ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ

އިޒްރޭލުގެ ފާޑުކިޔުންތަކާ އެކު ވެސް ހަމަލާތައް ހުއްޓާލުމުގެ މަޝްވަރާތައް ކުރިއަށް

ީގަތަރާއި މިސްރުން ހުށައަޅާފައިވާ ޕްރޮޕޯސަލް ބަލައިގަންނަ ކަމަށް އިއްޔެ ހަމާސް އިން ވަނީ ބުނެފައި

ގާޒާގައި ހަމަލާތައް ހުއްޓާލަން ކުރަމުން އަންނަ މަޝްވަރާތައް 'އިޒްރޭލުން ބޭނުންވާ އެންމެ އަސާސީ ޝަރުތުތަކާ ދުރު" ނަމަވެސް ކުރިއަށް ގެންދާނެ ކަމަށް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެއްޖެ އެވެ.

ނަތަންޔާހޫ މިގޮތަށް ވިދާޅުވެފައި މިވަނީ މި މަޝްވަރާތަކުގައި ބައިވެރިވާ ގަތަރާއި މިސްރުން ހަނގުރާމަ ހުއްޓާލަން ހުށައެޅި ޝަރުތުތައް ބަލައިގެންފައިވާ ކަމަށް ހަމާސްއިން ބުނެފައި ވަނިކޮށެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި 'ބޯޅަ މިހާރު އޮތީ އިޒްރޭލް ކޯޓުގަ' އެވެ.

ރޭ ގާޒާގެ ދެކުނުގައި އޮންނަ ރަފަހް ބޯޑަރު ހުރަސްކުރާ ސަރަހައްދު ކައިރިން އިޒްރޭލުގެ ސިފައިންނާއި ޓޭންކްތައް ފެނިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. 

އޭގެ ކުރިން އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ މިސްރުގެ ބޯޑަރު ސަރަހައްދުގައި އޮންނަ ރަފަހް ސިޓީއަށް ވައިގެ ހަމަލާތަކެއް ދީފަ އެވެ. ރަފަހްގެ އިރުމަތީ ސަރަހައްދު ހުސްކުރަން އިޒްރޭލު އަސްކަރިއްޔާއިން ވަނީ މި ފަހުން އަންގައިފަ އެވެ. 

މި އޮޕަރޭޝަންގެ ސަބަބުން އެތައް ހާސް ބަޔަކަށް އަސަރު ކުރާނެކަމަށް ގަބޫލުކުރެވިފައި ވާއިރު، ފަލަސްތީނުގެ ގިނަ ބަޔަކު އިއްޔެ އެ ސަރަހައްދު ދޫކޮށް ދާ މަންޒަރު ވެސް ފެނުނެވެ.

ނަތަންޔާހޫގެ އޮފީހުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ހަމާސްގެ ހުށަހެޅުމަކީ އިޒްރޭލުގެ އަސާސީ ޝަރުތުތަކާ ގާތް ނުކުރާ ހުށަހެޅުމެއް ނަމަވެސް، އިޒްރޭލަށް ބަލައިގަނެވޭނެ ޝަރުތުތަކެއްގެ ދަށުން އެއްބަސްވުމަކަށް އަންނަން މަގުފަހިކުރަން ވަފުދެއް ފޮނުވާނެ ކަމަށެވެ.

ހަމަ މިއާ އެކު އިޒްރޭލުގެ ހަނގުރާމައާ ބެހޭ ކެބިނެޓުން ވަނީ ރަފަހް އޮޕަރޭޝަން ކުރިއަށް ގެންދަން ނިންމައިފަ އެވެ. މިއީ 'އަސްކަރީ ޕްރެޝަރު ބޮޑުކޮށްގެން އަހަރެމެންގެ ހަނގުރާމައިގެ އަމާޒުތައް ހާސިލްކުރަން ކުރެވޭ ކަމެއް' ކަމަށް އިޒްރޭލުން ބުނެ އެވެ.

"އެއީ ރަހީނުން މިނިވަންކުރުން، ހަމާސްގެ އަސްކަރީ އަދި ވެރިކަން ކުރުމުގެ ގާބިލުކަމާއި ގާޒާގެ ސަބަބުން މުސްތަގްބަލުގައި އިޒްރޭލަށް ކުރިމަތިވެދާނެ ބިރުތައް އެކީ ނައްތާލުން،"  ބަޔާންގައި ބުންޏެވެ.

ގަތަރާއި މިސްރުން މެދުވެރިވެގެން ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ހުށައަޅާފައިވާ  ޕްރޮޕޯސަލް ގަބޫލުކުރާ ކަމަށް ހަމާސްގެ ސިޔާސީ ލީޑަރު އިސްމާއިލް ހަނިއްޔާ ވިދާޅުވި އެވެ.

އެ ހުށަހެޅުމާ ބެހޭ މައުލޫމާތު ލިބިވަޑައިގެން ހުންނެވި ފަލަސްތީނުގެ އިސް އޮފިޝަލަކު ބީބީސީއަށް ވިދާޅުވީ ޝަރުތުތައް ފުރިހަމަވެއްޖެ ނަމަ 'ދެކޮޅުވެރި ހަރަކާތްތައް ތާ އަބަދަށް' ހުއްޓާލަން ހަމާސްއިން އެއްބަސްވެފައިވާ ކަމަށެވެ.

މީގެ މާނައަކީ ހަމާސް އިން ހަތިޔާރު ދޫކޮށްލުމެވެ. ނަމަވެސް ހުށައެޅުމުގެ މި ބަޔާ ބެހޭ އިތުރު ތަފްސީލެއް ފަލަސްތީނުގެ އޮފިޝަލް ދެއްވާފައެއް ނުވެ އެވެ.

އިޒްރޭލުން ގާޒާގައި ހިންގަމުން އަންނަ އުދުވާނުގައި މިހާތަނަށް ފަލަސްތީންގެ 34،700 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ކުޑަކުދިންގެ އަދަދު ވަރަށް ގިނަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް