުން ފަށައިފި ނަމަ އެމެރިކާއިން އިޒްރޭލަށް ހަތިޔާރު ދިނުން މަޑުޖައްސާލާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.

"މިފަދަ އޮޕަރޭޝަނެއް ހިންގައިފި ނަމަ ހަމަލާދޭ ބައެއް ވައްތަރުތަކުގެ ހަތިޔާރު ސަޕްލައި ނުކުރާނެ ކަމަށް ރައީސް ވަނީ ސާފުކޮށްދެއްވާފައި،" ހޯމަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވައިޓް ހައުސްގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު ޖޭކް ސަލިވަން ވިދާޅުވި އެވެ.

އަށް ވަނަ މަހަކަށް އެޅިފައިވާ މި ހަނގުރާމަ އިޒްރޭލުން ކުރިއަށް ގެންދާ ގޮތާ މެދު އެމެރިކާގެ އޮފިޝަލުން ކުރަމުން އަންނަ ސުވާލުތައް ވަނީ އިތުރުވެފަ އެވެ. ހަމާސް ނައްތާލުމަށް އިޒްރޭލުން ކުރަމުން އަންނަ މަސައްކަތްތައް ކާމިޔާބުވުން ދުރުކަމަށް ވެސް އެމެރިކާއިން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް