13 ސެޕްޓެމްބަރު 2023 - ލީބިޔާއަށް ކުރިމަތިވި އާދަޔާ ހިލާފު ފެން ބޮޑުވުމުގައި އިރުމަތީ ދަރުމާ ވަނީ ފުނޑުފުނޑުވެފައި. މީހުން ސިފަކުރި ގޮތުގައި ހީވީ ސުނާމީއެއް އުފެދިގެން އައި ހެން. އެހާ ބޮޑު ފެންގަނޑެއް އެރީ ދެ ޑޭމް ހަލާކުވުމުގެ ސަބަބުން

ލީބިޔާ

ލީބިޔާގައި މަރުވި މީހުންގެ އަދަދު އދ. އިން ދަށްކޮށްފި

އދ. އިން ހޮނިހިރު ދުވަހު ނެރެނު ރިޕޯޓުގައި ލީބިޔާއިން 11،300 މީހުން މަރުވިކަމަށް ބުނެފައިވޭ
18 ސެޕްޓެމްބަރު 2023

ލީބިޔާގެ ފެންބޮޑުވުންތަކުގައި މަރުވި މީހުންގެ އަދަދު އދ.ގެ އޮފީސް ފޮ ދަ ކޯޑިނޭޝަން އޮފް ހިއުމެނިޓޭރިއަން އެފެއާސް (އޯސީއެޗްއޭ) އިން ދަށްކޮށްފި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާ ހަވާލާދީ ލީބިޔާގައި މަރުވި ކަމަށް އދ. އިން މިހާރު ބުނަމުން އަންނަނީ 3،958 މީހުން ނެވެ. އަދި މި ކާރިސާގައި ގެއްލިފައިވާ މީހުންގެ އަދަދު ހުރީ 9،000 އިން މަތީގައި ކަމަށް އދ. އިން އާދިއްތަ ދުވަހު ނެރެފައިވާ އާ ރިޕޯޓުގައިވެ އެވެ.

އޯސީއެޗުއޭ އިން ހޮނިހިރު ދުވަހު ނެރުނު ރިޕޯޓުގައި ލީބިޔާގެ ޑާނާގައި ފެންބޮޑުވުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު ޖަހާފައި ހުރީ 11،300 ގަ އެވެ.  މި އަދަދުތައް އޯސީއެޗްއޭގެ ރިޕޯޓުގައި ހިމަނާފައި ވަނީ ލީބިޔާގެ ރެޑް ކްރެސެންޓްއާ ހަވާލާދީ އެވެ.

"އަހަރުމެން މިހާރު މި ޖަހަނީ ޑަބްލިއުއެޗުއޯ އިން ކަށަވަރުކޮށްފައިވާ އަދަދުތައް،" އދ.ގެ ސެކްރެޓަރީ ޖެނެރަލްގެ ޑެޕިއުޓީ ތަރުޖަމާނު ފަރްހާން ހައްގު ސީއެންއެން އަށް މައުލޫމާތު ދެއްވި އެވެ.

ނަމަވެސް މަރުވި މީހުންގެ މަތީ އަދަދުތަކެއް އދ. އާއި ހިއްސާކޮށްފައި ނުވާނެ ކަމަށް ލީބިޔާގެ ރެޑް ކްރެސެންޓް އިން ވަނީ އާދިއްތަ ދުވަހު ސީއެންއެން އަށް މައުލޫމާތު ދީފަ އެވެ.

މި ކާރިސާގައި މަރުވި މީހުންގެ އަދަދުތައް ގޯސްކޮށް އދ. އަށް ޖެހުނީ ކީއްވެތޯ ސުވާލު ކުރުމުން ހައްގު ވިދާޅުވީ، "ގިނަ ކާރިސާތަކުގައި އަހަރުމެން އަދަދުތައް އަބަދު ވެސް ބަދަލުކުރަން އެހެން މިތާ ވެސް އެވަނީ އެހެން" ކަމަށެވެ.

"އާންމުކޮށް ކަންކުރާ އުސޫލަކީ؛ އަހަރުމެން އެކި ޕާޓީތަކާ އެކު ނަމްބަރުތައް ދިމާވޭތޯ މަސައްކަތް ކުރަން. މިގޮތަށް ނަމްބަރުތައް ބަދަލުވަމުން ދަނީ އެއީ އަހަރުމެން އެ އަދަދުތައް ކަށަވަރުކުރާތީ." ހައްގު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް