ބޯލްޓިމޯރު ބުރިޖުގައި ބޯޓު ޖެހި ބުރިޖު ވެއްޓެނީ

އެމެރިކާ

އަޑިއަށް ދިޔަ ޓްރަކަކުން ދެ މީހެއްގެ ހަށިގަނޑު ނަގައިފި

28 މާރިޗު 2024

ބަލްޓިމޯރު ބުރިޖު ވެއްޓުނު ކޯރުގެ އަޑިއަށް ދިޔަ ރަތް ކުލައިގެ ޓްރަކުން ދެ މީހެއްގެ ހަށިގަނޑު ނަގައިފި އެވެ.

ބްރިޖުގައި އުޅަނދު ޖެހުނު އިރު ކޮންސްޓްރަކްޝަން މަސައްކަތް ކުރާ އަށް މީހަކު ބުރިޖު މަތީގައި ތިއްްބެވެ. އަދި އެމީހުން ވަގުތުން މޫދަށް ވެއްޓުނެވެ.

އޭގެ ތެރެއިން ދެ މީހަކު އެ ދުވަހު ސަލާމަތް ކުރި ނަމަވެސް އަނެއް ހަތަރު މީހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ބެލެވޭ ގޮތުގައި އެމީހުން މިހާރުވާނީ މަރުވެފަ އެވެ.

ނުރައްކާތެރި ތަކެތި ހޯދައި ބެލުމުގެ މަސައްކަތް ސެލްވޭޖްގެ ފަޅުވެރިން ކުރަމުންދާއިރު އެކްސިޑެންޓް އިންވެސްޓިގޭޓަރުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ކޯރުން ފެންނަ ކޮންކްރީޓާއި ކުނީގެ ސަބަބުން ޑައިވަރުންނަށް މިހާރު ސަލާމަތުން ކަނޑުގެ ސަރަހައްދަށް ދަތުރު ނުކުރެވޭ ކަމަށް ފުލުހުން ބުނެ އެވެ. އެމީހުން މިހާރު ބޭނުން ކުރަނީ ސޮނާ ސްކޭން ކަމަށާއި އެހެން ހަށިތައް އެ ކުނިބުނީގެ ތެރެއިން ފެނިދާނެ ކަމަށް އުއްްމީދު ކުރެ އެވެ.

ބޯޓު، ބުރިޖުގައި ޖެހި ބުރިޖު ވެއްޓުނު އިރު ބްރިޖުގެ މަތީގައި ހުރި ވަޅުގަނޑުއް ބެއްދުމުގެ މަސައްކަތް ކުރަމުން ދިޔަ ހަ ކޮންސްޓްރަކްޝަން މަސައްކަތްތެރިން ހޯދުމަށް ފަސްޓް ރެސްޕޮންޑަރުން ވަނީ އަންގާރަ ދުވަހު ޕަޓަޕްސްކޯ ކޯރުގެ ފެންގަނޑުގައި އެތައް ގަޑިއިރެއް ހޭދަކޮށްފަ އެވެ. އެމެރިކާގެ ކޯސްޓްގާޑުން ވަނީ އިރު އޮއްސުމާ ގާތްވެފައި ވަނިކޮށް، ފިނި ފެނުގެ ފިނިހޫނުމިނާއި އެތައް ގަޑިއިރެއް ފާއިތުވެގެން ދިއުމުގެ ސަބަބުން މަސައްކަތްތެރިން މަރުވެފައިވާ ކަމަށް ބެލެވޭ ކަމަށް ބުނެ އެ މީހުން ހޯދުމުގެ މަސައްކަތް ހުއްޓާލައިފަ އެވެ.

އޮފިޝަލުން ވަނީ އެ މީހުންގެ ގާތް ތިމާގެ މީހުންނަށް ޓަކައި އެ މީހުންގެ ހަށިތައް ހޯދާނެ ކަމަށް ވައުދުވެފަ އެވެ.

ނަމަވެސް އެ އޮޕަރޭޝަނަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް ކޯސްޓްގާޑުގެ ވައިސް އެޑްމިރަލް ޕީޓާ ގައުޓިއާ އިއްޔެ ވިދާޅުވި އެވެ.

ކޯރަށް ވެއްޓުނު ބްރިޖުން މެޓަލް ކުނިތައް ހިފައިގެން ޑައިވަރުން ދަނީ ފިނި ފެނުގައި ފީނަމުންނެވެ.

މުދާ އުފުލާ އުޅަނދު ސްޓޭބަލް ކަމަށާއި ނަމަވެސް ބޯޓުގައި 1.5 މިލިއަނަށް ވުރެ ގިނަ ގެލަން ފިއުލް އޮއިލް އާއި ލުބް އޮއިލް ހުރި ކަމަށް ގައުޓިއާ ވިދާޅުވި އެވެ.

އެ ބޯޓުގައި ގާތްގަނޑަކަށް 4،700 ކާގޯ ކޮންޓެއިނަރު ހުރި އިރު، އޭގެ ތެރޭގައި ނުރައްކާތެރި ތަކެތި ހުރި 56 ކޮންޓެއިނަރު ހިމެނެ އެވެ.

ދާލީ އެކްސިޑެންޓް ހިނގި އިރު ދަތުރު ކުރަމުން ދިޔައީ ސްރީލަންކާ އަށެވެ. އަދި ބޯޓުގެ ކޮންޓްރޯލް ގެއްލި، ބަލްޓިމޯރު ބްރިޖަށް އެރުމުގެ ކުރިން ޑިސްޓްރެސް ކޯލެއް ދިނެވެ.

އޮފިޝަލުން ވިދާޅުވާ ގޮތުގައި މުހިންމު ބަނދަރެއްގައި ބުރިޖް ވެއްޓުމުގެ ސަބަބުން ދުނިޔޭގެ ސަޕްލައި ޗެއިންތަކަށާއި އެމެރިކާގެ އިގްތިސާދަށް ނުރައްކަލެއް ކުރިމަތިވެދާނެ އެވެ.

މެރީލޭންޑްގެ ގަވަރުނަރު ވެސް މޫރު ވިދާޅުވީ ބުރިޖް ވެއްޓުމުގެ ސަބަބުން 8،000 ވަޒީފާއަށް ބުރޫ އަރާނެ ކަމަށާއި މި ހާދިސާއަކީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކާރިސާއެއް ކަމަށެވެ.

"ގައުމީ އިގްތިސާދާއި ދުނިޔޭގެ އިގްތިސާދު ބަރޯސާވަނީ ބަނދަރުގެ މައްޗަށް،" މިދިޔަ އަހަރު 80 ބިލިއަން ޑޮލަރުގެ މުދާ އެތަނުން ހޭންޑްލް ކުރިކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް